Roadha Mihaaru
ނަޝީދުގެ ވަރުގަދަ އިންޒާރެއް އެމްޑީޕީގެ މެންބަރުންނަށް!

ނަޝީދުގެ އިންޒާރު އެމްޑީޕީ މެންބަރުންނަށް: ބޭރު ގައުމަކަށް ނޭރޭ ވަރު ކުރާނަން!

08 ނޮވެމްބަރ 2023

ބޭރު ޖަމިއްޔާތަކުގެ މަގާމްތަކުން އެމްޑީޕީގެ މެންބަރުން ވަކި ކުރައްވާނެ ކަމަށާއި ބޭރު ގައުމަކަށް ނޭރޭ ވަރު ކުރާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ބޭރު ޖަމިއްޔާތަކުގެ މަގާމްތަކުން އެމްޑީޕީގެ މެންބަރުން ވަކި ކުރައްވާނެ ކަމަށާއި ބޭރު ގައުމަކަށް ނޭރޭ ވަރު ކުރާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނަޝީދު މިހާރު ބައިވެރިވެވަޑައިގަންނަވާ ބޭރުގެ ކޮންފަރެންސްއެއްގައި ބައިވެރި ނުކުރުވުމަށް އެމްޑީޕީގެ ލީޑާޝިޕުން އެ ފަރާތްތަކަށް މެސެޖުކޮށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގަ އެވެ.

އެ މެސެޖަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ އެ ކުރާ މަސައްކަތުގެ ސަބަބުން ފަލީހަތް ވާނީ އެމްޑީޕީގެ މެންބަރުން ކަމަށެވެ.

ކޮމިޓީ އޮން ޑިމޮކްރަސީ އެންޑް ހިޔުމަން ރައިޓްސްގެ މަގާމަށް ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދް އައްޔަން ކުރި ހަބަރު އެހެން މެންބަރަކު އެ ގްރޫޕަށް ފޮނުވުމުން އެކަމާ ހިތްހަމަޖެހިވަޑައިނުގެން ނަޝީދު ވިދާޅުވީ އެފަދަ މަގާމުތަކުން ވެސް ވަކި ކުރާނެ ކަމަށެވެ.

"[ޕީޖީ ލީޑަރު] އަސްލަމް ތިޔަ ހުރިހާ ތަނަކުން އެމްޑީޕީގެ މެންބަރުން ވަކި ކުރާނަން. އަދި ބޭރު ގައުމު ތަނަކަށް ނޭރޭ ވަރު ކުރާނަން،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީ އަށް ދެން އަންނަން އޮތް ގެއްލުން ވެރިކަން ގެއްލުމަށް ވުރެ ބޮޑު ވާނެ ކަމަށެވެ.

މަޖިލީހަށް ހުށަހަޅާފައިވާ އެމްޑީޕީގެ އިތުބާރު ނެތް މައްސަލަ ކުރިޔަށް ނުދާތީ އެ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަޑުއެހުން ވަނީ ނިންމާލައިފަ އެވެ.

އެހެން ނަމަވެސް އަދިވެސް ނަޝީދު ރާއްޖެއިން ބޭރުގައި އުޅުއްވައި ޖަލްސާ އަށް ހުރަސް އަޅުއްވަން އިތުރު މަސައްކަތް ކުރައްވަފާނެ ކަމަށް ވިދާޅުވެ އެ މެންބަރުން ގެންދަވަނީ ފާޑު ވިދާޅުވަމުންނެވެ.