08 ނޮވެމްބަރ 2023
ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އައްުޔަން ކުރައްވާފައިވާ އަބްދުއްރަހީމް އަބްދުﷲ އަބަދުވެސް އެންމެ ބޮޑަށް ޝައުގުވެރިވެވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކަށް ވާށެވެ. ރަށު ފެންވަރުގައި ސިޔާސީ މަގާމުތައް ފެއްޓެވި އަބްދުއްރަހީމް ވަނީ ދެ ދައުރުގައި ފޮނަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވައިފަ އެވެ. އެންމެ ފަހުގެ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ހަމަ އެ ދާއިރާ އިން ނާކާމިޔާބު ވިޔަސް ކުރިއަށް އޮތް އިންތިހާބަށް ވަކި ޝައުގުވެރިކަން ކުޑައެއް ނޫނެވެ.
ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އައްުޔަން ކުރައްވާފައިވާ އަބްދުއްރަހީމް އަބްދުﷲ އަބަދުވެސް އެންމެ ބޮޑަށް ޝައުގުވެރިވެވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކަށް ވާށެވެ. ރަށު ފެންވަރުގައި ސިޔާސީ މަގާމުތައް ފެއްޓެވި އަބްދުއްރަހީމް ވަނީ ދެ ދައުރުގައި ފޮނަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވައިފަ އެވެ. އެންމެ ފަހުގެ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ހަމަ އެ ދާއިރާ އިން ނާކާމިޔާބު ވިޔަސް ކުރިއަށް އޮތް އިންތިހާބަށް ވަކި ޝައުގުވެރިކަން ކުޑައެއް ނޫނެވެ.
އަންނަ އަހަރުގެ ކުރީކޮޅު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރެއްވުމާ މެދު އަދި ގޮތެއް ނުނިމެވި ނަމަވެސް އެފަދަ ފުރުސަތެއް ލިބިވަޑައިގެންފި ނަމަ މި ފަހަރު އަބްދުއްރަހީމްގެ ޝައުގުވެރިކަން ހުރީ ބެލެވޭ ގޮތުގައި މަޖިލިހުގެ ރައީސްކަމަށެވެ. ދައުލަތުގެ އެއްބާރުގެ ވެރިޔާ އަށް ވާށެވެ.
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަން އަލުން އޭނާ ހޮވައިފި ނަމަ މަޖިލިހުގެ ރައީސްކަމުގެ ގޮނޑި އަށް ވަޑައިގެންފާނަންތޯ "މިހާރު" އިން ސުވާލު ކުރުމުން އޭނާ އެކަމާ ދެކޮޅެއް ނުހައްދަވަ އެވެ. ވިދާޅުވީ، ކުރިއަށް އޮތް ދައުރުގައި މަޖިލިހުގެ ބޮޑު އަޣުލަބިއްޔަތެއް ޕީޕީއެމް/ޕީއެންސީ އަށް ލިބިއްޖެ ނަމަ އެ މަޖިލިހުގެ "ރައީސްކަމަށް ކުރިމަތި ނުލާންވީ ސަބަބެއް ނެތް" ކަމަށެވެ.
މި މަހުގެ 17 ގައި ޑރ. މުއިއްޒު ވެރިކަމުގެ ހުވާކުރެއްވުމުން ސަރުކާރު ހިންގާ ޕާޓީއަކަށް ވާނެ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ވިދާޅުވީ، އެ ހާލަތުގައި ވަރަށް ގިނަ ބޭފުޅުންނާ މަޝްވަރާ ކުރައްވާނެ ކަމަށެވެ. ހާއްސަ ނަމަކަށް ވިދާޅުވީ އިންތިހާބީ ރައީސް މުއިއްޒުގެ ނަންފުޅެވެ.
