Roadha Mihaaru
ވަގުތު ހަމަވެއްޖެ، ޓޮމްގެ އެޕީލާ މެދު ގޮތެއް ނުނިމޭ!

ވަގުތު ހަމަވެއްޖެ، ޓޮމްގެ އެޕީލާ މެދު ގޮތެއް ނުނިމޭ!

15 ޖެނުއަރީ 2024

އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރައްވާ ކުރީގެ އެ އެސޯސިއޭޝަންގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ގެ ކެންޑިޑެސީ ބާތިލް ކުރި މައްސަލަ އެޕީލް ކޮށްފައި ވާއިރު، އެޕީލާ މެދު ގޮތެއް ނިންމުމުގެ ވަގުތު ހަމަވި އިރު ވެސް އެ މައްސަލައިގައި ގޮތެއް ނިންމާފައި ނުވާ ކަމަށް ތޯރިގު ވިދާޅުވެއްޖެ އެވެ.

ތޯރިގު ވަނީ މިދިޔަ ހުކުރު ދުވަހު މައްސަލަ އިސްތިއުނާފް ކުރައްވައިފަ އެވެ. އަދި އިސްތިއުނާފާ މެދު ގޮތެއް ނިންމުމުގެ މުހުލަތު، މިއަދުގެ ހަވީރު 4 ޖެހިއިރު ވަނީ ހަމަވެފަ އެވެ. ނަމަވެސް މިހާތަނަށް އެޕީލާ މެދު ގޮތެއް ނިންމާފައެއް ނުވެ އެވެ.

"އެޕީލާ ގުޅޭ ގޮތުން އަދި ޖަވާބެއް ނުލިބޭ. ނެތް ކޮމިޓީއަކުން ދޭނީ ވެސް ކޮން ޖަވާބެއްތޯ؟" މިހާރު އިން ސުވާލު ކުރުމުން ތޯރިގު ވިދާޅުވި އެވެ.

އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީގެ ސައްހަ ކަމެއް ނެތް ކަން ފާހަގަ ކުރައްވައި ތޯރިގު ވަނީ މައްސަލަ ފީފާ އާއި އޭއެފްސީ އަށް ވެސް ހުށަހަޅައިފަ އެވެ.

އެފްއޭއެމް އިލެކްޓޯރަލް ކޯޑުގެ 4 ވަނަ މާއްދާގައި ބުނާގޮތުން އިލެކްޓޯރަލް ކޮމިޓީގެ މެންބަރުން ޖެހިޖެހިގެން ދެ ދައުރަށް އިންތިހާބު ކޮށްގެން ނުވާނެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ކޮންގްރެސްގައި ވަނީ އިލެކްޓޯރަލް ކޮމިޓީ އިތުރު ދައުރަކަށް އިންތިހާބު ކޮށްފަ އެވެ.

އޭއެފްސީ އަށް މައްސަލަ ހުށަހެޅިއިރު ތޯރިގް ވަނީ އިލެކްޓޯރަލް ކޮމިޓީގެ ޗެއާމަން، އަބްދުﷲ އަލީ ޖެހިޖެހިގެން ތިން ދައުރު ގަވައިދާ ހިލާފަށް މެންބަރުކަން ކޮށްފައިވާކަން ހާމަކުރައްވައިފަ އެވެ. އަދި ވައިސް ޗެއާމަން އަހްމީމް އަބްދުއްރައްޒާގާއި އަބްދުﷲ އަލީ ދެވަނަ ދައުރަކަށް އިލެކްޓޯރަލް ކޯޑާ ހިލާފަށް ކޮންގްރެސް އިން އިންތިހާބު ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.