Roadha Mihaaru
ވިއްސާރާގައި ލަންކާއިން 26 މީހުން މަރުވެއްޖެ

ވިއްސާރާގައި ލަންކާއިން 26 މަރު؛ ސިފައިން އެހީވާން ނުކުމެއްޖެ

05 ޖޫން 2024

ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެންދިއުމުގެ ހާދިސާތަކުގައި ސްރީ ލަންކާއިން 26 މީހުން މަރުވުމާ އެކު، އާންމުންނަށް އެހީވާން ސިފައިން ނުކުތުމަށް އަމުރުކޮށްފި އެވެ.

ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެންދިއުމުގެ ހާދިސާތަކުގައި ސްރީ ލަންކާއިން 26 މީހުން މަރުވުމާ އެކު، އާންމުންނަށް އެހީވާން ސިފައިން ނުކުތުމަށް އަމުރުކޮށްފި އެވެ.

ޖޫނިއާ ޑިފެންސް މިނިސްޓަރު ޕްރިމިތާ ޓެނާކޫން، ގާނޫނު ހަދާ މަޖިލީހުގައި ވިދާޅުވީ 26 މީހުން މަރުވުމުގެ އިތުރުން 42 މީހަކު ޒަހަމް ވެސް ވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ 25 ޑިސްޓްރިކްޓުގެ ތެރެއިން 23 ޑިސްޓްރިކްޓެއްގައި ފެން ބޮޑުވުމުގެ ސަބަބުން 130،000 މީހަކު ގެދޮރު ދޫކޮށް ދާންޖެހިފައިވާ ކަމަށެވެ.

"އެހީގެ މަސައްކަތަށް ސިފައިން މިހާރު ވާނީ ނެރެފައި،" ޓެނާކޫން ވިދާޅުވި އެވެ. "އެހީގެ ސާމާނު ބޯޓުތަކުގައި މި ދަނީ އުފުލަމުން."

ސްރީ ލަންކާގައި ފެން ބޮޑުވެފައިވާ މަގެއްގައި ކުދިންތަކެއް ކެނޯ ދުއްވަނީ. -- ފޮޓޯ: އޭއެފްޕީ

ސްރީ ލަންކާގައި ފެން ބޮޑުވެފައިވާ މަގެއްގައި ކުދިންތަކެއް ކެނޯ ދުއްވަނީ. -- ފޮޓޯ: އޭއެފްޕީ

ސްރީ ލަންކާ އާއި ދަނޑުވެރިކަމުގެ އިތުރުން ފެނުން ކަރަންޓު އުފެއްދުމަށް ވެސް ވާރެއަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމެކެވެ. ނަމަވެސް މޫސުމަށް އަންނަމުންދާ ބަދަލުތަކާ އެކު ވާރޭ ވެހުން އިތުރުވެ ނުރައްކާ ބޮޑުވާނެ ކަމުގެ އިންޒާރު ތަޖުރިބާކާރުން އަންނަނީ ދެމުންނެވެ.

ސްރީ ލަންކާގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ވާރޭ ވެހުން މަދުވާނެ ކަމަށް ލަފާކުރެވުނު ކަމުގައި ވިޔަސް ފެން ބޮޑުވުމުގެ ބިރު ފިލައިގެން ނުދާނެ ކަމަށް ބުނެފަ އެވެ. މިހާރު ވެސް ތިރި ސަރަހައްދުތައް އޮތީ ފެނު އަޑީގަ އެވެ. -- އޭއެފްޕީ