Roadha Mihaaru
ހުޅުމާލޭގައި އެކްސިޑެންޓުވެ ދެ މީހެއްގެ ހާލު ސީރިއަސް

ހުޅުމާލޭގައި ބާރަށް ދުއްވި ކާރަކުން ދެ ސައިކަލްގައި ޖެހި ދެ މީހެއްގެ ހާލު ސީރިއަސް

20 ނޮވެމްބަރ 2023

ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީގައި ކާރަކުން ދެ ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީގައި ކާރަކުން ދެ ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.

އެ މީހުންނަށް ލިބުނު އަނިޔާގެ ތަފުސީލެއް އަދި ނުލިބެ އެވެ. ނަމަވެސް ފުލުހުން ބުނީ އެކްސިޑެންޓުގައި ދެ އަންހެނުންނާއި ދެ ފިރިހެނުންނަށް އަނިޔާވި ކަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އަނިޔާވި އަންހެނަކާއި ފިރިހެނެއްގެ ހާލު ސީރިއަސް ކަމަށެވެ.

ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީގައި އެކްސިޑެންޓުވި ސައިކަލުތަކުގެ ތެރެއިން ސައިކަލެއް.-- ފޮޓޯ: މިހާރު

ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީގައި އެކްސިޑެންޓުވި ސައިކަލުތަކުގެ ތެރެއިން ސައިކަލެއް.-- ފޮޓޯ: މިހާރު

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެކްސިޑެންޓު ހިނގި ތަނުގައި ތިން މީހަކު ހޭނެތިފައި ބިންމަތީގައި އޮތެވެ.

ފުލުހުން ބުނީ އެކްސިޑެންޓު ހިނގީ ކާރު ކޮންޓްރޯލް ނުވެ ސައިކަލްތަކުގައި ޖެހިގެން ކަމަށެވެ. އަދި އަނިޔާވި ހަތަރު މީހުންނަކީ އެތަނުން ދެ ސައިކަލެއްގައި ތިބި މީހުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެކްސިޑެންޓުވި ކާރު އޮތީ މަގުގެ އަނެއްކޮޅުން ދުއްވާ އެއްޗެހި އަންނަ ލޭނު ތެރޭގަ އެވެ.