މާލޭގެ ހުރިހާ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ފައްޓަވާފައިވާ ސިލްސިލް ޕްރޮގްރާމްގެ ދަށުން ރައީސް ޑރ. މުހައްމަދު މުއިއްޒު މާދަމާ ރޭ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ނިންމަވައިފި އެވެ.
06 ޑިސެމްބަރ 2025
މާލޭގެ ހުރިހާ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ފައްޓަވާފައިވާ ސިލްސިލް ޕްރޮގްރާމްގެ ދަށުން ރައީސް ޑރ. މުހައްމަދު މުއިއްޒު މާދަމާ ރޭ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ނިންމަވައިފި އެވެ.
ރައީސް ގެންދަވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުން ފެށިގެން މާލޭގެ ހުރިހާ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ. މިހާތަނަށް ވަނީ ވިލިމާލެ އާއި މައްޗަންގޮޅި އަދި މާފަންނުގެ ރައްޔިތުންނާ އެކު ބައްދަލުވުން ބާއްވައިފަ އެވެ. އެންމެ ފަހުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަޑައިގަތީ މާފަންނުގެ ރައްޔިތުން ގާތަށެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހެންވޭރުގެ ރައްޔިތުންނާ ރައީސް މުއިއްޒު ބައްދަލުކުރެއްވުން އޮންނާނީ މާދަމާ ރޭގެ 8:30 ގައި ކަލާފާނު ސްކޫލްގައި ކަމަށެވެ.
ބައްދަލުވުންތަކުގެ ބޭނުމަކީ ހީނާ ވިދާޅުވި ގޮތުގައި، އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމެވެ.
ހެންވޭރުގެ ރައްޔިތުންގެ ބައްދަލުވުމަށް އެ އަވަށުގައި ދިރިއުޅޭ އެންމެންނަށް ވަނީ ދައުވަތު ދެއްވައިފަ އެވެ.
ހުޅުމާލެ ހިމެނޭ ގޮތަށް މާލޭގެ ހުރިހާ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެކަން ރައީސް އިއުލާން ކުރެއްވީ މި ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރަން މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ޖަލްސާގަ އެވެ.
ރައީސް މުއިއްޒު ވަނީ އެ މަނިކުފާނުގެ ވެރިކަމުގެ ދެ އަހަރުގެ ތެރޭގައި ހުރިހާ ރަށަކަށް ވަޑައިގެން އެ ރަށްރަަށުގެ ރައްޔިތުންނާ ވެސް ބައްދަލުކުރައްވައިފަ އެވެ.
މާފަންނުގެ ރައްޔިތުންނާ އެކު ރައީސް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ބައްދަލުވުމުގައި ވަރަށް ގިނަ ކަންކަން އާންމުންގެ ފަރާތުން ހުށަހަޅާފައިވާއިރު އެ މަނިކުފާނު ވިދާޅުވެފައި ވަނީ އެ އިން ކޮންމެ ކަމަކަށް ވަކިވަކިން އެޓެންޑު ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑު ސީދާ އެ ކަންކަމަށް އެޓެންޑު ކުރާނީ. ކަމާ ބެހޭ ވުޒާރާތަކާއި ކުންފުނިތަކާއި މުއައްސަސާތަކަށް އެ އޮންނަ ހަމަތަކާއި އުސޫލުތަކުގެ މަތިން އެ ކަންކަން ފޮނުވައިގެން ބަލަންޖެހޭ ކަމެއް ވެއްޖިއްޔާ ބަލާނެ ކަންކަން އެއީ،" މާފަންނުގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި އެވެ.
ނުހަދާ ހުރި ރަށްތަކަށް މުއްދަތު އިތުރުކޮށްދޭ އިސްލާހެއް
ކުރީގެ ރައީސުންގެ އޮފީސް ހަރަދު ކަނޑާލައިފި
ޒަކާތުގެ ގާނޫނު ތަސްދީގު ކުރައްވައިފި
ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު
އައްޑޫ 10 ތަނެއް ބަލައިފާސްކޮށް 10 މީހުން ހައްޔަރު
"ހައްލުނުހޯދައި ޔާމީން އިންނެވީ ފަސްމިނިޓް ތާސްކުޅެން"
1 ކޮޓަރި ދޫކޮށް، އެހެން ސްކީމަކުން ފުރުސަތު ދެނީ
ހިޔާވަހި ލޯނުގެ ޝަރުތުތަކަށް ދެވަނަ ބުރުގައި ލުއި ދެނީ
އެންމެ ފަސްމިނިޓުން ވާނުވާ ބަންދު މީހުން ދޫކޮށްލެވޭނެ؟
ރައީސްގެ މާފަންނުގެ ބައްދަލުވުން: ކޮންމެ ކަމަކަށް ވަކިވަކިން އެޓެންޑު ކުރާނެ