ގާ ހުދުވުމުގެ މައްސަލަ ބޮޑުވަމުންދާތީ ބިން ހިއްކުމާއި ފަޅު ފުން ކުރުމުގެ ހުރިހާ މަޝްރޫއުތަކެއް ވަގުތީ ގޮތުން މަޑުޖައްސާލަން އެންގިއަސް، ހިއްކައިގެން ބޮޑު ރިސޯޓެއް ހިއްކުމުގެ މަޝްރޫއެއް ނުހުއްޓި ކުރިއަށް ދާ ކަން އެނގިފައިވާ ކަމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.
21 މެއި 2024
ގާ ހުދުވުމުގެ މައްސަލަ ބޮޑުވަމުންދާތީ ބިން ހިއްކުމާއި ފަޅު ފުން ކުރުމުގެ ހުރިހާ މަޝްރޫއުތަކެއް ވަގުތީ ގޮތުން މަޑުޖައްސާލަން އެންގިއަސް، ހިއްކައިގެން ބޮޑު ރިސޯޓެއް ހިއްކުމުގެ މަޝްރޫއެއް ނުހުއްޓި ކުރިއަށް ދާ ކަން އެނގިފައިވާ ކަމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.
އެ އެޖެންސީގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް "މިހާރު" އަށް ވިދާޅުވީ ގިނަ އަދަދަކަށް ގާ ހުދުވަމުންދާ ކަމަށް ރިޕޯޓް ލިބެމުންދާތީ މި މަހުގެ 9 އިން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް، ބައެއް މަޝްރޫއުތައް ހުއްޓާލަން އެންގުމުން ވަރަށް ގިނަ ކުންފުނިތަކުން މަސައްކަތްތައް ހުއްޓާލި ކަމަށެވެ.
އެކަމަކު، އެ އެންގުމާ ހިލާފަށް ބައެއް ފަރާތްތަކުން މަޝްރޫއުތައް ކުރިއަށްގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެނގިފައިވާ ގޮތުގައި، އަމިއްލަ ކުންފުންޏަކުން ދަނީ މާލެ އަތޮޅު ދެކުނު ފަރާތުގައި ބިން ހިއްކުމާއި ފަޅު ފުންކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެކަމަކު އެއީ ކޮން ރިސޯޓެއް ކަމެއް ނުބުނެ އެވެ.
ގާ ހުދުވުމުގެ މައްސަލަ ބޮޑުވުމުން ވަގުތީ ގޮތުން ތިން ފިޔަވަޅެއް އަޅަން ވަނީ ނިންމައިފަ އެވެ. އެއީ؛
1. ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން ބިން ހިއްކުމާއި ފަޅު ފުންކުރުން ވަގުތީ ގޮތުން ހުއްޓާލުން
2. ބިން ހިއްކުމާއި ފަޅު ކޮނުމާއި ގޮނޑުދޮށަށް ވެލި އެޅުމާއި ޕަމްޕް ބޭނުން ކޮށްގެން ވެލި ނެގުމާއި ފަރުމަތީގައި ހޮޅި އަދި ކޭބަލް އެޅުމުގެ އިތުރުން ބަންޑުވޯލް ޖެހުން އަދި މިނޫނަސް މެޝިން ބޭނުންކޮށްގެން ފަރުމަތީގައި މަސައްކަތް ކުރުން މަޑުޖައްސާލުން
3. މިހާރު ހިނގަމުންދާ މަޝްރޫއުތަކާއި މަސައްކަތްތައް ކުރުމަށް އަންނަ މަހުގެ 10 ވަނަ ދުވަހުގެ ފަހުން އެ މަސައްކަތްތަކުގެ ތާވަލް މުރާޖާ ކުރުން
Our teams are actively conducting coral bleaching surveys in MPAs and addressing the noncompliance reports related to dredging and reclamation activities. pic.twitter.com/2O1U4ffTte
— EPA Maldives (@EPAMaldives) May 21, 2024
ރާއްޖޭގެ ފަރުތަކުން ފުޅާ ދާއިރާއެއްގައި ގާ ހުދުވުމުގެ ހާދިސާއެއް ފުރަތަމަ ފަހަރަށް 1998 ގައި ފާހަގަ ކުރެވުނު ފަހުން އެފަދަ ހާދިސާތައް ދޭތެރެއިން ދަނީ ފެންނަމުންނެވެ. އޭގެފަހުން އެންމެ ބޮޑަށް ގާ ހުދުވެފައި ވަނީ 2016 ވަނަ އަހަރު އެވެ.
