ކިންގްސް ކެޕިޓަލްސް ހޯލްޑިންގްސް ކުންފުނިން ގާނޫނާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް، ގިނަ ބައެއްގެ އަތުން ފައިސާ އަތުލި މައްސަލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް ގިނަ ދައުވާތަކެއް ކުރަން ދައުލަތުން ކްރިމިނަލް ކޯޓަށް މިއަދު ފޮނުވައިފި އެވެ.
ކިންގްސް ކެޕިޓަލްސް ހޯލްޑިންގްސް ކުންފުނިން ގާނޫނާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް، ގިނަ ބައެއްގެ އަތުން ފައިސާ އަތުލި މައްސަލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް ގިނަ ދައުވާތަކެއް ކުރަން ދައުލަތުން ކްރިމިނަލް ކޯޓަށް މިއަދު ފޮނުވައިފި އެވެ.
ކިންގްސް ކެޕިޓަލްސްއިން ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން ހިންގި އިންވެސްޓްމަންޓް ސްކީމްގެ މައްސަލާގައި އަލްހާނާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ފުލުހުން ހިންގި އެވެ. އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފުލުހުން ފޮނުވީ މިދިޔަ ހަފުތާގަ އެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ދައުވާކުރީ އަލްހާންގެ އިތުރުން އޭނާގެ ކޮއްކޮ ޝަހުބާން ފަހުމީ އާއި ޝަޒްބާން ފަހުމީގެ މައްޗަށް ކަމަށެވެ. އެއިން ކޮންމެ މީހެއްގެ މައްޗަށް ޓެކުމުގެ 13 ދައުވާއެއް ކުރަން ފޮނުވާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން ބުނިގޮތުގައި އެ މައްސަލާގެ އިތުރު ބައިތަކެއް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. އަދި އެ ބައިތަކުގެ ތަހުގީގު ނިމުމުން އެ މައްސަލަތަކާ މެދު އެ އޮފީހުން ފަހުން ގޮތެއް ނިންމާނެ ކަމަށް ވެސް ބުންޏެވެ.
އެ މައްސަލާގައި ކިންގްސް ކުންފުނީގެ އެކައުންޓްތައް ވެސް ބޭންކުން ފްރީޒްކުރި އެވެ. ނަމަވެސް އެ މައްސަލާގައި ސިވިލް ކޯޓުން މިދިޔަ އަހަރު ނިންމީ އެ ކުންފުނީގެ އެކައުންޓްތައް ހިފެހެއްޓީ ގާނޫނާ ހިލާފަށް ކަމަށެވެ.
ވީޑިއޯ ފުލުހަށް ދޭން މިނިސްޓަރު އެދުނު:ހެކި
ޝިފާއުގެ މައްޗަށް 16 ދައުވާއެއް ސާބިތުވެއްޖެ
ރައުދު ކުށަށް އިއުތިރާފްވެއްޖެ
ބައްސާމް ގޮޅިން ނުކުންނަން ދެކޮޅު ހަދަނީ
ގާޒީ ފާއިޒްގެ ނިންމުން ބަދަލުކޮށް، ލަމްހާ ބަންދަށް
15 އަހަރު ކުރީ އެކްސިޑެންޓެއްގެ ދައުވާއިން ސަލާމަތް
ޑްރަގު ދައުވާއަކަށް އިއުތިރާފުވުމުން 12 އަހަރަށްޖަލަށް
ފެނަކަ ސައީދުގެ ޕާސްޕޯޓު ދޫނުކުރަން އެދިއްޖެ
ޓެރަރިޒަމްގެ މައްސަލައެއްގައި ދައުވާކޮށްފި
ރައުދަށް މަސްތުގެ ދައުވާ ނުކުރީ އިޖުރާއަތު ގޯސްވުމުން