އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާގެ މުއާމަލާތްތައް ކުރެވޭ، އިންސްޓެންޓް ޕޭމަންޓް ސިސްޓަމް "ފަވަރަ" ގައި އިތުރު ދެ ބޭންކް ބައިވެރިވެއްޖެ އެވެ.
11 ޑިސެމްބަރ 2023
އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާގެ މުއާމަލާތްތައް ކުރެވޭ، އިންސްޓެންޓް ޕޭމަންޓް ސިސްޓަމް "ފަވަރަ" ގައި އިތުރު ދެ ބޭންކް ބައިވެރިވެއްޖެ އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނީ، ފަވަރައިގެ ހިދުމަތް ދިނުމާ އަލަށް ގުޅުނީ ބޭންކް އޮފް ސިލޯން (ބީއޯސީ) އާއި މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) ކަމަށެވެ.
އެމްއެމްއޭ އިން ބުނީ މިއަދުން ފެށިގެން، އެ ދެ ބޭންކުގެ ކަސްޓަމަރުންނަށް ފަވަރަ ޓްރާންސްފާ، ފަވަރަ ރިކުއެސްޓް، ފަވަރަ އައިޑީ އަދި ފަވަރަ ރީކޯލްގެ ހިދުމަތް ލިބޭނެ ކަމަށެވެ.
ފަވަރަ އައިޑީއެއް ހެދުމުން، ބޭންކުތަކުގެ އެކައުންޓު ނަންބަރުގެ ބަދަލުގައި އީމެއިލް ނުވަތަ ފޯނު ނަންބަރު ބޭނުންކޮށްގެން އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ އެވެ. ފަވަރަ ޓްރާންސްފާ އިން މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ޖަމާކުރެވޭނެ އެވެ. އަދި ފަވަރަ ރިކުއެސްޓް މެދުވެރިކޮށް، އަމިއްލަ ފަރާތްތަކާއި ވިޔަފާރިތަކަށް ވެސް ބިލް ފޮނުވައިގެން ފައިސާގެ މުއާމަލާތްތައް ހިންގޭނެ އެވެ.
އެމްއެމްއޭ އިން އަންނަނީ ފަވަރައިގެ އެޕްލިކޭޝަނެއް ވެސް ތައްޔާރު ކުރަމުންނެވެ.
މިދެ ބޭންކުގެ އިތުރުން ބީއެމްއެލް އާއި އެމްއައިބީ އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ވެސް ފަވަރަ ހިދުމަތް އަންނަނީ ދެމުންނެވެ.
އާ ޕޭމެންޓް ސިސްޓަމްގެ އެޕްލިކޭޝަނެއް ހަދަނީ
އިންސްޓެންޓް ޕޭމެންޓް ސިސްޓަމް "ފަވަރަ" ތައާރަފްކޮށްފި
ޕޭމަންޓް ސިސްޓަމް ޓެސްޓް ކުރަން ފަށައިފި
ޕޭމަންޓް ސިސްޓަމް ތިން ބޭންކާ އެކު އަންނަ މަހު ފަށަނީ
އާ ޕޭމަންޓް ސިސްޓަމް މި އަހަރުގެ ތެރޭގައި
ޕޭމަންޓް ސިސްޓަމް ގެންނަނީ ބޭރުން: ގަވަރުނަރު
ޒިންމާދާރުކަން ކުޑަކޮށް ފައިސާ ޗާޕު ނުކުރާނެ: ނާޒިމް
ޑެޕިއުޓީ ގަވަރުނަރު އިމާދު ވަކިކުރަން ހުށަހަޅައިފި
އެމްއެމްއޭގެ ބޯޑުން ޝުހާދު އިސްތިއުފާދީފި
ޔޫޒަބަލް ރިޒާވް 179 މިލިއަން ޑޮލަރަށް އިތުރުވެއްޖެ