Roadha Mihaaru
ހުޅުމާލޭގައި ކާރެއް ފުރޮޅާލައި އެކްސިޑެންޓެއް ހިނގައިފި

ހުޅުމާލޭގައި ކާރެއް ފުރޮޅާލައި އެކްސިޑެންޓެއް ހިނގައިފި

24 އެޕްރީލް 2024

ހުޅުމާލެ 1 ގައި ރޭ ފަތިހު ކާރެއް ފުރޮޅާލައި އެކްސިޑެންޓެއް ހިނގައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލެ 1 ގައި ރޭ ފަތިހު ކާރެއް ފުރޮޅާލައި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފަތިހު 5:30 ހާއިރު ސެންޓްރަލް ޕާކް ސަރަހައްދުގައި ހިނގި އެ އެކްސިޑެންޓުގައި ބީއެމްޑަބްލިއު ކާރުގެ ފަހަތުގައި އިން އަންހެނަކަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ވެގެން ހުޅުމާލެ ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުން ކަމަށް ފުލުހުން ބުންޏެވެ.

"އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ،" ފުލުހުން މީޑިއާ އަށް ފޮނުވި މެސެޖެއްގައި ވެ އެވެ.

ފުލުހުން ބުނިގޮތުގައި އެ އެކްސިޑެންޓުގެ މައުލޫމާތު ލިބުނީ ފަތިހު 5:35 ހާއިރު އެވެ.

އެ ހާދިސާއާ ގުޅިގެން، އެ ކާރު ދުއްވަން އިން މީހާގެ ލައިސަންސް ހިފަހައްޓައި، ކާރު ޓޯކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެކަމަކު މި ހާދިސާ ހިނގި ގޮތެއް އަދި ސާފެއް ނުވެ އެވެ.