މަޑުމަޑުން ދަތުރުކުރާ ބާރުގަދަކޮޅިގަނޑެއް ސްރީ ލަންކާއަށް އަރައި ފެން ބޮޑުވެ ހަތަރު ކުއްޖަކު ގެނބިގެން މަރުވެއްޖެ އެވެ.
މަޑުމަޑުން ދަތުރުކުރާ ބާރުގަދަކޮޅިގަނޑެއް ސްރީ ލަންކާއަށް އަރައި ފެން ބޮޑުވެ ހަތަރު ކުއްޖަކު ގެނބިގެން މަރުވެއްޖެ އެވެ.
ލަންކާގެ ކަމާބެހޭ އިދާރާތަކުން ބުނީ ބޯ ވާރޭގެ ސަބަބުން ކުއްލިއަކަށް ފެން ބޮޑުވުމުގެ ސަބަބުން މިހާތަނަށް 250،000 މީހަކު، ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވާ ކަމަށެވެ.
ބޭ އޮފް ބެންގަލްގެ ހުޅަނގު ދެކުނުގައި އުފެދިފައިވާ މި "ޑީޕް ޑިޕްރެޝަން" އުތުރަށް، އިންޑިއާގެ ޓެމިލް ނާޑޫ ސްޓޭޓާ ދިމާލަށް މަޑުމަޑުން ދަތުރުކުރަމުން ދާއިރު އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ބުނީ "ސައިކްލޯނިކް ސްޓޯމް" އަކަށް ވެސް ބަދަލުވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.
އިންޑިއާގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ހޮނިހިރު ދުވަހުގެ ހެނދުނު އިންޑިއާގެ ދެކުނުގެ ޓެމިލް ނާޑޫ އާއި ޕުޑުޗެރީގެ އައްސޭރިފަށަށް ތޫފާން އަރާނެ ކަމަށް ލަފާކުރެވެނީ "ޑީޕް ޑިޕްރެޝަނެއް" ގެ ގޮތުގައި ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 70 ކިލޯމީޓަރުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ.
ސްރީ ލަންކާގެ ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުން ބުނީ ކޮޅިގަނޑުގެ ސަބަބުން ވެހުނު ބޯ ވާރޭގައި ފެން ބޮޑުވެ 276،000 އެއްހާ މީހުން ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ. ސަރުކާރުން ވަނީ ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ސިފައިން ނުކުތުމަށް ވެސް އެދިފަ އެވެ.
ޑިޒާސްޓާ ސެންޓަރުން ބުނީ ދެ ކުއްޖަކާއި ދެ ފިރިހެނުން ގެއްލިގެން ހޯދުމުގެ މަސައްކަތް ސާޗް ޓީމުތަކުން އަދިވެސް ކުރަމުން އަންނަ ކަމަށާއި އެ މީހުން ގެއްލުނީ އެއްޗެއްގެ މަތީގައި ތިއްބާ ފެންގަނޑު ތެރެއަށް ދަމައިގަނެގެން ކަމަށެވެ.
ދެކުނު އޭޝިއާގެ އެކި ގައުމުތަކުގައި ވާރޭވެހުމާ ގުޅިގެން ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމަކީ އާންމު ކަމެއް ނަމަވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެފަދަ ހާދިސާތައް އިތުރުވެ އަދި އެ ކަންކަމުގެ ސީރިއަސްކަން ބޮޑުވަމުންދާ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
ލަންކާގައި ދިވެހިން އުޅޭ 11 ގެއަކަށް ގެއްލުންވެއްޖެ
ފެން ހިންދާ ޕަމްޕް 72 ރަށަކަށް ފޮނުވައިފި
ވިއްސާރައިގެ ގެއްލުންތަކުން ރައްކާތެރިވާން އޮޕަރޭޝަނެއް
މާލޭގެ ގޭގޭގައި ނަޖިސް ލީކުވެ ދިރިއުޅުމަށް ދަތިވެއްޖެ
ފެންބޮޑުވާނެ ކަމަށް ލަފާކޮށް ހުވަދުއަށް އޮރެންޖު އެލާޓް
ހަ ރަށެއްގައި ފެން ބޮޑުވެގެން ސިފައިން ހަރަކާތްތެރިވަނީ
ބޯވާރޭގައި މުޅި މާލެ ފެންބޮޑުވެއްޖެ
މާލެއަށް އިއްޔެ 89 މިލިމީޓަރުގެ ވާރޭ ވެހުނު
މާލޭގައި ބަރު ވެހިކަލް ނުދުއްވަން އެދިއްޖެ
ބޯ ވިއްސާރާގައި މާލޭގެ މަގުތަކުގައި ފެންބޮޑުވެއްޖެ