03 އޯގަސްޓް 2024
ބީއެމްއެލް އިން ޕޭރޯލް އާއި ބަލްކް ޓްރާންސްފާ ކުރުމަށް އިންޓަނެޓް ބޭންކިން އަދި ފަވަރަ ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.
ބީއެމްއެލް އިން ޕޭރޯލް އާއި ބަލްކް ޓްރާންސްފާ ކުރުމަށް އިންޓަނެޓް ބޭންކިން އަދި ފަވަރަ ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.
ބޭންކުން ސޯޝަލް މީޑިއާގައި ބުނީ ބޮޑެތި އަދަދުތަކުން ޖަމާކުރުމަށް ދެން ރިކުއެސްޓް ކުރަން ޖެހޭނީ ކުރިން ވެސް އެކަން ކުރަމުން އައި ގޮތަށް، އީމެއިލް މެދުވެރިކޮށް ކަމަށެވެ. ބޭންކުން ބުނީ [email protected] އަށް މެއިލް ރިކުއެސްޓް ފޮނުވުމުން މުސާރަ އާއި ބޮޑެތި އަދަދުތައް ޖަމާކުރުން ޕްރޮސެސް ކުރާނެ ކަމަށެވެ.
We have temporarily stopped instant processing of payroll and bulk transfers via BML Internet Banking as well as bulk transfers via Favara.
— Bank of Maldives (@bankofmaldives) August 3, 2024
We will continue to accept bulk and payroll processing requests sent via email to [email protected]
ބީއެމްއެލް ޓްވީޓް
ބީއެމްއެލް އިން މި ބަދަލު ގެނައީ މިދިޔަ މަހުގެ މުސާރަ ޖަމާކުރި އިރު ލިލީ ބީޗްގެ ބައެއް މުވައްޒަފުންގެ އެކައުންޓަށް 77 ބިލިއަން ޑޮލަރަށްވުރެ ގިނައިން ޖަމާވި މައްސަލަޔަށް ފަހުގަ އެވެ. ބޭންކުން ކުރިން ބުނެފައިވާ ގޮތުގައި އެގޮތަށް ވިޔަސް އެއްވެސް ފައިސާއެއް ގެއްލިފައެއް ނުވެ އެވެ. އެ ހުރިހާ ޓްރާންސެކްޝަންތަކެއް ވަނީ ރިވާސްކޮށްފަ އެވެ.
މި މައްސަލާގައި އެ ބޭންކަށް މާލީ ގޮތުން އެއްވެސް ގެއްލުމެއް ވެފައި ނުވާ ކަމަށާއި މިކަން މެދުވެރިވީ ޕޭރޯލް ހެދުމުގައި ގެންގުޅުނު ބަލްކް ޕޭމަންޓް ސިސްޓަމަށް ގެނައި ބަދަލެއްގެ ސަބަބުން ހެދުނު ގޯހެއްގައި ކަމަށް ބުންޏެވެ.
ބީއެމްއެލްގެ ސީއީއޯ ކާލްސްޓުމްކަ އިސްތިއުފާ ހުށަހަޅައިފި
ބީއެމްއެލްއަށް އޮޅިގެން ފައިސާ އިތުރަށް ޖަމާވެއްޖެ
ބީއެމްއެލް އެޕް ތިން ގަޑިއިރަށް ޑައުންވެއްޖެ
ބީއެމްއެލްގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި
ބީއެމްއެލް އިން ހިއްސާއަކަށް 50ރ. ބަހަނީ
ޗެމްޕިއަންސް ލީގު ފައިނަލް ބަލަން ފުރުސަތު ލިބުނު ފަރާތް ހޮވައިފި
ބީއެމްއެލްއިން "ބޭންކް ފަންޑު" ހުޅުވައިފި
ބީއެމްއެލްއަށް އިތުރު 66،000 އެކައުންޓު!
ބީއެމްއެލްގެ ހިއްސާއަކަށް 50ރ. ބަހަން ހުށަހަޅަނީ
ކާލްގެ އަމާޒު: ކަސްޓަމަރުން ލޯބިވާ ބޭންކަކަށް ހެދުން