އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް ނުފެށި އުޅެނިކޮށް، އެ ސްކޫލް ހެދުމުގެ އެއްބަސްވުމުގެ މުއްދަތު ހަމަވެއްޖެ އެވެ.
20 ނޮވެމްބަރ 2023
އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް ނުފެށި އުޅެނިކޮށް، އެ ސްކޫލް ހެދުމުގެ އެއްބަސްވުމުގެ މުއްދަތު ހަމަވެއްޖެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި ސެޕްޓެމްބަރު 29، 2022 ގައި ބޭއްވި ރަސްމިއްޔާތުގައި، 420 ދުވަހުގެ ތެރޭގައި އެ ސްކޫލު ނިންމުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އޭރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި އެ މަސައްކަތް ހަވާލުކުރި އަމިން ކޮންސްޓްރަކްޝަންގެ ސެކްރެޓަރީ އިބްރާހިމް ނިހާދެވެ.
އެ ދުވަހު މިނިސްޓްރީން ބުނީ ބާ ޖަމާލުއްދީން ހިންގި ބިމުގައި އަރަބިއްޔާގެ އިމާރާތް އަޅާނެ ބަޔަކު ސެލެކްޓިވް ބިޑިންއަކުން އަދި ޑިޒައިން އެންޑް ބިލްޑް އުސޫލުން ކަނޑައެޅީ މަސައްކަތް އަވަސްކުރަން ކަމަށެވެ.
އެކަމަކު، މި ވީ މުއްދަތުގައި އެ ބިމުގައި ހުރި ބާ އިމާރާތް ތަޅާލުން ފިޔަވައި އިތުރު އެއްވެސް ކަމެއް ނުކުރެ އެވެ. އިމާރާތް ތަޅާލަން ވެލްޓްރޭޑިން ނަމަކަށް ކިޔާ ކުންފުންޏަކަށް 2.4 މިލިއަން ރުފިޔާއަށް ހަވާލުކުރީ 75 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެކަމަކު، ބާ އިމާރާތްތައް ތަޅާލާން ވެސް 10 މަސް ދުވަހަށް ވުރެ ގިނަ ދުވަސް ނެގި އެވެ.
އެނގިފައިވާ ގޮތުގައި އެއްބަސްވުމުގެ މުއްދަތު ހަމަވިއިރު އަމަލީ އެއްވެސް ކަމެއް ނުފެށުނީ އާ އިމާރާތަށް ކަނޑައެޅި ބަޖެޓު ކުޑަވުމުންނެވެ.
އެ ސްކޫލަށް މި އަހަރުގެ ބަޖެޓުން 6.4 މިލިއަން ރުފިޔާ ހަމަޖެއްސި އެވެ. އަދި މާލޭގައި ސްކޫލް އިމާރާތް ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި 6.2 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެކަމަކު، އެއީ ކޮން ސްކޫލެއް ކަމެއް އެނގޭކަށް ނެތެވެ.
އަރަބިއްޔާ ސްކޫލަށް އަންނަ އަހަރުގެ ބަޖެޓުގައި 33 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.
އަރަބިއްޔާ ހާއްސަ، ޖާގަ ދެ ގުނަ ވާނެ: މިނިސްޓަރު
"އަރަބިއްޔާގެ ބަޖެޓު ނުހިމެނުނީ އިދާރީ އޮޅުމަކުން"
ދެ ސްކޫލު އަޅަން އަރަބިއްޔާގެ ބެލެނިވެރިން ގަބޫލެއް ނޫން
ބާ ޖަމާލުއްދީން އިމާރާތް ތަޅާލަން ފަށައިފި
އަރަބިއްޔާގެ މައްސަލާގައި އިހުމާލުވާނަމަ ފިޔަވަޅު އަޅާނެ
އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އަންނަ އަހަރު ނިމޭނެ
އަރަބިއްޔާގެ ދަރިވަރުންނަށް ބާޖަމާލުއްދީންގެ ބިން ދީފި
އަރަބިއްޔާގެ ބެލެނިވެރިން ތިބީ ގޮތްދޫކުރާ ގޮތަކަށް ނޫން
އަރަބިއްޔާ ދަރިވަރުން ވަގުތީގޮތުން އިއްޒުއްދީން ސްކޫލަށް
އަރަބިއްޔާ އިމާރާތުން ދަރިވަރުންނަށް ނުރައްކަލެއް ނެތް