Roadha Mihaaru
ޗެމްޕިއަންސް ލީގު ފައިނަލް ބަލަން ފުރުސަތު ލިބުނު ފަރާތް ހޮވައިފި

ޗެމްޕިއަންސް ލީގު ފައިނަލް ބަލާލުމުގެ ފުރުސަތު ލިބުނު ފަރާތް ބީއެމްއެލް އިން ހޮވައިފި

22 މެއި 2024

ބީއެމްއެލްގެ މާސްޓަ ކާޑު ބޭނުން ކުރާ ކަސްޓަމަރުންނަށް ހުޅުވާލި ޗެމްޕިއަންސް ލީގު ބަލާލަން ދެވޭ، ހާއްސަ ޕްރޮމޯޝަންގެ އިނާމު ލިބޭ ފަރާތް ހޮވައިފި އެވެ.

ބީއެމްއެލްގެ މާސްޓަ ކާޑު ބޭނުން ކުރާ ކަސްޓަމަރުންނަށް ހުޅުވާލި ޗެމްޕިއަންސް ލީގު ބަލާލަން ދެވޭ، ހާއްސަ ޕްރޮމޯޝަންގެ އިނާމު ލިބޭ ފަރާތް ހޮވައިފި އެވެ.

އިނާމު ލިބުނު ފަރާތަކީ އައްޑޫ މަރަދޫ، މުހައްމަދު މުހުދިން އެވެ. އޭނާ އަށް އުމުރުން 8-12 އަހަރާ ދެމެދުގެ ކުއްޖަކު، ފައިނަލް މެޗުގެ މެސްކޮޓުގެ ދަށުން ދަނޑަށް ގެންދިއުމުގެ ފުރުސަތު ލިބެ އެވެ. އެ ފުރުސަތު މުހުދިން ދިނީ އޭނާގެ ކޮއްކޮ، އިބްރާހިމް ޒައިން ޒިޔާދެވެ.

އެ ޕްރޮމޯޝަނުގެ ދަށުން ލިބޭ އިނާމުގެ ގޮތުގައި މުހުދިން އާއި ޒާއިން އަށް ހުރިހާ ހަރަދަކާ އެކު ލަންޑަންގައި ހަތަރު ދުވަހަށް ހުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އެގޮތުން ލަންޑަން ދެކޮޅު ޓިކެޓް، އެކޮމޮޑޭޝަން، ޔޫއެފާ ޗެމްޕިއަންސް ލީގް ފައިނަލް މެޗުގެ ދެކޮޅު ޓިކެޓް، ޕޮކެޓް މަނީ އަދި ވެލްކަމް ގިފްޓެއް ލިބޭނެ އެވެ.

އެ ޕްރޮމޯޝަންގައި މާސްޓާކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރިޕެއިޑް ކާޑު ބޭނުންކޮށްގެން ރާއްޖެ އާއި ރާއްޖޭން ބޭރުގައި ކުރާ ހުރިހާ މުއާމަލާތްތަކެއް ހިމެނުނެވެ.

މާސްޓަ ކާޑަކީ ޔޫއެފްއާ ޗެމްޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސަރެވެ. ބީއެމްއެއް އަކީ ރާއްޖޭގައި މާސްޓަކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. ބީއެމްއެލްއިން އަންނަނީ ރާއްޖޭގައި މާސްޓަ ކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ދޫކުރަމުންނެވެ.