ގާ ހުދުވުމުގެ މައްސަލަ އެންމެ ރަނގަޅަށް ދިރާސާ ކުރުމަށް ފަހު 2016 ވަނަ އަހަރު ނެރުނު ރިޕޯޓުގައިވާ ގޮތުން، އެ އަހަރު ރާއްޖޭގެ 73 ޕަސެންޓް މުރަކަ ހުދުވި އެވެ.
މި ފަހުން ވެސް، ގާ ހުދުވުމުގެ މައްސަލަ ނުރައްކާތެރި ދަރަޖައަކަށް އަރަމުން ދާތީ، އެކަމަށް ފިޔަވަޅުތަކެއް އަޅަން މެރިން ރިސާޗް އިންސްޓިޓިއުޓުން މި މަހުގެ ކުރީކޮޅު އެދުނެވެ.
ފިޝަރީޒް އެންޑް އޯޝަސް ރިސޯސަސް މިނިސްޓްރީގެ ދަށުން ހިންގާ އިންސްޓިޓިއުޓުން ބުނީ ފަޅު ފުންކުރުމާއި ބިން ހިއްކުމާއި ބީޗް ނަރިޝިން ފަދަ ކަންކަމަކީ ފަރުތަކަށް ބާރުބޮޑުވާނެ މަސައްކަތްތައް ކަމަށެވެ. އެހެންވެ، އެފަދަ ކަންކަން ވަގުތީ ގޮތުން މަޑުޖައްސާލަން އެދުނެވެ.
އެ މައްސަލަތަކާ ހެދި އީޕީއޭއިން މިހާރު އަންނަނީ ހިމާޔަތްކޮށްފައިވާ ކަނޑުގެ ދިރުން ހިމެނޭ ސަރަހައްދުތަކުގެ ސާވޭއެއް ހަދަމުންނެވެ. ގުދުރަތީ މުއްސަނދިކަމާއި ތަފާތު ސިފަތައް ލިބިފައިވާ 100 އަށްވުރެ ގިނަ ތަން ހިމާޔަތްކޮށްފައި ހުއްޓަސް، އޭގެ ތެރެއިން ސާވޭ ކުރާނީ ބައެއް ތަންތަނުގަ އެވެ.
އީޕީއޭގެ އެންގުމަށް ސަރުކާރުން އަމަލުކުރާނެ: މިނިސްޓަރު
ތިމާވެށީގެ ޖޫރިމަނާތައް ނުދައްކާ ވިޔަފާރިތައް ހުއްޓުވަނީ
ތިމާވެށީގެ ޖޫރިމަނާތަކުން 825 މިލިއަން ރުފިޔާ ނުލިބޭ
އީޕީއޭ މިނިވަންކުރުމުގެ ވިސްނުމެއް އަދި ނެތް: ތޯރިގް
އީޕީއޭއިން އެޅި ފިޔަވަޅުތަކަށް މަޓީން މަރުހަބާ ކިޔައިފި
ބިންހިއްކުމާއި ފަޅު ފުންކުރުން މަޑުޖައްސާލަން އަންގައިފި
ވެލި ނެގުމުގެ ގަވައިދު ބަދަލުކުރީ 2014 ގައި
ވެލި ނެގުމަށް ހުއްދަ ދެވޭ ގޮތް ބަދަލުކޮށްފި
ދިރޭ ތަކެއްޗާ މެދު އަމަލުކުރާނެ ގޮތުގެ އުސޫލެއް
ރަސްފަރި ފަރުގައި މުރަކަ އިންދުމުގެ މަސައްކަތް ފަށައިފި