Roadha Mihaaru
އެންމެ ބޮޑު ޕާޓީއަށް ޕީއެންސީ ހަދަން އެތައް ހާސް ފޯމު

އެންމެ ބޮޑު ޕާޓީ އަށް ޕީއެންސީ ހެދުމަށް އަމާޒު ހިފައި އީސީ އަށް އެތައް ހާސް ފޯމެއް

29 ނޮވެމްބަރ 2023

ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އަށް ޕީއެންސީ ހެދުމުގެ އަމާޒު ހިފައި، އެ ޕާޓީގެ 12،000 ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިހާތަނަށް ހުށަހަޅާފައިވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އަށް ޕީއެންސީ ހެދުމުގެ އަމާޒު ހިފައި، އެ ޕާޓީގެ 12،000 ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިހާތަނަށް ހުށަހަޅާފައިވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ވެރިކަން ކުރާ ޕާޓީއަކަށް ޕީއެންސީ ބަދަލުވުމުން އެ ޕާޓީ އަށް މެމްބަރުން އިތުރުކުރުމުގެ ބޮޑު ހަރަކާތެއް ވަނީ ފަށައިފަ އެވެ. ފާއިތުވި ދޮޅުމަސް ދުވަހުގެ ތެރޭގައި އެކި ދާއިރާތަކުން އެ ޕާޓީ އަށް ސޮއިކުރި މީހުންގެ އެތައް ހާސް ފޯމެއް ހަވާލުކޮށްފައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރުކަން ވެސް ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ އީސީ އަށް އިތުރަށް މިހާތަނަށް 12،000 ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

"އިލެކްޝަންސް ކޮމިޝަނަށް ހުށަހަނާޅާ ގާތްގަނޑަކަށް 20،000 ފޯމު އަދި އެބަހުރި،" އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ އުއްމީދަކީ މި އަހަރުގެ ނިޔަލަށް ޕީއެންސީގެ މެމްބަރުންގެ އަދަދު 25،000-30،000 އަށް އިތުރުކުރުން ކަމަށެވެ.

"ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީއަށް، ކޮންގްރެސް ޕާޓީ ހެދުން އަމާޒު ހިފާފައި މި ހުރީ،" އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ޕީޕީއެމްގެ މެމްބަރުން އެ ޕާޓީން ވަކިވެ، ޕީއެންސީއާ ގުޅުމަކީ އެހާ ބޮޑަށް ތާއީދު ކުރައްވާ ކަމެއް ނޫނެވެ. އެކަމަކު، ޕީޕީއެމްގެ މެމްބަރެއްގެ އަމިއްލަ ރުހުމުގައި ޕީއެންސީއާ ގުޅެން ބޭނުން ނަމަ އެ ކަމަށް ހުރަސް ނާޅާނެ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ އަށް ޕީއެންސީ ހެދުމުގެ މަސައްކަތް ކުރަމުން އަންނައިރު، މިދިޔަ ފެބްރުއަރީ 21 ގެ ނިޔަލަށް އެ ޕާޓީގައި ތިބީ 3،159 މެމްބަރުންނެވެ.