"ވަރަށް ތެދުތެދަށް މި ދަންނަވަނީ އަޅުގަނޑު މަޝްވަރާ ކުރާނެ އެންމެ މުހިންމު ބޭފުޅަކީ ޑރ. މުހައްމަދު މުއިއްޒު. އަދިވެސް އަޅުގަނޑު މި ދަންނަވަނީ ރައީސް ޔާމީނަކީ އަޅުގަނޑުގެ ސިޔާސީ އުސްތާޒޭ. އެކަމަކު އަޅުގަނޑު ގަބޫލު ކުރަނީ ޑރ. މުއިއްޒުގެ ސަރުކާރު ގެނައުމުގައި އަޅުގަނޑުގެ ހިއްސާ ވަރަށް ބޮޑު. އެހެންވީމާ އަޅުގަނޑުގެ ހިއްސާ އެހާ ބޮޑު ސަރުކާރެއް ދެމެހެއްޓުމުގައި އަޅުގަނޑުގެ ހިއްސާ މާ ބޮޑު ވާނެ." އަބްދުއްރަހީމް ވިދާޅުވި އެވެ.
"އެ ހިއްސާ އެންމެ ބޮޑަށް ދެވޭނީ އަޅުގަނޑު ގަބޫލުކުރަނީ ރައްޔިތުންގެ މަޖިލިހުގެ ތެރެއިން."
މުއިއްޒުގެ ކެމްޕެއިންގައި އެ މަނިކުފާނާ އެކު އަބްދުއްރަހީމް ބައިވެރިވެވަޑައިގަންނަވަނީ.
އަބްދުއްރަހީމް ވިދާޅުވީ، 2019 ގައި ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވެސް އޭނާ ކުރިމަތިލެއްވި ފޮނަދޫ ދާއިރާގެ މާލޭގެ ވޯޓުފޮށީގެ ވޯޓުކަރުދާސްތައް ގުނުމަށް އިލެކްޝަންސް ކޮމިޝަނުގައި އެދިވަޑައިގަތުމުން އެ ކޮމިޝަނުން އެކަން ކޮށްނުދިން ކަމަށެވެ. އެ ފަހަރު އެ އިންތިހާބުން ނާކާމިޔާބުވެ، އެ ހިސާބުން އެ ވޯޓުފޮށީގެ ނަތީޖާއާ މެދު އޭނާ ސުވާލު އުފެއްދެވި އެވެ.
"އެ ދުވަހު އަޅުގަނޑު އަޒުމް ކަނޑައެޅިން ތިން ވަނަ ދައުރަކަށް ފޮނަދޫ ދާއިރާ އަށް ކުރިމަތިލާން. އެކަމަކު އަދި ނުނިންމަން ވަކި ގޮތެއް. މި ވަގުތު އަޅުގަނޑު އެންމެ ބޮޑު އިސްކަމެއް މި ދެނީ ވެރިކަމުގެ ބާރުތައް ބަދަލުކުރަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަޅުގަނޑު ރައްޔިތުންގެ މަޖިލިހަށް ކުރިމަތިލައިގެން އިންތިހާބު ކާމިޔާބު ކުރެވިއްޖިއްޔާ އެ ވަގުތު މަޖިލިހުގެ މެޖޯރިޓީ އޮތް ގޮތަށް ބަލާފައި ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމަށް ޝައުގުވެރި ނުވާންވީ ސަބަބެއް ނެތް ކަމަށް ގަބޫލު ކުރަނީ،"--- އަބްދުއްރަހީމް
