Roadha Mihaaru
ނަސްރުގެ މެރަތަން 100 އާގާތަށް، 95 ތުރުކީގައި

ނަސްރުގެ މެރަތަންގެ އަދަދު 100 އާ ގާތަށް، 95 ތުރުކީގައި

18 ފެބުރުއަރީ 2024

ރާއްޖޭން އެންމެ ގިނަ މެރަތަންގައި ވާދަކުރި ދުވުންތެރިޔާ ނަސްރުﷲ އަހްމަދު (ނަސްރު) ގެ މެރަތަންގެ އަދަދު 100 އާ ގާތަށް ގެންގޮސްފި އެވެ.

ރާއްޖޭން އެންމެ ގިނަ މެރަތަންގައި ވާދަކުރި ދުވުންތެރިޔާ ނަސްރުﷲ އަހްމަދު (ނަސްރު) ގެ މެރަތަންގެ އަދަދު 100 އާ ގާތަށް ގެންގޮސްފި އެވެ.

މާލޭގައި 1999 ގައި ބޭއްވި އެމްޓީސީސީ މެރަތަންއިން، މެރަތަންގެ ރޭހަށް ނުކުތް ނަސްރުއަށް ދެން އެންމެ އަވަހަށް އޮތީ އޭނާގެ 95 ވަނަ މެރަތަން އެވެ.

ތުރުކީގެ އަނަޓޯލިޔާގައި އަންނަ މަހު ތިންވަނަ ދުވަހު ބާއްވާ މެރަތަންގައި ވާދަކުރަން، އޭނާ ދަނީ މިހާރު ތައްޔާރުވަމުންނެވެ.

ނަސްރުގެ އެންމެ ބޮޑު ޓާގެޓަކީ މި އަހަރު އޭނާގެ 100 ވަނަ މެރަތަން ފުރިހަމަ ކުރުމެވެ. އޭނާ ބުނީ 100 ވަނަ މެރަތަންގައި ދުވާނީ ޓޯކިޔޯ ނުވަތަ ލަންޑަންގެ ތެރެއިން ކޮންމެ ވެސް އެއް މެރަތަންއެއްގައި ކަމަށެވެ. ސަތޭކަވަނަ މެރަތަންގައި އޭނާ އާއެކު ދުވަން ބޭނުންވާ ދިވެހިންނަށް މެރަތަންގެ ތަމްރީންތައް ފޯރުކޮށް ދޭން، ލޯންގް ޑިސްޓެންސްގެ ދުވުންތެރިންނަށް ކޯޗުކަން ވެސް ކޮށްދޭ ނަސްރު ކުރިން ވަނީ އިއުލާންކޮށްފަ އެވެ.

ނަސްރު އާއި އޭނާގެ އަންހެން ދަރިފުޅު، ކުރިން އޭނާ ވާދަ ކުރި 94 ވަނަ މެރަތަންގެ މެޑަލް ހާއްސަ ކުރީ ދަރިފުޅަށް

ނަސްރު އާއި އޭނާގެ އަންހެން ދަރިފުޅު، ކުރިން އޭނާ ވާދަ ކުރި 94 ވަނަ މެރަތަންގެ މެޑަލް ހާއްސަ ކުރީ ދަރިފުޅަށް

އޭނާ ކޯޗުކޮށްދޭ ދުވުންތެރިންގެ ތެރިން، ޝަމްހާ އަހުމަދު އަތުގައި ރާއްޖޭގެ މެރަތަން އަދި ހާފް މެރަތަންގެ އިތުރުން ލޯންގް ޑިސްޓެންސްގެ ގިނަ ރެކޯޑްތަކެއް އެބައޮތެވެ. ރާއްޖޭގެ ފިރިހެނުންގެ ހާފް މެރަތަންގެ ރެކޯޑް އޮތީ ވެސް ނަސްރުގެ އެހެން ދުވުންތެރިޔެއް ކަމަށްވާ ޔޫސުފް އިބްރާހިމް އަތުގަ އެވެ.

މެރެތަންގައި ނަސްރުގެ އެންމެ ހާއްސަ އަހަރަކީ 2018 އެވެ. އެ އަހަރު އޭނާ ވަނީ 13 މެރަތަންގައި ވާދަކޮށް އެ ހުރިހާ މެރެތަންއެއް ވެސް ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ނިންމައިފަ އެވެ. އޭނާގެ އެންމެ ކާމިޔާބު މެރަތަންއަކީ 2020 ގައި އިންޑިއާގައި ބޭއްވި ހިންދުސްތާން މެރަތަން އެވެ. އެމެރަތަންއިން އޭނާ ވަނީ އެއްވަނަ ހޯދާފަ އެވެ.