ކ. މަހާނައެޅި ހުރާގައި ރިހިވެލި ރިސޯޓު ހިންގަން ސޭވް ދަ ޑްރީމާއެކު، އެ ރަށުގެ ލީޒް ހޯލްޑަރު މަހަލް ޓުއާސް އިން ހެދި ސަބްލީޒް އެއްބަސްވުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މަހަލް އިން ބާތިލުކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ހުކުމް ކުރުމާ އެކު، މަހަލް އިން އިއްޔެ އެ ރަށާ ހަވާލުވެއްޖެ އެވެ.
08 ސެޕްޓެމްބަރ 2021
ކ. މަހާނައެޅި ހުރާގައި ރިހިވެލި ރިސޯޓު ހިންގަން ސޭވް ދަ ޑްރީމާއެކު، އެ ރަށުގެ ލީޒް ހޯލްޑަރު މަހަލް ޓުއާސް އިން ހެދި ސަބްލީޒް އެއްބަސްވުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މަހަލް އިން ބާތިލުކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ހުކުމް ކުރުމާ އެކު، މަހަލް އިން އިއްޔެ އެ ރަށާ ހަވާލުވެއްޖެ އެވެ.
ނަމަވެސް ސޭވް ދަ ޑްރީމްގެ ފަރާތުން އެ ރަށުގައި ހުރި ކެޓީ ކާލްބް ވަނީ ރަށުން ފޭބުމަށް ދެކޮޅު ހަދައިފައި އެވެ.
އެ މައްސަލައިގައި މިދިޔަ އަންގާރަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ސޭވް ދަ ޑްރީމަށް ނުވަތަ އެ ކުންފުނީގެ އެއްވެސް ހިއްސާދާރަކަށް ވެސް މާހަލްގެ ހުއްދަ ނެތި ރިސޯޓުގައި ނުތިބެވޭނެ ކަމަށާއި އެ ތަނުން މަންފާ ހޯދުމުގެ ހައްގު ނޯންނާނެ ކަމަށެވެ. އެހެންވެ، މަހަލްގެ ހިއްސާދާރުން ވަނީ އިއްޔެ ރިހިވެއްޔަށް ގޮސް އެތަނުން ފްރާންސްގެ ސޭވް ދަ ޑްރީމްގެ މީހުން ބޭރުކުރަން މަަސައްކަތް ކޮށްފަ އެވެ.
އެކަމަކު ރަށުން ފޭބުމަށް އެ މީހުން ދެކޮޅު ހެދުމުން މައްސަލަ ބޮޑުވި އެވެ. ދެ ބައި މީހުންގެ މެދުގައި މައްސަލަ ބޮޑުވެ ޒުވާބުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުވި އެވެ.
ކޯޓު ހުކުމާ އެކު މަހަލް އިން ރިހިވެއްޔާ ހަވާލުވެފައިވާއިރު، އެ ތަނުގައި ތިބި ސޭވް ދަ މޯލްޑިވްސްގެ މީހުން ވީ އެންމެ އަވަހަކަށް ބޭރުކުރުމަށް މަހަލް އިން ބޭނުންވެ އެވެ. އެކަމަކު، ސޭވް ދަ މޯލްޑިވްސްގެ ފަރާތުން އެ ރަށުގައި ހުރި، ފްރާންސްގެ ކެޓީ ކާލްބް ރަށުން ފޭބުމަށް ދެކޮޅު ހަދާތީ އޭނާގެ ވަކީލު އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހުސިން އެކަމުގެ މަޝްވަރާ އަށް ރިސޯޓަށް ވަޑައިގަތް ނަމަވެސް އޭނާ އެ ރަށަށް އަރާވަޑައިގަތުމުގެ ހުއްދަ މަހަލް އިން ނުދިނެވެ.
ރިހިވެލި ރިސޯޓުގައި ސޭވް ދަ މޯލްޑިވްސްއާ އެކު މަޝްވަރާކުރަނީ--
އެންމެ ފަހުން މުހުތާޒު ފުލުހުންނަށް ގުޅުމުން ރޭގެ ވަގުތެއްގައި ފުލުހުންގެ ޓީމެއް ރަށަށް ގޮސްފައިވާ ކަމަށް "މިހާރު" އަށް އެނގިފައިވެ އެވެ. ފުލުހުން ދިޔައީ އެކަމުގެ މަޝްވަރާ ފަސޭހަ ގޮތެއްގައި ކުރެވޭނެ މަގު ފަހިކޮށްދިނުމަށެވެ. އެތަނުގައި އެއްވެސް ހަމަނުޖެހުމެއް މިހާތަނަކަށް ނުހިނގަ އެވެ.
