ކުޅިވަރު މުބާރާތްތައް ބާއްވާ ތަންތަނުގައި ހުރުން ލާޒިމް ކުރާ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަނެއް ރޭ ސޯޝަލް ސެންޓަރުގައި ހުޅުވައިފި އެވެ. އެތަން ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ކުޅިވަރު މުބާރާތްތައް ބާއްވާ ތަންތަނުގައި ހުރުން ލާޒިމް ކުރާ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަނެއް ރޭ ސޯޝަލް ސެންޓަރުގައި ހުޅުވައިފި އެވެ. އެތަން ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މި ރަސްމިއްޔާތުގައި ރައީސްގެ އިތުރުން ކުޅިވަރާއި ފިޓްނެސް އަދި ރެކްރިއޭޝަން މިނިސްޓަރު އަބްދުﷲ ރާފިއު އާއި ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލްގެ އިތުރުން، އޮލިމްޕިކް ކޮމިޓީ އާއި އެހެނިހެން ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ގައުމީ އަދި ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ތަންތަނުގައި ހުރުން ލާޒިމް ސިއްހީ ހިދުމަތް ފޯރު ކޮށްދިނުމުގެ ވަސީލަތްތައް ގާއިމް ކުރުމުގެ އެންމެ ބޮޑު މަގްސަދަކީ، ކުޅުންތެރިއަކަށް ނުވަތަ އޮފިޝަލަކަށް ނުވަތަ ބެލުންތެރިއަކަށް ވިއަސް، ސިއްހީ ފުރަތަމަ އެހީ ދޭން ޖެހޭ ހާލަތަކަށް އެންމެ ފުރިހަމައަށް ތައްޔާރުވެފައި އޮތުމެވެ.
ހަމަ އެއާ އެކު އަވަސް ފުރުސަތެއްގައި ރައްކާތެރިކަމާ އެކު އިތުރު ފަރުވާދޭން ހޮސްޕިޓަލަށް ގެންދިޔުމުގެ އިންތިޒާމް ހަމަޖެހިފައިވާކަން ކަށަވަރު ކުރުމަކީ ވެސް މި ފެސިލިޓީގެ މަގްސަދެކެވެ.
މެޑިކަލް ރޫމް އިފްތިތާހު ކޮށްދެއްވުމަށް ފަހު ރައީސް ވަނީ އެތަން ބައްލަވާލައްވައިފަ އެވެ. އެއަށް ފަހު، ސޯޝަލް ސެންޓަރުގައި ފަށާ މި އަހަރުގެ ވޮލީބޯޅަ ލީގު ފެށުމުގެ ގޮތުން ބާސްކެޓްބޯޅަ އެސޯސިއޭޝަނުން ކުރިއަށް ގެންދިޔަ ހާއްސަ މެޗު ވެސް ރައީސް ވަނީ ބައްލަވާލައްވައިފަ އެވެ.
ގައުމީ ލީގުގެ އެއްވަނަ ޑިވިޝަންގައި ވާދަކުރާ ފިރިހެން ހަ ޓީމު ދެ ބަޔަކަށް ބަހާލައިގެން ކުޅުނު މި މެޗު 68-61 ޕޮއިންޓުން ކާމިޔާބު ކުރީ ރެޕްޓާސް އާއި ޓީރެކްސް އަދި ރޯޔަލްސްގެ ކުުންތެރިން ކުޅުނު ޓީމް ބީ އެވެ. ޓީމް އޭގައި ހިމެނުނީ ސްޓިންގާސް އާއި ރެޑްވިންގްސް އަދި ކިންގްސް އެވެ.
"ސޯޝަލް ސެންޓަރުގެ ހޯލް ޕީއެންއެފަށް ދޫކުރެވިދާނެ"
ކަމެއް ނިންމަނީ އިހުސާސްތައް އެނގި ހުރެ: ރައީސް
އާ މަސްމާރުކޭޓު އަޅާނީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި
ޗިޓު ފޮނުވާފައިވާކަން ވެސް އެނގެނީ ނޫހުން: ރައީސް
ގޮނޑިގެއްލޭ ގޮތަށް ހެދީ ނިންމުމަށް އިހުތިރާމް ކުރުވަން
ޕެންޝަން ފައިސާ ބޭނުންކުރެވޭ ހާލަތްތައް އިތުރުކުރަނީ
މާލޭން ގޯތި ދިނުމަށް ބަލާ މުއްދަތު ކުރު ކުރަން ބަލަނީ
ނުހަދާ ހުރި ރަށްތަކަށް މުއްދަތު އިތުރުކޮށްދޭ އިސްލާހެއް
ކުރީގެ ރައީސުންގެ އޮފީސް ހަރަދު ކަނޑާލައިފި
ރައީސް މާދަމާ ރޭ ހެންވޭރުގެ ރައްޔިތުންގެ ގާތަށް