ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ތައާރަފުކުރި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބުނު ކަމަށް ކަނޑައެޅި ގިނަ ބައެއްގެ ޝަރުތު ހަމަނުވާ މައްސަލައިގައި ކަމާ ބެހޭ މުއައްސަސާތަކާ އެކު މަޝްވަރާކޮށް ގޮތެއް ނިންމުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓަރު އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.
06 ފެބުރުއަރީ 2024
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ތައާރަފުކުރި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބުނު ކަމަށް ކަނޑައެޅި ގިނަ ބައެއްގެ ޝަރުތު ހަމަނުވާ މައްސަލައިގައި ކަމާ ބެހޭ މުއައްސަސާތަކާ އެކު މަޝްވަރާކޮށް ގޮތެއް ނިންމުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓަރު އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.
އޮޅުވާލައިގެން ގިނަ ބަޔަކަށް ފްލެޓް ދިން މައްސަލައިގައި ދެން އަމަލުކުރާނެ ގޮތަކާ ގުޅިގެން ސުވާލުކުރުމުން ހައުސިން މިނިސްޓަރު އަލީ ހައިދަރު، "މިހާރު" އަށް ވިދާޅުވީ އޭސީސީގެ ތަހުގީގުން މައްސަލަ އުޅޭކަން ފާހަގަވާތީ އެ ކޮމިޝަނާއި އެޓާނީ ޖެނަރަލް އަދި ސަރުކާރުގެ އެހެން މުއައްސަސާތަކާ އެކު މަަޝްވަރާކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެކަމުގައި ގޮތެއް ނިންމާނީ އޭގެ ފަހުގައި ކަމަށް ހައިދަރު ވިދާޅުވި އެވެ.
ހައިދަރު ވިދާޅުވި ގޮތުގައި ފްލެޓް ލިސްޓު ބާތިލުކުރުމުގެ ވިސްނުމެއް އަދި ނެތެވެ.
އެ ފްލެޓްތައް ލިބުނު މީހުންގެ ދާއިމީ ލިސްޓު އާންމުކުރީ މިދިޔަ ސަރުކާރު ނިމެން ދެ ދުވަހަށް ވެފައި އޮއްވަ އެވެ. ނުހައްގުން ފްލެޓް ދޫކުރަން އުޅޭ ކަމުގެ ޝަކުވާތައް ބަޔަކު އޭސީސީއަށް ހުށަހެޅުމުން އެ ފްލެޓްތައް ހަވާލުކުރުން ހުއްޓާލުމަށް ހަމަ އެ ދުވަހު ވަނީ ހައުސިން މިނިސްޓްރީއަށް އަންގައިފަ އެވެ.
ގާތްގަނޑަކަށް ދެ މަސް ދުވަހުގެ ތަހުގީގަށް ފަހު އޭސީސީއަށް ފާހަގަކުރެވުނު ކަންކަމުގެ މައުލޫމާތު ދޭން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުން ބުނީ އެ ސްކީމުގެ ދަށުން ދޫކުރާ ފުރަތަމަ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. ޝަރުތު ހަމަވާ ބާކީ ފޯމުތަކުގެ ތެރެއިން އެއްވެސް މައްސަލައެއް ނެތީ އެންމެ 20.7 ޕަސެންޓް ފޯމުގަ އެވެ. އަނެއް 19.7 ޕަސެންޓަކީ ވެސް ޝަރުތު ހަމަވެ، މައުލޫމާތުގެ ފުށުއެރުންތަކެއް ހުރި ފޯމުތަކެކެވެ.
ތިން ކޮޓަރި އާއި ދެ ކޮޓަރީގެ އެ ފްލެޓްތަކަށް ޝަރުތު ހަމަނުވާ ގިނަ ބަޔަކަށް މަކަރާއި އޮޅުވާލުމުގެ ތެރެއިން ފްލެޓް ދޫކުރިއިރު އޭސީސީން ބުނީ ކުރީ ސަރުކާރުގައި ފްލެޓް ކަންކަމުގައި އުޅުނު ބައެއް މީހުން ވެސް އެ މަސައްކަތުން އެކަހެރިކުރަން މިނިސްޓްރީއަށް މިހާރު އަންގާފައިވާ ކަމަށެވެ. އަދި އެކަމުގެ ޖިނާއީ ތަހުގީގެއް ހިންގުމުގެ މަސައްކަތް ކުރާ ކަމަށް ވެސް ބުންޏެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި ހިންގި ބޯހިޔާވަހިކަމުގެ އެ މަޝްރޫއުއަށް އެދި 20،697 ފޯމު ހުށަހެޅިއިރު އޭގެ ތެރޭގައި ޝަރުތު ހަމަވާ 18،167 ފޯމު އޮތެވެ.
ގިނަ ބަޔަކަށް މަކަރާއި އޮޅުވާލުމުގެ ތެރެއިން ފްލެޓް ދިން މައްސަލާގައި އާންމުން ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޝަރުތު ހަމަނުވާ ލިސްޓް އާއްމުކުރުމާ މެދު ގޮތެއް ނުނިމޭ
ފްލެޓް ލިބުނު 60 ޕަސެންޓް މީހުން ޝަރުތު ހަމަނުވޭ
ފްލެޓްތަކުގެ މައްސަލާގައި ދައުވާކުރުމާމެދު މަޝްވަރާކުރަނީ
4،000 ފްލެޓް ނިމޭނީ އަންނަ އަހަރު: ހައުސިން
ދައުރުވަމުން ދާ ފްލެޓް ލިސްޓު ސައްހައެއް ނޫން: އޭސީސީ
ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީ ސިއްރުކޮށްފި
ޕޯޓަލް މިނިސްޓްރީއަށް ދީފި،އެކަމަކު އަދިވެސް ނުވަދެވޭ!
އޭސީސީގެ ފްލެޓް ލިސްޓް ކުރީގެ ފްލެޓް ކޮމިޓީއަށް ދެނީ
ފްލެޓް ލިސްޓު ބާތިލެއް ނުކުރަން: މިނިސްޓްރީ
މައްސަލަ ނެތް ފްލެޓްތަކުގެ ލިސްޓެއް މިނިސްޓްރީއަށް