އޭނާ ވިދާޅުވީ، މުއިއްޒަށް ވެރިކަން ހޯދައިދިނީ ރައްޔިތުންނަށް ހިދުމަތް ކޮށްދޭން ކަމަށް ވާތީ، ގައުމު މިހާރު އޮތް ހާލަތުން އަރައިގަތުމަށް އެންމެ މުހިންމު މަސައްކަތްތަކެއް ކުރެވޭނީ ރައްޔިތުންގެ މަޖިލިހުން ކަމަށެވެ. އަލަށް މުހިންމު ގާނޫނުތަކެއް ވުޖޫދަށް ގެނެސް، އިސްލާހުކުރަން ޖެހޭ މުހިންމު ގާނޫނުތަކެއް ހުރުމުން، ކާމިޔާބުކަމާ އެކު ސަރުކާރެއް ހިންގަން ރައްޔިތުންގެ މަޖިލިސް މުހިންމު ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑު ގަބޫލުކުރަނީ ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތަކީ ވަރަށް މުހިންމު ދައުރެއް އަދާކުރެވޭނެ ތަނެކޭ ގައުމުގެ ހައްގުގައި މިހާރު މި އޮތް ހާލަތުން. އަޅުގަނޑު ރައްޔިތުންގެ މަޖިލިހަށް ކުރިމަތިލައިގެން އިންތިހާބު ކާމިޔާބު ކުރެވިއްޖިއްޔާ އެ ވަގުތު މަޖިލިހުގެ މެޖޯރިޓީ އޮތް ގޮތަށް ބަލާފައި ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމަށް ޝައުގުވެރި ނުވާންވީ ސަބަބެއް ނެތް ކަމަށް ގަބޫލު ކުރަނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާގެ ނަޒަރުގައި ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި 93 ގޮނޑީގެ ތެރެއިން 70 އަށް ވުރެ ގިނަ ގޮނޑި ޕީޕީއެމް/ޕީއެންސީ އަށް ނެގޭނެ އެވެ.
މިހާރު ސިޔާސީ ގޮތުން އިންތިހާބީ ރައީސް މުއިއްޒާ އެކު ހުންނެވި އަބްދުއްރަހީމް ވިދާޅުވީ، އޭނާގެ 30 އަހަރުގެ ސިޔާސީ ހަޔާތުގައި ކުރީގެ ތިން ރައީސުން ކަމަށްވާ މައުމޫން އަބްދުލްގައްޔޫމާއި ޑރ. މުހައްމަދު ވަހީދު އަދި އަބްދުﷲ ޔާމީންގެ އަރިހުގައި ވެސް މަސައްކަތް ކުރެއްވީ އެ ބޭފުޅުންގެ ވިސްނުމާއި ފިކުރުގައި ކަމަށެވެ. އެ ތިން ބޭފުޅުންނަށް އިހުލާސްތެރިވި ކަމަށް ވިދާޅުވި އެވެ.
ޕީއެންސީ ޕްރައިމަރީން ފުރުސަތު ނުދިނުމުން ހޫނުވެއްޖެ
70 އަށް ވުރެ ގިނަ ގޮނޑި ޕީޕީއެމް/ޕީއެންސީން ނަގާނެ: އަދުރޭ
މައިނޯރިޓީ އަށް ދޭން ޖެހޭ ޖާގަ ދޭނަން: ޕީއެންސީ
"މަޖިލިސް ހިނގާނީ އިންގިލާބީ ބަދަލުތަކާ އެއްގޮތަށް"
މަޖިލިހުގެ ރައީސަކަށް އަބްދުއްރަހީމް، ނައިބަކަށް ނާޒިމް
ކުރެންދޫ ދާއިރާގެ އިންތިހާބީ މެމްބަރު ވެސް ޕީއެންސީއަށް
އަބްދުއްރަހީމް މަޖިލިހުގެ ރައީސްކަމަށް، ދިނީ ޔަގީންކަން
ލ. އަތޮޅުގެ ތާރީހު ބަދަލުކޮށްލެއްވީ ރައީސް: އަދުރޭ
ނޮޅިވަރަމް ދާއިރާ އަށް ހޮވި މުހައްމަދު ރަޝީދު ވެސް ޕީއެންސީ އަށް
"ޕާޓީ ބަދަލުކުރުމުގެ ފުރުސަތު ދައުރުގެ ކުރިން ލިބޭ"