Roadha Mihaaru
ފުލުހުންގެ ތަރުޖަމާނަކަށް ޝިފާން ހަމަޖައްސައިފި

ފުލުހުންގެ ތަރުޖަމާނަކަށް ޝިފާން ހަމަޖައްސައިފި

18 ފެބުރުއަރީ 2024

ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު ހަމަޖައްސައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު ހަމަޖައްސައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ޝިފާން ވަނީ ފުލުހުންގެ ތަރުޖަމާނުގެ މަގާމު އަދާކުރައްވައިފަ އެވެ.

ފުލުހުން ބުނީ ސްޕޯކްސްޕާސަންގެ މަގާމް ޝިފާން ހަމަޖެއްސީ އޭނާ މިހާރު އަދާކުރައްވަމުން ގެންދަވާ މަގާމުގެ މަސްއޫލިއްޔަތުގެ އިތުރުން ކަމަށެވެ. އޭނާ މިހާރު ހުންނެވީ ޕޮލިސް ކޮމިޝަނަރުގެ އޮފީހުގެ ހެޑުގެ ގޮތުގަ އެވެ.

މި ވެރިކަން ބަދަލުވެ ޝިފާން އެ މަގާމަށް އައްޔަންކުރުމުގެ ކުރިން ހުންނެވީ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް (އައްޑޫ ޕޮލިސް އެކަޑަމީ) ހިންގެވުމާ ހަވާލުވެ އެވެ.