މަހަލް އިން ކުރިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ސޭވް ދަ ޑްރީމްއާ އެކުވި އެއްބަސްވުން ބާތިލު ކުރީ އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ ހެޑްލީސް ރެންޓާއި ސަބްލީސް ރެންޓު ނުދެއްކުމުންނެވެ. ހެޑްލީސް ރެންޓުގެ ގޮތުގައި 323،188 ޑޮލަރު އަދި ސަބްލީސް ރެންޓުގެ ގޮތުގައި އެއް މިލިއަން ޑޮލަރު އަދިވެސް ނުދައްކައި އެބަ އޮތް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
ހެޑްލީސް ރެންޓު ނުދެއްކުމުން މީރާ އިން ނޯޓިސް ފޮނުވަމުން ގޮސް އެންމެ ފަހުން "ރެޑް ނޯޓިސް" ވެސް ފޮނުވާފައިވާ ކަމަށާއި ރަށް ވީރާނާވެ، އިމާރާތްތަކާއި ޖެޓީތައް ވެއްޓޭ ހިސާބަށް ގޮސް ނަރުދަމާ އާއި އަލިފާން ނިއްވާ ނިޒާމު ހަލާކުވުމާއި އިންޝުއަރެންސާ ނުލައި ރަށް ހިންގުމާއި މުވައްޒަފުންނަށް އެތައް މަހެއް ވަންދެން މުސާރަ ނުދީ ހުރުމާއި ތިމާވެއްޓަށް ނޭދެވޭ އަސަރުކުރާ ފަދަ ކަންކަން ކުރިމަތިވެފައިވާ ކަމަށް މަހަލް އިން ބުނެ އެވެ.
ނަމަވސް މަހަލް ޓުއާސް އިން އެއްބަސްވުން ބާތިލުކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކުރުމަށް ސޭވް ދަ ޑްރީމުން ވަނީ ހުށަހަޅައިފަ އެވެ. އަދި އެ މައްސަލައާ އެކު ސިވިލް ކޯޓުގެ ހުކުމް ތަންފީޒުކުރުން ފަސް ކުރުމުގެ އަމުރެއް ވެސް ނެރުމަށް ވެސް މިދިޔަ އާދިއްތަ ދުވަހު އެދިފައިވެ އެވެ.
ސިވިލް ކޯޓުން މަހަލްއާ އެއްކޮޅަށް ހުކުމް ކުރުމުން މި މަހުގެ 2 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީން ވަނީ ރިހިވެލި ހިންގަން ދޫކުރި އެއްބަސްވުން ބާތިލުކޮށްފަ އެވެ.
ކެތީ އެންމެ ފަހުން ރިހިވެލި ދޫކޮށް ފުރައިފި
ރިހިވެލި އަތުލަން ބަޔަކު އެރުމުން ބޮޑު ހަމަނުޖެހުމެއް
ބުދުތައް ނަގަން ފަސް ގަޑިއިރުގެ މުހުލަތެއް ދީފި
ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ ނުފެނޭ
ފުލުހުންގެ ޕްރޮމޯޝަން ހުއްޓުވަން ހައިކޯޓުން އަމުރުނުދިން
އިމިގްރޭޝަނަށް ފިލަން 60 ބިދޭސީން މަޑުއްވަރީއަށް
ހިޖާމާގެ ހިދުމަތް ހުއްޓުވި މައްސަލާގައި ފަޒީލާ ކޯޓަށް
ހެވީލޯޑް ރަށްތައް ވިއްކުން މަޑުޖައްސާލަން އަންގައިފި
ފަނަރަ ދުވަހަށް ޓޯކުރި ސައިކަލް ހޯދަން ތިން އަހަރު
ލޯނު ނުދެއްކުމުން ދޮޅިޔަދޫ ވިއްކާލަން އަންގައިފި