ބިޑް ކުރުމުގެ ދައުވަތަކާ ނުލައި ޕްރޮޕޯސަލް ހުށަހެޅުމުގެ އުސޫލު ރައީސް އޮފީހުން އުވާލައިފި އެވެ.
07 ޑިސެމްބަރ 2023
ބިޑް ކުރުމުގެ ދައުވަތަކާ ނުލައި ޕްރޮޕޯސަލް ހުށަހެޅުމުގެ އުސޫލު ރައީސް އޮފީހުން އުވާލައިފި އެވެ.
އެ އޮފީހުން ގެޒެޓްކޮށްފައިވާ ގޮތުން، ގެޒެޓްކުރާ ދުވަހުން ފެށިގެން އެ އުސޫލަށް އަމަލުކުރާނެ އެވެ.
ބިޑް ކުރުމަކާ ނުލައި، ސަރުކާރަށް ޕްރޮޕޯސަލް ހުށަހެޅުމުގެ އުސޫލެއް އެކުލަވައިލީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޖެނުއަރީ 2019 ގަ އެވެ.
އެ އުސޫލުގެ ބޭނުމަކަށްވީ ބޭރު ގައުމެއްގެ އެހީގައި ހިންގާ ނުވަތަ ކޮންސެޝަނަލް ލޯނެއްގެ ދަށުން ހިންގާ މަޝްރޫއުތަކާއި ސަރުކާރުން ހިންގަން ކަނޑައަޅާ މަޝްރޫއެއް ހިންގުމުގައި ބިޑު ކުރުމަކާ ނުލައި، ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ މަޝްވަރާގެ މަތިން ރައީސް ކަނޑައަޅުއްވާ ފަރާތަކާ ހަވާލުކޮށްގެން އެ މަޝްރޫއެއް ހިންގުމެވެ.
އެ އުސޫލުގެ ދަށުން މަޝްރޫއު ހަވާލުކުރެވޭ ފަރާތްތަކަކީ މާލީގޮތުންނާއި ފަންނީގޮތުން އެ މަޝްރޫއެއް ހިންގުމަށް އެކަށީގެންވާ ފަރާތެއްކަން ކަށަވަރު ކުރެވެން ޖެހޭނެ ކަމަށް ވެސް އެ އުސޫލުގައިވެ އެވެ.
އެ އުސޫލު ކުރީ ސަރުކާރުން އެކުލަވައިލި އިރު ވެރިކަމަށް އައުމަށް ފަހު ނޮވެމްބަރު 2018، ގައި ބިޑަކާ ނުލައި ރަށްތަކާއި ފަޅުތައް އަދި ބިންތައް ދޫކުރެވޭ ގޮތަށް އޮންނަ އުސޫލަށް އަމަލުކުރުން މަޑުޖައްސައިލި އެވެ.
ޓޫރިޒަމް ގާނޫނަށް ބަދަލު ގެނެސް، ބިޑަކާ ނުލައި ރަށްތައް ތަރައްގީ ކުރުމަށް ނިންމާފައިވަނީ 2016 ވަނަ އަހަރުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުންނެވެ. އޭރު ސަރުކާރުން ބޭނުންވެގެން ޓޫރިޒަމް ގާނޫނު ބަދަލު ގެނައުމުން ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ފަރާތްތަކުން ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ.
ތަރައްގީގައި ހުރިހާ ރައްޔިތުން ހަމަހަމަ: ރައީސް
ވައުދު ފުއްދާނީ ރައްޔިތުން ބޭނުންވާ ގޮތަށް: ރައީސް
ޑިވެލޮޕްމަންޓް ބޭންކަށް ހާއްސަ އޮތޯރިޓީއެއް ހަދަނީ
މާއެނބޫދޫން 30 ހެކްޓަރުގެ ބިން ހިއްކާނަން: ރައީސް
ތިލަމާލެ ބްރިޖުގެ 50 ޕަސެންޓް މަސައްކަތް ނިމިއްޖެ
ހުއްޓިފައި ހުރި މަޝްރޫއުތައް މި މަހު ފަށަނީ
އެސްޓޯނިއާ ދަތުރަށް 1.4 މިލިއަން ރުފިޔާ ހަރަދުކުރި
ނޭޝަނަލް ސާވިސް ޕްރޮގްރާމު ފަށަން ތައްޔާރުވަނީ
ހިރިމަރަދޫ މީހުން ހަނިމާދުއަށް ބަދަލުކުރަން ނިންމައިފި
ހުއްޓިފައި ހުރި މަޝްރޫއުތައް އެހެން ބަޔަކާ ހަވާލުކުރަނީ