Roadha Mihaaru
"ވިލިމާލެއަށް ތަރައްގީ ގެނެސްދޭނީ މި ސަރުކާރުން"

އަޅާނުލާ އޮތް ވިލިމާލެ އަށް ތަރައްގީ ގެނެސްދޭނީ މި ސަރުކާރުން: ހަލީލް

03 ޖެނުއަރީ 2024

ކުރީގެ ސަރުކާރުތަކުން ވިލިމާލެ ތަރައްގީ ކުރުމަށް އެއްވެސް މަސައްކަތެއް ނުކޮށް، އަޅާނުލާ ކަމަށާއި އެކަން ނިމުމަމަށް ގެނެސް އެ އަވަށް ތަރައްގީ ކޮށްދޭނީ މި ސަރުކާރުން ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ކުރީގެ ސަރުކާރުތަކުން ވިލިމާލެ ތަރައްގީ ކުރުމަށް އެއްވެސް މަސައްކަތެއް ނުކޮށް، އަޅާނުލާ ކަމަށާއި އެކަން ނިމުމަމަށް ގެނެސް އެ އަވަށް ތަރައްގީ ކޮށްދޭނީ މި ސަރުކާރުން ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

މާލެ އާއި ވިލިމާލެއާ ދެމެދު ސީ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަލީލް ވިދާޅުވީ، އެ ހިދުމަތް ތައާރަފު ކުރުމުން އެ އަވަށަށް ކޮށްދޭން ހުރި މަސައްކަތްތައް ނުނިމޭ ކަމަށެވެ. މަސައްކަތް އިތުރަށް ފުރިހަމަކުރުމަށް ސީ އެމްބިއުލާންސްގައި އިތުރު އާލާތްތައް ހަރުކުރަން ޖެހޭ ނަމަ އެކަން ވެސް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ވިލިމާލެއަކީ އަޅާނުލައި އޮތް ތަނެއްގެ ގޮތުގައި އޮތް އޮތުން، ނިމުމަކަށް ގެންދާނެކަން ފާހަގަ ކުރައްވައި ހަލީލް ވިދާޅުވީ، މި ސަރުކާރުން ވިލިމާލެ ތަރައްގީ ކޮށްދޭނެ ކަމަށެވެ.

"އަޅުގަނޑުމެން މި ތިބީ އޭގެ [ހުޅުމާލެ 100 އެނދު ހޮސްޕިޓަލުގެ] ޑިޒައިނިން ފޭސްގައި. މާ ލަސްތަކެއް ނުވެ ތިބޭފުޅުންނަށް [ވިލިމާލެ ރައްޔިތުންނަށް] ފެނިގެން ދާނެ މި ފެށުނު އާ އަހަރުގެ ތެރޭގައި އެކަން ހަގީގަތަކަށް ވަމުންދާކަން،" މިނިސްޓަރު ވިދާޅުވި އެވެ.

"ތިބޭފުޅުން [ވިލިމާލެ ރައްޔިތުން] ޔަގީން ކުރައްވާ، ޒަމާންތަކެއް ވަންދެން އަޅާނުލެވި އޮތް ޝަހަރެއްގެ ގޮތުގައި މި އަވަށް އޮތް އޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ނިމުމަކަށް ގެންނަ ތަން ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ."

ވިލިމާލޭގެ މަގެއް މަތިން އަންހެނަކު ކުޑަކުއްޖެއްގެ އަތުގައި ހިފައިގެން ހިނގާފައި ދަނީ-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ވިލިމާލޭގެ މަގެއް މަތިން އަންހެނަކު ކުޑަކުއްޖެއްގެ އަތުގައި ހިފައިގެން ހިނގާފައި ދަނީ-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ސިއްހީ ދާއިރާ އިތުރަށް ފުރިހަމަ ކުރުމަށް މި ސަރުކާރުގެ އެޖެންޑާގައި ހިމަނާފައިވާ ކަންތައްތައް ތަންފީޒުކުރުމުގެ މަސައްކަތާއި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ދެނެގަނެ އެކަންކަން ވެސް ކުރާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ކެބިނެޓު ވަޒީރުން ތިބީ 24 ގަޑިއިރު ރައްޔިތުންގެ ހިދުމަތުގައި. އަޅުގަނޑުމެން އެދެނީ މި މަސައްކަތުގައި ރައްޔިތުން އެއްބާރުލުން ދެއްވުމަށް. އެއީ އަޅުގަނޑުމެން ތިބެގެން ކިތަންމެ މަސައްކަތެއް ކުރިޔަސް މިކަން ފުރިހަމަވާ ތަނެއް ނުފެންނާނެ ރައްޔިތުންގެ ބައިވެރިވުން ނެތިއްޔާ،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުން ބޭނުންވާ ހިދުމަތްތަކަށް އެދި، އެކަންކަން ސަރުކާރާއި ހަމައަށް ގެނައުމަކީ ލިބޭނެ ފަސޭހައެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.