ވާދަވެރި ގދ. ގައްދޫ ދާއިރާ، ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދާއި އަދި މިހާރު ވެސް އެ ދާއިރާގެ ގޮނޑި ފުރުއްވާ އެންމެ ނުފޫޒު ގަދަ މެމްބަރު އަހުމަދު ޒާހިރު ބަލިކޮށް، ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު އަލީ، މިއަދު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ކާމިޔާބުކުރައްވައިފި އެވެ.
21 އެޕްރީލް 2024
ވާދަވެރި ގދ. ގައްދޫ ދާއިރާ، ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދާއި އަދި މިހާރު ވެސް އެ ދާއިރާގެ ގޮނޑި ފުރުއްވާ އެންމެ ނުފޫޒު ގަދަ މެމްބަރު އަހުމަދު ޒާހިރު ބަލިކޮށް، ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު އަލީ، މިއަދު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ކާމިޔާބުކުރައްވައިފި އެވެ.
އެ ދާއިރާއަށް ހަތަރު ކެންޑިޑޭޓަކު ވާދަކުރެއްވި އެވެ. އެއީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ މުހައްމަދުގެ އިތުރުން އެމްޑީޕީގެ ޓިކެޓުގައި ނުކުންނެވި ސައީދާއި ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރެއްވި އަހުމަދު ޒާހިރު އަދި އަމިއްލަ ޓިކެޓުގައި ވާދަކުރެއްވި އަހުމަދު ޝަހުބާދެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އަށް ބޮޑުބޭބެ ވިދާޅުވާ މުހައްމަދު އެ އިންތިހާބު ކާމިޔާބުކުރެއްވީ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މުހައްމަދު 906 އަށް ވުރެ ގިނަ ވޯޓު ހޯއްދެވި އެވެ. އޭނާއާ ދެން ވާދަކުރެއްވި ސައީދަށް ހޯއްދެވުނީ 767 ވޯޓެވެ.
ގައްދޫ ދާއިރާގެ ގޮނޑި ކުރިން ފުރުއްވި ގައްދޫ ޒާހިރުގެ ދަރިކަލުން އަދި ނުފޫޒު ވެސް ގަދަ އަހުމަދު ޒާހިރަށް ކާމިޔާބު ކުރެއްވުނީ 386 ވޯޓެވެ. އަދި ޝަހުބާދަށް ލިބުނީ 364 ވޯޓެވެ.
ސައީދަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވީ، އޭނާގެ އުފަން ރަށް، ވާދޫންނެވެ. އެ ރަށުން ސައީދަށް 260 ވޯޓު އަދި މުހައްމަދަށް 104 ވޯޓު ލިބިވަޑައިގެންނެވި އެވެ.
އެއީ 8 ފޮއްޓަކުން ލިބުނު ނަތީޖާ އެވެ. ނަތީޖާ ނުލިބޭ އެހެނިހެން ދާއިރާތައް ހިމެނެ އެވެ. ނަމަވެސް، އެ ފޮށިތަކަށް ވޯޓު ލީ މީހުންގެ އަދަދު، މިހާރު އެންމެ ކުރީގައި އުޅުއްވާ ދެ ބޭފުޅުންގެ ވޯޓުގެ ފަރާގަށް ވުރެ މަދުވުމުން، އެ ގޮނޑި މުހައްމަދު ވަނީ ކަށަވަރު ކުރައްވައިފަ އެވެ.
ހުޅުމާލޭގެ ގޮނޑިތައް ދެއްވަދޫގެ އެއް އާއިލާއަށް
މަޖިލިސް ސަރުކާރަށް، ރައްޔިތުން މި ބުނަނީ ކީކޭ؟
ހިތްހަމަނުޖެހުނަސް އެމްޑީޕީއަށް ތާއީދު ނުކުރަން އެދިއްޖެ
ސަފީރަކު އެދޭގޮތަށް ހިންގަން ފުރުސަތުނުދީ: ރައީސް
"އަނިޔާވެރިއެއް ނުވާނަން، އެކަމަކު އިންސާފުވެރިވާނަން"
މެޖޯރިޓީ ހޯދަން އެދޭތީ ރައީސްގެ ސުވާލެއް އެމްޑީޕީއަށް!
އިންތިހާބު ރޯދަމަހުގެ ފަހުން ބާއްވަން ފާސްކޮށްފި
ޓިކެޓު އޮތަސް، އެހެން މީހުންނަށް ކެމްޕެއިންކުރާ ޝަކުވާ
އިސްތިއުފާ ދިނުމުގެ ވިސްނުމެއް މި ވަގުތު ނެތް: ފައްޔާޒު
ބޮޑު ދެ އިންތިހާބުން އެމްޑީޕީ ބަލިވި ސަބަބު ބަލަނީ!