Roadha Mihaaru
ގެނބުނު މީހަކު ސަލާމަތް ކުރަން ފޭބި މީހަކު މަރުވެއްޖެ

ގެނބުނު ޓޫރިސްޓަކު ސަލާމަތް ކުރަން އުޅުނު ދިވެއްސަކު މަރުވެއްޖެ

23 މެއި 2024

ގެނބުނު ޓޫރިސްޓަކު ސަލާމަތް ކުރަން ފޭބި ދިވެއްސަކު މަރުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ގެނބުނު ޓޫރިސްޓަކު ސަލާމަތް ކުރަން ފޭބި ދިވެއްސަކު މަރުވެއްޖެ އެވެ.

އެ ހާދިސާގައި މަރުވެފައި ވަނީ އައްޑޫ ހިތަދޫ ފައިސަލް، 39، އެވެ.

ފުލުހުން ބުނީ، އދ. ސެންޓަރާ ރިސޯޓުގައި މޫދަށް އެރި އުޅުނު ޓޫރިސްޓެއް ގެނބިގެން އެ މީހާ ސަލާމަތްކުރަން މޫދަށް ފޭބި މީހަކު ގެނބިގެން މިއަދު 11 ޖަހާކަން އެހާކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ މީހާއަށް ދަނގެތީ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ހާދިސާގައި ގެނބުނު ޓޫރިސްޓުގެ ހާލު ރަނގަޅު ކަމަށެވެ.

މޫސުން ގޯސްވެ، ފާއިތުވި ތިން ދުވަހު މެޓުން ވަނީ ރާއްޖޭގެ އެކި ހިސާބަށް އޮރެންޖް އެލާޓް ނެރެފަ އެވެ. ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ފަސް ދުވަހު ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓުން މީގެ ކުރިން ބުނެފައި ވެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ދަތުރުކުރުމުގައި ގިނަ ކަންކަމަށް ސަމާލުކަމަށް ދިނުމަށް ފުލުހުން އިއްޔެ ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި މި ދުވަސްވަރު ކަނޑު ގަދަވުމުން ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނުކުރުމަށް ވެސް ވަނީ އެދިފަ އެވެ. ދަތުރުކުރަން ޖެހުނަސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި ކުދި އުޅަނދުތަކުގައި ދަތުރުނުކުރުމަށް ޕޮލިހުން އެދިފައިވެ އެވެ.

އޭގެ އިތުރުން ފަޅު ރަށްރަށާއި ފިނޮޅު ފަދަ ތަންތަނަށް ދަތުރު ނުދިއުމަށާއި މޫދަށް ނޭރުމަށް ވެސް ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ.