Roadha Mihaaru
ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް

ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް

27 ޖެނުއަރީ 2024

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވޯޓުލުން ފަށައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވޯޓުލުން ފަށައިފި އެވެ.

އަންނަ މާޗު މަހު 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ އެ ކޯލިޝަންގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ފަށާފައިވަނީ 10:00ގަ އެވެ.

ޕީޕީއެމުން ބުނި ގޮތުގައި 73 ދާއިރާއެއްގެ ވޯޓުލުން މިއަދު ކުރިއަށްދާ ކަމަށާއި އެކި ދާއިރާތަކުން 283 ކެންޑިޑޭޓުން ވާދަކުރާ ކަމަށެވެ. ވޯޓުލުން ކުރިއަށް ގެންދާނީ ހެނދުނު 10:00 އިން ހަވީރު 5:00 އަށެވެ.

މި އިންތިހާބުގައި 71،597 މީހުންނަށް ވޯޓުލެވޭނެ ކަމަށް ޕީޕީއެމުން ބުންޏެވެ.

ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި މާލޭގައި ވޯޓުލުން ކުރިއަށް ދަނީ. ޖުމްލަ 73 ދާއިރާއެއްގެ ވޯޓުލުން އޮންނަ އިރު، ދާއިރާތަކުން 283 ކެންޑިޑޭޓުން ވާދަކުރޭ. ވޯޓުލުން ކުރިއަށް ގެންދާނީ މިއަދު ހެނދުނު 10:00 އިން ހަވީރު 5:00 އަށް. --ފޮޓޯ: ނިޝާން އަލީ | މިހާރު

ޕީޕީއެމުން ބުނީ މާލޭގައި ވޯޓުލާ ރަށްރަށުގެ މީހުން ވޯޓުފޮށިތައް ހުންނާނީ ހެންވޭރު ދަނޑުގައި ކަމަށެވެ. އަދި މާލެ ސަރަހައްދުގެ މީހުންގެ ވޯޓުފޮށިތައް ހުންނާނީ ކަލާފާނު ސްކޫލާއި ޖަމާލުއްދީން ސްކޫލާއި ތާޖުއްދީން ސްކޫލާއި ވިލިމާލެ ޔޫތު ސެންޓަރާއި ކާމިލްދީދީ ސްކޫލް އަދި ރެހެންދި ސްކޫލްގައި ކަމަށް އެ ޕާޓީން ބުންޏެވެ.

ރަށްރަށުގައި ވޯޓު ފޮށިތައް ބަހައްޓާފައިވަނީ ކެންޑިޑޭޓުން އެއްބަސްވާ ތަނެއްގަ އެވެ.

ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި އެއް ކެންޑިޑޭޓަކު ކުރިމަތި ދާއިރާތަކުން 13 ބޭފުޅަކަށް މިހާރު ވަނީ ޓިކެޓް ކަށަވަރުވެފަ އެވެ.

އޭގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަކުރައްވާ މާމިގިލީ ދާއިރާ އާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ އިތުރުން އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް ވާދަކުރައްވާ މީދޫ ދާއިރާއަށް ޕީއެންސީން ވާދަނުކުރަން ވަނީ ނިންމައިފަ އެވެ.

ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި މާލޭގައި ވޯޓުލުން ކުރިއަށް ދަނީ. ޖުމްލަ 73 ދާއިރާއެއްގެ ވޯޓުލުން އޮންނަ އިރު، ދާއިރާތަކުން 283 ކެންޑިޑޭޓުން ވާދަކުރޭ. ވޯޓުލުން ކުރިއަށް ގެންދާނީ މިއަދު ހެނދުނު 10:00 އިން ހަވީރު 5:00 އަށް. --ފޮޓޯ: ނިޝާން އަލީ | މިހާރު

ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި މާލޭގައި ވޯޓުލުން ކުރިއަށް ދަނީ. ޖުމްލަ 73 ދާއިރާއެއްގެ ވޯޓުލުން އޮންނަ އިރު، ދާއިރާތަކުން 283 ކެންޑިޑޭޓުން ވާދަކުރޭ. ވޯޓުލުން ކުރިއަށް ގެންދާނީ މިއަދު ހެނދުނު 10:00 އިން ހަވީރު 5:00 އަށް. --ފޮޓޯ: ނިޝާން އަލީ | މިހާރު

ޕީއެންސީގެ ޕްރައިމަރީއަށް ކުރިމަތިލެއްވި ބައެއް ކެންޑިޑޭޓުންގެ ފޯމް ބަލައިނުގަތުމަށް މީގެކުރިން ނިންމި އެވެ. އެއީ ޕާޓީއަށް ހިދުމަތްކުރި މިންވަރު މަދުވުމާއި ޕާޓީ ބައިބައިކޮށް ފިތުނަ އުފައްދަން މަސައްކަތް ކުރި ކަމަށް ބުނެ އެވެ. ނަމަވެސް، އެ ނިންމުމާ އެކު ބައެއް ކެންޑިޑޭޓުންނާއި އާންމު މެންބަރުންގެ ކަންބޮޑުވުންތަކާ އެކު އެ ނިންމުން ބަދަލުކޮށް ހުރިހާ ކެންޑިޑޭޓުންނަށް ވާދަކުރަން ފުރުސަތު ދިނެވެ.

އެކަމަކު ބައެއް ކެންޑިޑޭޓުން ވަނީ ދެން ވާދަނުކުރަން ނިންމައި ނަން އަނބުރާ ނަގައިފަ އެވެ. ނަމަވެސް، ޕީއެންސީން ބުނެފައިވަނީ އެކަމުގެ ސަބަބުން ދެ ޕާޓީއަށް ވެސް އެއްވެސް އަސަރެއް ކޮށްފައިނުވާ ކަމަށެވެ.