Roadha Mihaaru
ސިޔާސީ އިސްލާހީ މަސައްކަތުގައި އަސްލަމް ދެމިހުންނަވާނެ

މަޖިލީހުގައި ނެތަސް ސިޔާސީ އަދި އިސްލާހީ މަސައްކަތުގައި ދެމިހުންނާނަން: އަސްލަމް

13 މެއި 2024

ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ދައުރުގައި މަޖިލީހުގައި އިންނެވުމުގެ ފުރުސަތު ލިބިވަޑައިގެންފައިނުވިޔަސް، ސިޔާސީ އަދި އިސްލާހީ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ދައުރުގައި މަޖިލީހުގައި އިންނެވުމުގެ ފުރުސަތު ލިބިވަޑައިގެންފައިނުވިޔަސް، ސިޔާސީ އަދި އިސްލާހީ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު ކަން ކުރައްވާ އަސްލަމަކީ މަޖިލީހުގައި 19 ވަނަ މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ މެންބަރުންގެ ތެރެއިން ބޭފުޅެކެވެ. މިދިޔަ ނޮވެމްބަރު މަހުން ފެށިގެން މަޖިލީހުގެ ރައީސްކަން ކުރައްވަމުން ގެންދަވާ އަސްލަމް ވަނީ މަޖިލީހުގައި ހަތަރު ދައުރު ފުރިހަމަ ކުރައްވާފައިފަ އެވެ.

ފަސް ވަނަ ދައުރަަށް އެ ދާއިރާއަށް ވާދަކުރެއްވިޔަސް، އަސްލަމަށް ކާމިޔާބުވެފައިނުވެ އެވެ.

މި ދައުރުގެ ފަހު ޖަލްސާ ނިންމާލައްވަމުން އަސްލަމް ވިދާޅުވީ، ހަތަރު ދައުރަށް ފަހު މަޖިލީހުން ނުކުމެވަޑައިގެންނެވިޔަސް، އަބަދުވެސް ދެމި ހުންނަވާނީ ސިޔާސީ މަސައްކަތުގައި ކަމަށެވެ.

މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް: އޭނާއަކީ މި ދައުރުގައި ހުންނެވި އެންމެ ގިނަ ދުވަސްވީ އެއް މެންބަރު -- ފޮޓޯ؛ ނިޝާން އަލީ/ މިހާރު

މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް: އޭނާއަކީ މި ދައުރުގައި ހުންނެވި އެންމެ ގިނަ ދުވަސްވީ އެއް މެންބަރު -- ފޮޓޯ؛ ނިޝާން އަލީ/ މިހާރު

އަދި، އަބަދުވެސް ގަބޫލުކުރައްވަމުން ގެންދެވި ހަމަތަކާއި އުސޫލުތައް ކުރިއަރުވައި، އިންސާނީ ހައްގުތައް ރާއްޖޭގައި ކަށަވަރުކުރުމަށް ކުރެވުނު މަސައްކަތްތަކާއި ވެރިކަމެއް ރާއްޖޭގައި އަށަގެންނެވުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށެވެ.

"މީގެ އިތުރުން ޑިމޮކްރެސީގެ ރަނގަޅު ހަމަތައް ރާއްޖޭގައި ގާއިމްކުރުމަށް އެތައް ޒަމާނުއްސުރެ ރާއްޖޭގައި ކުރަމުން އަންނަ އިސްލާހީ މަސައްކަތުގައި ދެމިހުންނާނެ ކަމުގެ ވާހަކަ ދަންނަވަން،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވަނީ 2005 ވަނަ އަހަރު މަޖިލީހުގެ ފުރަތަމަ ދައުރަށް ހޮވައިދިން އައްޑޫގެ ރައްޔިތުންނާއި އޭގެ ފަހުން އައި ތިން ދައުރުގައި ދާއިރާގެ ރައްޔިތުން ކުރި އިތުބާރަށް ޝުކުރު އަދާކުރައްވައިފަ އެވެ.

މީގެ އިތުރުން އެމްޑީޕީގެ ލީޑާޝިޕުން ދީފައިވާ އެހީތެރިކަމާއި އެއްބާރުލުން ވެސް އަސްލަމް ފާހަގަކުރެއްވި އެވެ. އަސްލަމް ވަނީ ނިމުނު ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓުގެ ގޮތުގައި ވާދަކުރައްވައިފަ އެވެ.

މި މަހުގެ 28 ގައި ހުވާ ކުރައްވާ އާ މަޖިލީހަށް، ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވާފައިވަނީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު ސިނާން (ސިނާ) އެވެ.