Roadha Mihaaru
"ކުޗް ކުޗް ހޯތާ ހޭ" ގެ ދެވަނަ ބައެއް ހަދައިފާނެ

"ކުޗް ކުޗް ހޯތާ ހޭ" ގެ ދެވަނަ ބައެއް ހަދައިފާނެ

10 ނޮވެމްބަރ 2018

ކަރަން ޖޯހަރު ޑައިރެކްޓަރެއްގެ ގޮތުގައި ބޮލީވުޑްގައި ފައި ވިއްދައިލި އޭނާގެ އަލަތު ފިލްމު "ކުޗް ކުޗް ހޯތާ ހޭ" ގެ ދެވަނަ ބައެއް ހަދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކަރަން ޖޯހަރު ޑައިރެކްޓަރެއްގެ ގޮތުގައި ބޮލީވުޑްގައި ފައި ވިއްދައިލި އޭނާގެ އަލަތު ފިލްމު "ކުޗް ކުޗް ހޯތާ ހޭ" ގެ ދެވަނަ ބައެއް ހަދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ނަމަވެސް މިކަމާ ބެހޭ ގޮތުން ކަރަން އަދި ރަސްމީކޮށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

އެކަމަކު ބޮލީވުޑް ހަންގާމާ އިން ބުނީ ރިލީޒް ކުރިތާ 20 އަހަރު މިދިޔަ މަހުގެ 16 ވަނަ ދުވަހު ފުރުނު ކާމިޔާބު ފިލްމުގެ ދެވަނަ ބައެއް ހަދަން ކަރަން ވަރަށް ސީރިއަސްކޮށް ނިންމާފައިވާ ކަމަށެވެ. އަދި ފިލްމު ޑައިރެކްޓް ކުރުވާނީ އެހެން މީހަކު ލައްވައި ކަމަށާއި މާ ލަސްތަކެއް ނުވެ ފިލްމު އިއުލާން ކުރާނެ ކަމަށް ބުންޏެވެ.

ކަރަން ލިޔެ، ޑައިރެކްޓްކޮށް 1998 ގައި ގެނެސް ދިން "ކުޗް ކުޗް ހޯތާ ހޭ" ގައި ލީޑް ރޯލް ކުޅުނީ ޝާހްރުކް ހާނާއި ކާޖޮލް އާއި ރާނީ މުކަރްޖީ އެވެ. އަދި ފިލްމުގެ ވަރަށް ހާއްސަ ރޯލެއް ސަލްމާން ހާން ކުޅެފައިވެ އެވެ. މި ފިލްމުގައި ކިޔައި ދެނީ ކޮލެޖް ޒުވާނުންތަކެއްގެ ލޯބީގެ ވާހަކަ އެވެ.

"ކުޗް ކުޗް ހޯތާ ހޭ" ގެ ދެވަނަ ބައެއް ހަދަން ނިންމާފައިވާ ކަމަށް ވާހަކަ ދެކެވެން ފެށުމުގެ ކުރިން ކަރަން ވަނީ އެ ފިލްމުގެ ރިމެކެއް ހަދާ ނަމަ، ކާސްޓަށް ނަގާނެ ތަރިންނާ ބެހޭ ގޮތުން މިދިޔަ މަހު ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނީ ޝާހްރުކްގެ ރޯލަށް ނަގާނީ ރަންބީރު ކަޕޫރު ކަމަށާއި ކާޖޮލްގެ ރޯލު އާލިއާ ބަޓަށް ދީފައި ރާނީގެ ރޯލް ކުޅުވާނީ ޖާންވީ ކަޕޫރު ލައްވައި ކަމަށެވެ.

ކަރަން ޑައިރެކްޓް ކުރި އެހެން ފިލްމެއްގެ ދެވަނަ ބައެއް ހެދުމުގެ މަސައްކަތް ވެސް އޭނާގެ ފިލްމު ކުންފުނި ދަރްމާ ޕްރޮޑަކްޝަނުން މިހާރު އަންނަނީ ކުރަމުންނެވެ. އެއީ ކަރަން 2012 ގައި އާލިއާ އާއި ވަރުން ދަވަން އަދި ސިދާތު މަލްއުތުރާ ބޮލީވުޑަށް ތައާރަފު ކުރި "ސްޓޫޑަންޓް އޮފް ދި އިޔާ" ގެ ދެވަނަ ބައެވެ.

"Kuch Kuch Hota Hai" ah 20 aharu furun faahaga kuranee

"Kuch Kuch Hota Hai" ah 20 aharu furun faahaga kuranee

The most trusted news source in the Maldives

Mihaaru

"ކުޗް ކުޗް ހޯތާ ހޭ" އަކީ 1998 ގައި ރިލީޒް ކުރި ފިލްމެއް.

ޕުނިތު މަލްއުތުރާ ޑައިރެކްޓްކޮށް މެއި، 10، 2019 ގައި ސިނަމާތަކަށް ގެންނަ "ސްޓޫޑަންޓް އޮފް ދި އިޔާ 2" ގައި ލީޑް ރޯލް ކުޅެނީ ޓައިގާ ޝްރޮފާ އެކު، އަލަށް ތައާރަފުވާ ދެ ބަތަލާއިން ކަމަށްވާ އަނަންޔާ ޕާންޑޭ އާއި ތާރާ ސުތާރިއާ އެވެ.

ކަރަންގެ ކުރިއަށް ޑައިރެކްޝަނަކީ 2020 ގައި ރިލީޒް ކުރާ ތާރީހީ ފިލްމު "ތަހުތު" އެވެ.

އޭނާގެ ފިލްމު ކުންފުނިން ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ގެނެސް ދެނީ އަންނަ މަހުގެ 28 ގައި ރިލީޒް ކުރާ ރޯހިތު ޝެޓީ ޑައިރެކްޓްކޮށްފައިވާ "ސިމްބާ" އެވެ. އެ ފިލްމުގެ ތަރިންނަކީ ރަންވީރު ސިންގް އާއި ސާރާ އަލީ ހާނެވެ.