Roadha Mihaaru
މެލްބަން ފެސްޓިވަލްގައި ކަރަން އަށް ޓްރިބިއުޓެއް

މެލްބަން ފިލްމު ފެސްޓިވަލްގައި ކަރަން ޖޯހަރަށް ޓްރިބިއުޓެއް

13 ޖުލައި 2019

އަންނަ މަހު އޮސްޓްރޭލިއާގައި ބާއްވާ މި އަހަރުގެ 10 ވަނަ އިންޑިއަން ފިލްމު ފެސްޓިވަލް އޮފް މެލްބަން (އައިއެފްއެފްއެމް) ގައި ޑައިރެކްޓަރު ކަރަން ޖޯރަށް ހާއްސަ ޓްރިބިއުޓެއް ދޭން ނިންމައި، އޭނާގެ ކެރިއަރު އެ ފިލްމަކުން ފެށި އަދި ފަނޑުވުމެއް ނެތް ފިލްމު "ކުޗް ކުޗް ހޯތާ ހޭ" ގެ ހާއްސަ ސްކްރީނިންއެއް ބާއްވަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ މަހު އޮސްޓްރޭލިއާގައި ބާއްވާ މި އަހަރުގެ 10 ވަނަ އިންޑިއަން ފިލްމު ފެސްޓިވަލް އޮފް މެލްބަން (އައިއެފްއެފްއެމް) ގައި ޑައިރެކްޓަރު ކަރަން ޖޯރަށް ހާއްސަ ޓްރިބިއުޓެއް ދޭން ނިންމައި، އޭނާގެ ކެރިއަރު އެ ފިލްމަކުން ފެށި އަދި ފަނޑުވުމެއް ނެތް ފިލްމު "ކުޗް ކުޗް ހޯތާ ހޭ" ގެ ހާއްސަ ސްކްރީނިންއެއް ބާއްވަން ނިންމައިފި އެވެ.

އެ ފިލްމުގެ ބަތަލު ޝާހްރުކް ހާން މި ފަހަރު ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ބައިވެރިވާ އައިއެފްއެފްއެމް ކުރިއަށް ދާނީ އަންނަ މަހުގެ 8-17 އަށެވެ.

ފެސްޓިވަލްގައި "ކުޗް ކުޗް ހޯތާ ހޭ" ސްކްރީން ކުރާ އިރު، ކަރަން ވެސް ފެސްޓިވަލްގައި ބައިވެރިވެ، މީގެ 21 އަހަރު ކުރިން އޭނާ ގެނެސްދިން ފިލްމާ ބެހޭ ގޮތުންނާއި ފިލްމީ ދާއިރާ އަށް ނުކުތްތާ ވެސް 21 އަހަރުވެފައިވާތީ އެކަންކަމާ ބެހޭ ގޮތުން ވާހަކަ ދައްކާނެ އެވެ.

ކަރަން 1998 ގައި ގެނެސްދިން ލޯބީގެ ތިނެސްކަން ފިލްމު "ކުޗް ކުޗް ހޯތާ ހޭ" އަކީ ޝާހްރުކް ހާނާއި ކާޖޮލް އާއި ރާނީ މުކަރްޖީ ލީޑް ރޯލް ކުޅުނު ވަރަށް ރީތި ލޯބީގެ ފިލްމެކެވެ. މި ފިލްމު ރިލީޒްކުރިތާ 20 އަހަރު ފުރުން މިދިޔަ އަހަރު ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފައިވެ އެވެ.

އައިއެފްއެފްއެމްގައި ފިލްމު ދައްކަން ފުރުސަތު ލިބުމުން ކަރަން ބުނީ އޭނާގެ އަލަތު ފިލްމާއި ފިލްމީ ކެރިއަރާ ބެހޭ ގޮތުން ފެސްޓިވަލްގެ ތެރޭގައި ވާހަކަ ވާހަކަދައްކަން ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

"މި އިންޑަސްޓްރީގައި އަހަރެން މަސައްކަތް ކުރާތާ މި އަހަރަށް އެކާވީސް އަހަރު ފުރޭނެ. އެހެންވީމާ ފާއިތުވި ވިހި އަހަރަކީ އަހަރެން އިންޑަސްޓްރީގައި މިހާތަނަށް ގިނަ ކަންތައްތަކެއް ތަޖުރިބާކޮށް، ވަރަށް ގިނަ މަސައްކަތްތަކެއް ކުރި ދުވަސްތަކެއް،" މިހާރު "ތަހުތު" ގެ ނަމުގައި 7 ފިލްމު ޑައިރެކްޓް ކުރަން ތައްޔާރު ވަމުން އަންނަ ކަރަން ބުންޏެވެ. "މީގެ ކުރިން ވެސް އަހަރެން އައިއެފްއެފްއެމްގައި އެތައް ފަހަރަކު ބައިވެރިވެއްޖައިން. އެކަމަކު މި ފަހަރު ވަކިން ހާއްސަ."

އޭނާ ބުނި ގޮތުގައި ފިލްމު އުފެއްދުމަކީ ވަރަށް ބޮޑު ޕެޝަނެކެވެ. އެހެންވެ އެ މަސައްކަތުގައި އަބަދު ވެސް ދެމިހުންނާނެ ކަމަށް ބުންޏެވެ. ކަރަންއަކީ ހަމައެކަނި ޑައިރެކްޓަރެއް ނޫނެވެ. އޭނާގެ އަމިއްލަ ފިލްމު ކުންފުނި ދަރުމާ ޕްރޮޑަކްޝަނުން ކަރަންގެ ތައްގަނޑާ އެކު އެތައް ފިލްމެއް ޕްރޮޑިއުސްކޮށް އަންނަނީ ގެނެސް ދެމުންނެވެ.

ކަރަންއަކީ ބޮލީވުޑްގެ ޑައިރެކްޓަރުންގެ ތެރެއިން ބެލުންތެރިން އެންމެ ލޯބިވާ އިންޑިއާގެ އެއް ޑައިރެކްޓަރެވެ. އަދި އޭނާގެ ފިލްމުތަކަށް މުޅި ދުނިޔޭގައި ވެސް ބޮޑު އޯޑިއަންސެއް އޮވެ އެވެ.