Roadha Mihaaru
ތަރައްގީގެ މާސްޓާ ޕްލޭނަށް ގާނޫނީ ބާރުވެރިކަން ދެނީ

ތަރައްގީގެ މާސްޓާ ޕްލޭނަށް ގާނޫނީ ބާރުވެރިކަން ދެނީ

04 ޖެނުއަރީ 2024

ކުރިއަށް އޮތް 20 އަހަރަށް މި ސަރުކާރުން އެކުލަވާލާފައިވާ ތަރައްގީގެ މާސްޓާ ޕްލޭނަށް ގާނޫނީ ބާރުވެރިކަން ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް 20 އަހަރަށް މި ސަރުކާރުން އެކުލަވާލާފައިވާ ތަރައްގީގެ މާސްޓާ ޕްލޭނަށް ގާނޫނީ ބާރުވެރިކަން ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ތިން ގުނަ އަށް ފުޅާކޮށް، އެ މަޝްރޫއު އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ރިޔާސީ ކެމްޕޭންގެ ތެރޭގައި ރައްޔިތުންނަށް ހުށަހެޅުއްވި މެނިފެސްޓޯ އަކީ ކުރިއަށް އޮތް 20 އަހަރަށް އެކުލަވާލެވުނު މާސްޓާޕްލޭނެއް ކަމަށެވެ.

"އެ މާސްޓާޕްލޭނަކީ އެކަމަށް ހާއްސަ ގާނޫނެއް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އަޅުގަނޑުމެން ހަދައި، އެ ގާނޫނުގެ ބާރުވެރިކަން ލިބިފައިވާ މާސްޓާޕްލޭނަކަށް ހެދިގެން ދާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ ޕްލޭނަކީ އިގުތިސޯދީ އަދި އިޖުތިމާއީ ކުރިއެރުން ހިމެނޭ ގޮތަށް ވަށާޖެހޭ، ފުރިހަމަ މާސްޓާ ޕްލޭނަކަށް ވެގެންދާނެ އެވެ. އަދި އެއީ ރައްޔިތުން ބޭނުންވާ ގޮތަށް، ދާން ބޭނުންވާ މިސްރާބަށް ކުރިއަށް އޮތް 20 އަހަރަށް ކަނޑައަޅާ ޕްލޭނެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް އެޅުމަށް ސައުދީ އަރަބިއާގެ ބިންލާދިން ގްރޫޕާ ސަރުކާރުން ހަވާލުކުރީ ވަނީ 2016 ވަނަ އަހަރު އެވެ. އެއީ ގާތްގަނޑަކަށް ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭ ގޮތަށް ފެށި މަޝްރޫއު އެކެވެ.

އެކި ސަބަބުތަކާ ހުރެ އެ މަޝްރޫއު ދިގުލައިގެން ގޮސްފައިވާތީ އެ މަޝްރޫއު ވީއެންމެ އަވަހަކަށް ނިންމުމަކީ ރައީސް މުއިއްޒުގެ މައިގަނޑު އެއް ވައުދެވެ.

މިރޭ އެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ނަމުގައި އިފްތިތާހު ކުރީ ވެލާނާ އެއާޕޯޓުން 25 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭ ގޮތަށް މަޝްރޫއު ފުޅާ ކުރުމަށެވެ.

އޭރުން ގަޑިއަކު 4،000 ފަސިންޖަރުންނަށް އެއްފަހަރާ ހިދުމަތް ދެވޭނެ އެވެ. އެ މަޝްރޫއުގެ ދަށުން، ޑޮމެސްޓިކް ޓާމިނަލުން ހިދުމަތްދޭ ފަސިންޖަރުންގެ އަދަދު 2،000 އަށް އިތުރު ވެގެންދާއިރު، އެއާޕޯޓްގެ ފިއުލް ފާމް ވެސް 45،000 ލީޓަރުން އެއް ލައްކަ ލީޓަރާ ހަމައަށް މި މަޝްރޫއުގެ ދަށުން އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ބުންޏެވެ.

ވެލާނާ އެއާޕޯޓު މަޝްރޫއު ތިން ގުނަ ބޮޑުކޮށް، އެ މަޝްރޫއު ރައީސް ޑރ. މުހައްމަދު މުއިއްޒު އިފްތިތާހު ކޮށްދެއްވަނީ. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ވެލާނާ އެއާޕޯޓު މަޝްރޫއު ތިން ގުނަ ބޮޑުކޮށް، އެ މަޝްރޫއު ރައީސް ޑރ. މުހައްމަދު މުއިއްޒު އިފްތިތާހު ކޮށްދެއްވަނީ. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރައީސް ވިދާޅުވީ މިހާރު އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުއާ އެކު އެކީގައި އާ ތަސައްވަރުގެ މަސައްކަތް ވެސް ފެށިގެންދާނެ ކަމަށެވެ.

އޭގެ ތެރޭގައި، އެ މަޝްރޫއުއަށް ބޭނުންވާ ބިން ހިއްކުމާއި ސީ ޕްލޭން ޓާމިނަލް ބަދަލު ކުރުމާއި ކ. ފޮނަދޫގައި ހުރި ފިއުލް ސްޓޯރޭޖް ބަދަލުކުރުން ހިމެނޭނެ ކަމަށް އެ މަނިކުފާނު މިރޭ ވިދާޅުވި އެވެ.

އަދި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ދަށުން ފޮނަދޫ އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރަކަށް ބަދަލުކޮށް، އެ ރަށާއި މާލެ ބްރިޖަކުން ގުޅާލުން ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.