Roadha Mihaaru
ސަރުކާރު ޖަވާބުދާރީ ނުކުރެވޭނަމަ ނިކަމެތިވާނެ: ފައްޔާޒު

މަޖިލީހުގައި ސަރުކާރު ޖަވާބުދާރީކުރުވާނެ ބަޔަކު ނެތިއްޔާ ރައްޔިތުން ނިކަމެތިވެދާނެ: ފައްޔާޒު

12 ފެބުރުއަރީ 2024

ކުރިއަށް އޮތީ ދަތި ދުވަސްވަރަކަށް ވާނެ ކަމަށާއި އެހެންވެ، ސަރުކާރު ޖަވާބުދާރީކުރުވާނެ ބަޔަކު މަޖިލީހުގައި ނެތްނަމަ ރައްޔިތުން ވަރަށް ބޮޑަށް ނިކަމެތިވާނެ ކަމަށް، މިހާރު ހިނގަމުންދާ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ފޯމު ހުށަހެޅުމަށް ދަރުބާރުގޭގައި ހުންނަވައި، ފައްޔާޒު ވިދާޅުވީ ނިމިދިޔަ ފަސް އަހަރު އެ ޕާޓީން ވެރިކަން ކުރީ ކޮވިޑް އަދި އޭގެ ފަހުން ރަޝިއާ-ޔޫކްރެން ހަނގުރާމައިގެ ސަބަބުން ކުރިމަތިވި މާލީ ދަތިތަކުގެ ތެރޭގައި ކަމަށެވެ.

ނަމަވެސް، ރައްޔިތުންނަށް ދަތިނުވާ ގޮތަށް ތަރައްގީގެ މަޝްރޫއުތައް ވެސް ހުއްޓުމެއް ނެތި ކުރިއަށް ގެންދިޔައީ ވިސްނުންތެރިކަމާ އެކު އަދި އެހެން ގައުމުތަކާ ގާތް ގުޅުމެއް ބާއްވައިގެން ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ގައްދޫ ދާއިރާއަށް ވާދަކުރައްވާ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ އެމްޑީ ސައީދުގެ ފޯމް، އީސީގެ ރައީސް ފުއާދު (ކ) އަށް ހަވާލުކުރައްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެކަމަކު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ފެނުނީ، އެމްޑީޕީން ބުނި ގޮތުގައި، ރާއްޖެއާ އެންމެ ގާތް ގުޅުން ބާއްވާ ގައުމަށް ޒާތީގޮތުން ޖައްސާލި ތަނެވެ. އެ ސަބަބުތަކާ ހެދި މި ސަރުކާރުގެ މާލީ ހާލަތާ މެދު ވަރަށް ކަންބޮޑުވާކަން ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން ތިބިއިރު ވެސް ފަސޭހައިން އޮތް ކަމެއް ނޫން އެއީ. އަޅުގަނޑަށް ފެންނަނީ ކުރިއަށް އޮތް ދުވަސްތަކުގައި އުނދަގޫ ދަތި ހާލަތަކަށް ރައްޔިތުން ދާތަން. މަޖިލީހުގައި ސަރުކާރަށް ޖަވާބުދާރީ ކުރުވަން، ސަރުކާރާ އިދިކޮޅު ބައެއް ނެތް ކަމަށް ވަންޏާ ރައްޔިތުން ވަރަށް ބޮޑަށް ނިކަމެތިވެގެން ގޮސްދާނެ،" ކުރީގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒު ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓަކު، އީސީއަށް ފޯމު ހުށަހަޅަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓަކު، އީސީއަށް ފޯމު ހުށަހަޅަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"އަޅުގަނޑުމެންނަށް މަޖިލީހުގެ މެޖޯރިޓީ އޮތް ކަމަށް ވަންޏާ މި ނާގާބިލް ސަރުކާރަށް އަޅުގަނޑުމެންގެ މަޖިލިސްގެ ތެރެއިން ވެސް ގާބިލްކަން ގެނެވޭނެ، މަސައްކަތް ވެސް ކުރެވޭނީ އޭރުން."

އޭނާ ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ މި ސަރުކާރަށް މި ވީ ދެ މަސް ދުވަހުގެ ތެރޭގައި ސަރުކާރަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށެވެ. ރައްޔިތުން ކަންބޮޑުވާ ތަން ފެންނަ ކަމަށާއި ރައީސް ވެވަޑައިގެންނެވި ވައުދުތައް ވެސް އަނެއް ކޮޅަށް ވާހަކަފުޅުދައްކަވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

މަޖިލީހުގެ 93 ދާއިރާއެއްގެ ތެރެއިން ނިލަންދޫ އަދި އޭދަފުށީ ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާއަކަށް ވަނީ އެމްޑީޕީގެ ކެންޑިޑޭޓުން ކުރިމަތިލައިފަ އެވެ. އެއް ކެންޑިޑޭޓަށް ވުރެ ގިނަވުމުން އޭގެ ތެރެއިން ޕްރައިމަރީ ބާއްވާފައިވަނީ 40 ދާއިރާގަ އެވެ.