01 އޮކްޓޯބަރ 2024
އަންހެން އަދި ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު ވެސް ކާމިޔާބުކޮށް، ސްރީލަންކާގެ އީގަލް ކްލަބުން ބާސްކެޓްބޯޅަ ސުޕަ ކަޕްގެ ދެ ތަށި ކާމިޔާބު ކޮށްފި އެވެ.
އަންހެން އަދި ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު ވެސް ކާމިޔާބުކޮށް، ސްރީލަންކާގެ އީގަލް ކްލަބުން ބާސްކެޓްބޯޅަ ސުޕަ ކަޕްގެ ދެ ތަށި ކާމިޔާބު ކޮށްފި އެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި މިއަދު ކުޅުނު އަންހެން ފައިނަލްގައި އީގަލްސް ކްލަބް މޮޅުވީ ރާއްޖޭގެ ޗެމްޕިއަން ކުއީންސް ބީސީއާ ވާދަކޮށް 74-72 ޕޮއިންޓުންނެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، މި މެޗަށް ފަހު މިއަދު ރަސްމީކޮށް ކުޅުން ހުއްޓާލި ރާއްޖޭގެ ބާސްކެޓްބޯޅަ ލެޖެންޑް، ފާތިމަތު ރިޝްމާ އެވެ.
މުބާރާތުގެ ރައުންޑް ރޮބިން ބުރުގައި ކުއީންސް ވަނީ 56-50 ޕޮއިންޓުން އީގަލްސް ބަލިކޮށްފަ އެވެ. ރައުންޑް ރޮބިން ބުރުގެ އެއްވަނަ ހޯދީ ވެސް ކުއީންސް އެވެ. އީގަލްސް ފައިނަލަށް ދަތުރު ކުރީ ދެވަނަ ޓީމުގެ ގޮތުގަ އެވެ.
ލަންކާގެ އީގަލްސް ކްލަބްގެ އަންހެން ޓީމު ކުޅުންތެރިން ފައިނަލް މެޗަށް ފަހު.-- ފޮޓޯ: ސިޑިބަރި/ އެމްބީއޭ
ފިރިހެން ފައިނަލްގައި މިރޭ އީގަލްސް ކްލަބް މޮޅުވީ، ރެޑްވިންގްސް ބީސީއާ ވާދަކޮށް 77-71 ޕޮއިންޓުންނެވެ.
ފުރަތަމަ ކުއާޓަރުގައި ލީޑުގައި ނިންމާލި ނަމަވެސް ދެން ކުޅުނު ދެ ކުއާޓަރުގައި ރެޑްވިންގްސް އަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. ފަހު ކުއާޓަރުގައި އީގަލްސް އަށް މާ ބޮޑު ފުރުސަތެއް ނުދީ ރެޑްވިންގްސް އިން ހިތްވަރު ކުރި އެވެ. އެކަމަކު ތަފާތަކަށް ވީ އީގަލްސް އިން ފަހު ކުއާޓަރުގައި ހޯދި ހަ ޕޮއިންޓެވެ.
ރައުންޑް ރޮބިން ބުރުގައި އީގަލްސް ކްލަބާއި ރެޑްވިންގްސް ބައްދަލުކުރި މެޗު، އީގަލްސް ކާމިޔާބު ކޮށްފައި ވަނީ 101-96 ޕޮއިންޓުންނެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފެށި ސުޕަ ކަޕްގެ ފިރިހެން ޑިވިޝަނުގައި ލަންކާގެ އީގަލްސް ކްލަބާއި ރާއްޖޭގެ ރެޑްވިންގްސްގެ އިތުރުން ދެން ވާދަކުރީ ޓީރެކްސް ބީސީ އާއި ކިންގްސް ބީސީ އެވެ. އަދި އަންހެން ޑިވިޝަނުގައި އީގަލްސް އާއި ކުއީންސްގެ އިތުރުން އެލީޓް ސްޕޯޓްސް ބީސީ ވާދަކޮށްފައިވެ އެވެ.
އެމްބީއޭގެ ނިންމުންތަކަށް ޖީއެސް ނުފޫޒު ފޯރުވާ މައްސަލަ
ހުނަރާއި ފެންވަރު އެބަހުރި، ބޭނުންވަނީ ވަސީލަތް: ގުރޭ
ކިންގްސް ބަލިކޮށް ރެޑްވިންގްސް ސުޕަ ކަޕް ފައިނަލަށް
އީގަލްސް އަތުން ރެޑް ވިންގްސް ބަލިވީ ފަސް ޕޮއިންޓުން
ރާއްޖޭގެ ކުއީންސް އިން ލަންކާ އީގަލްސް ބަލިކޮށްފި
ބާސްކެޓްބޯޅަ ސީޒަން ފަށަން މިރޭ ހާއްސަ މެޗެއް
ފައިވް ނޭޝަންސް ކަޕް މާދަމާ، ރާއްޖޭގެ އަމާޒު ރަނަށް
ދެކުނު އޭޝިއާގެ ބާސްކެޓްބޯޅައިގެ ރައީސަކަށް އާދަމް
ކުޅިވަރުގެ މާސްޓާސްއާއެކު މޯޑް އުންމީދީ ޕްރޮޖެކްޓެއްގައި
ބޮޑުއަގުގައި ކުޅުންތެރިން ގެންގޮސް ބައުސް ވަރުގަދަކޮށްފި