Roadha Mihaaru
ޕޭމަންޓް ސިސްޓަމް ޓެސްޓް ކުރަން ފަށައިފި

ޕޭމަންޓް ސިސްޓަމް ޓެސްޓް ކުރަން ފަށައިފި

26 ޖުލައި 2023

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ތައާރަފްކުރާ އިންސްޓެންޓް ޕޭމެންޓް ސިސްޓަމް (އައިޕީއެސް) ގައި އެންމެ ފުރަތަމަ ބައިވެރިވާ ބޭންކްތަކާ އެކު ޕައިލެޓް ޓެސްޓިން މަރުހަލާ ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ތައާރަފްކުރާ އިންސްޓެންޓް ޕޭމެންޓް ސިސްޓަމް (އައިޕީއެސް) ގައި އެންމެ ފުރަތަމަ ބައިވެރިވާ ބޭންކްތަކާ އެކު ޕައިލެޓް ޓެސްޓިން މަރުހަލާ ފަށައިފި އެވެ.

އެމްއެމްއޭ އިން ބުނީ، ޕޭމެންޓް ސިސްޓަމުގެ ޓެސްޓިން ކަންކަން ކުރިއަށް ގެންދަނީ ބީއެމްއެލް އާއި އެމްއައިބީ އަދި އެސްބީއައި އާ އެކު ކަމަށެވެ. މި ޓެސްޓިން މަރުހަލާގެ ބޭނުމަކީ ސިސްޓަމް ބޭނުންކުރަން ފެށުމުގެ ކުރިން ދިމާވެދާނެ މައްސަލަތައް ހޯދައި އެކަންކަން ހައްލު ކުރުން ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

އާ ޕޭމަންޓް ނިޒާމު އައުމުން މޯބައިލް ފޯނު ބޭނުންކޮށްގެން ނުވަތަ އެހެން ޑިވައިސްތައް ބޭނުންކޮށްގެން ރިއަލް ޓައިމްގައި ވަގުތުން ވަގުތަށް ޕޭމަންޓް ހެދުމުގެ ފުރުސަތު ލިބޭނެ އެވެ. މި ނިޒާމާ އެކު ކޮންމެ ބޭންކެއްގައި އެކައުންޓެއް އޮތް ނަމަވެސް ނަގުދު ފައިސާ ބޭނުން ކުރަން ނުޖެހި، ފައިސާގެ މުއާމަލާތް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

މި ސިސްޓަމް ލައިވްކޮށް އާންމުން ބޭނުން ކުރަން ހުޅުވާލަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ފަހުކޮޅު އެވެ. އެމްއެމްއޭ އިން މި ސިސްޓަމު ހަދާފައި ވަނީ ފިންލޭންޑްގެ ޓީޓޯއެވްރީއާ ހަވާލުކޮށްގެންނެވެ.

މި ސިސްޓަމުގެ ތެރެއިން އޮންލައިންކޮށް އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވަން ކޮންމެ ފަހަރު އެކައުންޓް ނަންބަރު ޖެހުމުގެ ބަދަލުގައި ހާއްސަ ކޯޑެއް ޖަހައިގެން ވެސް ފައިސާގެ މުއާމަލާތްތައް ހިންގޭނެ އެވެ. މިސާލަކަށް އައިޑީ ކާޑު ނަންބަރު، އީމެއިލް އެޑްރެސް ނުވަތަ މޯބައިލް ނަންބަރާއި ވިޔަފާރި ރަޖިސްޓްރީ ނަންބަރު ބޭނުންކޮށްގެން ވެސް ފައިސާގެ މުއާމަލާތްތައް ހިންގޭނެ އެވެ.