Roadha Mihaaru
1000ރ.ގެ ނޫޓު ބޭރު މީހުންގެ ސަމާލުކަމަށް

1000ރ.ގެ ޗާލު ނޫޓު ބޭރު މީހުންގެ ސަމާލުކަމަށް

09 މެއި 2024

ދިވެހި ރުފިޔާގެ 1،000ރ. ގެ ނޫޓަށް ބޭރު މީހުންގެ ސަމާލުކަން ވަރަށް ބޮޑަށް ލިބިިއްޖެ އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ދިވެހި ރުފިޔާގެ 1،000ރ. ގެ ނޫޓަށް ބޭރު މީހުންގެ ސަމާލުކަން ވަރަށް ބޮޑަށް ލިބިިއްޖެ އެވެ.

ޗުއްޓީ އަށް ރާއްޖެ އަންނަ ޓޫރިސްޓުންގެ މެދުގައި މި ނޫޓުގެ މަގުބޫލުކަން މިހާރު ވަރަށް ބޮޑެވެ. ބައެއް މީހުން މި ނޫޓުގެ ފޮޓޯ އާއި ވީޑިއޯ ނަގައި ޓިކްޓޮކާއި އިންސްޓަގްރާމްގައި ވަރަށް ގިނައިން ޝެއާކުރެ އެވެ. އެ މީހުންނަށް ބޮޑަށް ކަމުދަނީ މި ނޫޓުގެ ޑިޒައިނެވެ.

ބައެއް މީހުން ބުނެފައި ހުރި ގޮތުގައި، ފައިސާ ނޫޓަކުން މިހާ ރީތި ޑިޒައިނެއް އަދި ނުދެކެ އެވެ.

މި ވީޑިއޯތަކަށް 3-2 މިލިއަނުން ވިއުސް ވެސް ލިބިފައި އެބަހުއްޓެވެ.

ދިވެހި ރުފިޔާގެ 1،000ރ. ގެ ނޫޓުގެ އެއްފުށުގައި އިންނަނީ ފެހުރިހީގެ ކުރެހުމެކެވެ. އަދި އަނެއްފުށުގައި އިންނަނީ ވެލައެކެވެ. ޕޮލިމާގައި ޕްރިންޓުކޮށްފައި ހުންނަ މި ނޫޓުގައި ބޭނުންކޮށްފައި ވަނީ ނޫ ކުލައިގެ އެކި ޝޭޑުތަކެވެ.

ރާއްޖޭގައި ކަރުދާސް ނޫޓް ބޭނުންކުރުން ހުއްޓާލައި "ރަންދިހަފަހެއް" ސީރީޒްގެ ޕޮލިމާ ނޫޓުތައް ބޭނުންކުރަން ފެށީ 2015 ގަ އެވެ. އެ އާ ނޫޓް ސީރީޒްގައި ހިމެނެނީ 5، 10، 20، 50، 100، 500 އަދި 1،000 ރުފިޔާގެ ނޫޓްތަކެވެ.

@caroline_thio Il più bel souvenir che puoi prendere dalle Maldive ?? #beachvibes #beachaesthetic #surfvibes #maldives ♬ original sound - Bella ꩜

"ރަންދިހަފަހެއް" ނޫޓްގެ ޑިޒައިން ހޮވާފައި ވަނީ އެކަމަށް ބޭއްވި މުބާރާތަކުންނެވެ. އެ މުބާރާތް ކާމިޔާބުކޮށް މި ނޫޓުތަކުގެ ޑިޒައިން ކުރެހީ ދިވެހި ޒުވާނެއް ކަމަށްވާ އަބްދުﷲ ނަޝާތު އެވެ. އެ ނޫޓުތައް ޑިޒައިންކޮށްފައި ވަނީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި މާހައުލުގެ ހިތްގައިމުކަން ވަރަށް ބޮޑަށް ފެންނާނެ ގޮތަށެވެ.