މޯލްޑިވިއަން އިން ކޮލަމްބޯއަށް ދަތުރުތައް ފަށަން ނިންމައިފި އެވެ.
29 ފެބުރުއަރީ 2024
މޯލްޑިވިއަން އިން ކޮލަމްބޯއަށް ދަތުރުތައް ފަށަން ނިންމައިފި އެވެ.
ގައުމީ އެއާލައިން މޯލްޑިވިއަން ހިންގަމުން އަންނަ އައިލެންޑް އޭވިއޭޝަނުން ނެރުނު ބަޔާނުގައި ބުނީ، ކޮލަމްބޯގެ ބަންޑާރަނައިކް އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަ އޭޕްރީލް 25 އިން ފެށިގެން ދަތުރުތައް ކުރަން ފަށާނެ ކަމަށެވެ.
އެ އެއާލައިންގެ ދަތުރުތަކާ އެކު ދެ ގައުމަށް ވެސް ވަރަށް ބޮޑު ފައިދާތަކެއް ކުރާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.
އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ، ކޮލަމްބޯ އާއި ރާއްޖެއާ ދެމެދު ދަތުރުތައް ކުރުމަށް ވަރަށް ގިނަ ދުވަހު މަސައްކަތްތަކެއް ކުރެވުނު ކަމަށާއި، ކޮލަމްބޯއަށް މޯލްޑިވިއަން އިން ކުރާ ދަތުރުތަކާ އެކު ދެ ގައުމުގެ ވިޔަފާރިތަކާއި ޓޫރިޒަމަށް ވެސް ބޮޑު ފައިދާއެއް ކުރާނެ ކަމަށެވެ.
ކޮލަމްބޯއަށް ދަތުރު ކުރުމަށް މިއަދުން ފެށިގެން ޓިކެޓް ގަނެވޭނެ ކަމަށް އެ އެއާލައިނުން ބުންޏެވެ. މޯލްޑިވިއަންގެ ވެބްސައިޓުންނާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް އަދި އޮފީހަށް ގޮސްގެން ވެސް ޓިކެޓް ބުކް ކުރެވޭނެ އެވެ.
މޯލްޑިވިއަނުން ކޮންމެ ހަފްތާއަކު ދެ ފްލައިޓު ކޮލަމްބޯއަށް ބާއްވަން ވަނީ ނިންމައިފަ އެވެ. އެއީ ކޮންމެ ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަހު އެވެ.
އައިލެންޑް އޭވިއޭޝަނުން ބުނި ގޮތުގައި، ދަތުރުތައް ޝެޑިއުލްކޮށްފައިވަނީ ވިޔަފާރިތަކާއި އާންމުންނަށް ވެސް އެންމެ ފަސޭހަވާނެ ގޮތަކަށް ބަލައިގެންނެވެ. އަދި މޯލްޑިވިއަންގެ 16 ޑޮމެސްޓިކް އެއާޕޯޓު މެދުވެރިކޮށް ވެސް ލަންކާއަށް ދަތުރުކުރާ ފަރާތްތަކަށް ކަނެކްޓިން ފްލައިޓުތައް ހަމަޖައްސައިދޭނެ ކަމަށް ވެސް އައިލެންޑް އޭވިއޭޝަނުން ބުނެފައިވެ އެވެ.
މޯލްޑިވިއަން އިން ލަންކާއަށް ދަތުރުތައް ކުރާނީ އެއާބަސް އޭ320 މަތިންދާ ބޯޓުންނެވެ. އެ އެއާލައިނުން އަންނަނީ އިތުުރު އެއާބަސް ބޯޓުތައް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.
މިވަގުތު އެ އެއާލައިންގެ ފްލީޓުގައި 14 ބޯޓު އެބަ އޮތެވެ. އޭގެ ތެރޭގައި އެއާބަސް އޭ320 މަރުކާގެ އެއް ބޯޓާއި އޭޓީއާރްގެ ދެ ބޯޓު ވެސް ހިމެނެ އެވެ. ބާކީ ހުރީ ޑޭޝް މަރުކާގެ ބޯޓުތަކެވެ.
ދިވެހި ހައްޖުވެރިންގެ ދަތުރުތައް ގައުމީ އެއާލައިނުން
މޯލްޑިވިއަންގެ ދެވަނަ ޑޭޝް-8 ބޯޓު ވިއްކާލަނީ
އާމްދަނީ ތިން ބިލިއަނަށް އަރުވައި، ބޮޑު ބަދަލަކަށް
އެއާބަސް އޭ330 ގެ ފުރަތަމަ ދަތުރު ޗެންގްޑޫއަށް
އެމްޑީޕީން 5.6މިލިއަން ނުދީގެން މޯލްޑިވިއަނުން ކޯޓަށް
މޯލްޑިވިއަނުން ލަންކާ ދަތުރުތައް މެދުކަނޑާލައިފި
މޯލްޑިވިއަނުން ލަންކާއަށް އަލުން ދަތުރުތައް ފަށަނީ
މީހުން ގެނެސްދެނީ ވިޔަފާރިއަކަށް ނޫން: މޯލްޑިވިއަން
ލަންކާގައި ނާދެވި ތިބި 100 ދިވެއްސަކު ގެނެސްފި
ލަންކާގެ ޓިކެޓެއް 4،626ރ. އަށް، ކޮޗިން4،086