11 ޑިސެމްބަރ 2023
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޝަރީޒް ކޮލެޖެއް ގާއިމްކުރަން ނިންމަވާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އިއުލާންކުރައްވައިފި އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޝަރީޒް ކޮލެޖެއް ގާއިމްކުރަން ނިންމަވާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އިއުލާންކުރައްވައިފި އެވެ.
ރާއްޖޭގެ 42 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ ފުރަތަމަ ފަހަރަށް ރާއްޖޭގައި ގާއިމްކުރާ ފިޝަރީޒް ކޮލެޖު ހުޅުވަނީ ގައުމީ ޔުނިވާސިޓީ، އެމްއެންޔޫއާ ގުޅިގެން ކަމަށާއި އެކަމުގެ އިދާރީ މަސައްކަތްތައް ސަރުކާރުގެ "ހަފުތާ 14"ގެ ތެރޭގައި ހިމަނައިގެން މިހާރު ކުރަމުން އަންނަ ކަމަށެވެ.
ރައީސް ވިދާޅުވީ މަސްވެރިކަން ޒަމާނީކޮށް، މަސްވެރީންގެ ގަދަރު އުފުލައި، މަސްވެރިކަން ތިޔާގިކުރުމަކީ އެމަނިކުފާނު ވަރަށް ބޭނުންފުޅުވާ ކަމެއް ކަމަށެވެ. އެކަމަށްޓަކާ މަސްވެރިކަން، އިލްމުވެރިކުރުން އެއީ ނުހަނު ބޭނުންތެރި ކަމެއް ކަމަށް އެމަނިކުފާނު ދެކިވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އަދުގެ މަސްވެރީންގެ ތަޖުރިބާ އާއި ޒުވާން މަސްވެރީންނަށް ފޯރަންވި ހުނަރާއި އަދުގެ ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކުގައި އޮތް ފަންނިއްޔާތު ރާއްޖޭގެ މަސްވެރިކަމުގައި ޝާމިލްކުރުމަކީ އަޅުގަނޑު ދެކޭ ހުވަފެނެއް. އިރާދަކުރެއްވިއްޔާ އެއީ އަޅުގަނޑުމެން ހާސިލްކުރާނެ ހަގީގަތެއް،" ރައީސް ވިދާޅުވި އެވެ.
"މިކަމަށްޓަކާ މަސްވެރީން ތަމްރީނުކުރާ މަރުކަޒު ނުވަތަ ފިޝަރީޒް ޓްރެއިންނިން އިސްޓިޓިއުޓް [ކޮލެޖު] އަޅުގަނޑުމެން ގާއިމްކުރާނަން."
މަސްވެރިކަން ކުރާ ކޮންމެ އޮޑިޔަކުން މަދުވެގެން އެއް ފަޅުވެރިޔަކު ރެސްކިއު ޑައިވާ ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތަކަށް ހެދުމަށްޓަކާ ހާއްސަ ތަމްރީން ޕްރޮގްރާމެއްގެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް ވެސް ރޭގައި ރައީސް ވިދާޅުވި އެވެ.
މަސްވެރިންނަށް 136 މިލިއަން ރުފިޔާ ޖަމާކޮށްދީފި
މިފްކޯ ބޯޑުގައި މަސްވެރިން ހިމަނަން ރައީސް ނިންމަވައިފި
ކޮންމެ އޮޑިޔަކަށް ރެސްކިއު ޑައިވަރުން ފެންވަރުގެ މީހެއް
ބޮޑުކަންނެލީގެ މަސްވެރިންނާ ރައީސް ބައްދަލުކުރައްވައިފި
ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން ރައީސް ނިންމަވައިފި
މަސްވެރިންނަށް 66 މިލިއަން ރުފިޔާ ޖަމާކޮށްދީފި
މިފްކޯއަށް 1.6 ބިލިއަންގެ ގެއްލުން ވެއްޖެ: ޝިޔާމް
މަސްވެރިންގެ ބެކްލޮގް އެއްކޮށް ކްލިއާ ކުރެވިއްޖެ:ރައީސް
ފައިސާ ހުރެ، ގަސްދުގައި ނުދީ ނުތިބޭނަން: ރައީސް
މަސްވެރިކަން އިޝްތިހާރުކުރަން ކުންފުންޏެއް އުފައްދަނީ