ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަވަށްޓެރި އިންޑިއާއާ އެކު ވެފައިވާ ތިން އެއްބަސްވުމެއްގެ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން މިއަދު ނިންމައިފި އެވެ.
10 ޖޫން 2024
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަވަށްޓެރި އިންޑިއާއާ އެކު ވެފައިވާ ތިން އެއްބަސްވުމެއްގެ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން މިއަދު ނިންމައިފި އެވެ.
އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ހުށަހެޅުއްވީ މިދިޔަ ސަރުކާރުން ރާއްޖޭގެ މިނިވަންކަމާއި ސިޔާސަދަތަށް އަސަރު ކުރާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ވިދާޅުވެ، އެފަދަ މައްސަލަތައް ބަލަން ޕާލިމެންޓްރީ އިންކްއަރީއެއް ހަދާށެވެ.
އޭނާ އެންމެ ފުރަތަމަ ހުށަހެޅުއްވީ ޖުމްލަ ގޮތެއްގައި މިދިޔަ ސަރުކާރުގައި ހިންގާފައިވާ ކަމަށް ތުހުމަތުވާ އެފަދަ ހުރިހާ ކަމެއް ބެލުމަށެވެ. ނަމަވެސް، ފަހުން ބައެއް މެންބަރުން ވަނީ ބަލަން ބޭނުން ވަނީ ވަކިވަކި ކޮން މައްސަލަތަކެއް ކަން ކޮމިޓީ އަށް ސާފުކޮށްދޭން ޖެހޭނެ ކަން ފާހަގަކުރައްވައިފަ އެވެ.
އެހެންވެ އަޒާން ވަނީ އޭނާ ބަލަން ބޭނުންވާ މައްސަލަތައް ހުށަހަޅުއްވައިފަ އެވެ. އެއީ އިންޑިއާއާ އެކު މިދިޔަ ސަރުކާރުން ސޮއިކުރި ހައިޑްރޯގްރަފީ އެއްބަސްވުމާއި އުތުރުތިލަފަޅުގެ އެއްބަސްވުން އަދި ރާއްޖެ އަށް އިންޑިއާ އިން ހަދިޔާ ކުރި ޑޯނިޔާއާ ގުޅޭ އެއްބަސްވުމުގެ މައްސަލަ އެވެ. މީގެ ތެރެއިން ހައިޑްރޯގްރަފީ އެއްބަސްވުމުން އާ ނުކުރަން މި ސަރުކާރުން އޮތީ ނިންމައިފަ އެވެ.
އަޒާން ހުށަހަޅުއްވާފައި ވަނީ ހައިޑްރޯގްރަފީ އެއްބަސްވުމުގައި ސޮއިކުރަން މެދުވެރިވި ސަބަބު ހޯދާށެވެ. އަދި އުތުރުތިލަފަޅުގެ އެއްބަސްވުމުގައި ކަންބޮޑުވާން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރިކަން ފާހަަގަ ކުރައްވައި އަޒާން ވިދާޅުވީ އެ އެއްބަސްވުމަށް ވާސިލްވި ގޮތާއި އަދި އެ އެއްބަސްވުމުގައި ސޮއިކުރިއިރު އެމްއެންޑީއެފްގެ އިސް ވެރިންގެ ހިޔާލު ހޯދާފައިނުވާ ސަބަބު ހޯދަން ބޭނުންވާ ކަމަށެވެ.
ޑޯނިއާއާ ގުޅޭ އެއްބަސްވުން ވެސް ކުއްލިއަކަށް ސޮއިކޮށް ކުރިއަށް ގެންދިޔަ ސަބަބު ހޯދަން ވެސް އަޒާން ވެސް ހުށަހަޅުއްވި އެވެ. އަދި މައްސަލަތައް ބެލުމަށް ސަބް ކޮމިޓީއެއް ނަގަން އަޒާން ހުށަހެޅުއްވި އެވެ. އަދި އޭނާ ފާހަގަކުރެއްވި ތިން އެއްބަސްވުމުގެ އިތުރުން ވެސް ގައުމީ ސިޔާދަތަށް ގެއްލުންވާ ގޮތަށް އެހެން ކަމެއް ކޮށްފައިވާ ނަމަ، އެކަމެއް ވެސް އެ ކޮމިޓީން ބަލަން އަޒާން ހުށަހެޅުއްވި އެވެ.
އަޒާން ވިދާޅުވީ މި މައްސަލަތައް ބަލަން ހުށަހަޅަނީ ކުރިން ތިބި މީހުންގެ މައްސަލަތަކެއް ބަލައި، ފަލީހަތް ކުރުމަށް ނޫން ކަމަށާއި އެއީ އެފަދަ ކަންކަން އިތުރަށް ތަކުރާރުވިޔަ ނުދީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ރައްކާތެރިކުރުން ކަމަށެވެ.
އަޒާން ހުށަހެޅުއްވި ތިން އެއްބަސްވުމުގެ އިތުރުން މާމިނގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވަނީ ޗާގޯސް މައްސަލާގައި މޮރިޝަސްގެ ބޮޑު ވަޒީރަށް ރައީސް ސޯލިހު ފޮނުއްވި ސިޓީގެ މައްސަލަ ވެސް ބަލަން ހުށަހަޅުއްވައިފަ އެވެ. މި މައްސަލަތައް ކޮމިޓީން ބަލަން މިއަދު ވަނީ ފާސްކޮށްފަ އެވެ. އަދި މައްސަލަތައް ދިރާސާ ކުރުމަށް ސަބް ކޮމިޓީން ވަނީ އެކުލަވާލައްވައިފަ އެވެ.
ކޮމިޓީގައި ތިއްބަވަނީ އަޒާންގެ އިތުރުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމާއި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އަދި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ.
މާލިއްޔަތު އަދި 241 ކޮމިޓީން އަޒާން ވަކިކޮށްފި
ދާއިރާގެ ސްޓިއަރިން ކޮމިޓީން އަޒާނާ ދެކޮޅަށް ބަޔާނެއް
އަޅުގަނޑު އަދިވެސް މި ހުރީ ސަރުކާރާއެކު: އަޒާން
ޕީއެންސީ ޕީޖީގެ ވަޓްސްއެޕް ގްރޫޕުން އަޒާން ބޭރުކޮށްފި
އަބްދުއްރަހީމް މިއަދު އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
މާލޭގައި ޕާކިން ބިލްޑިންތައް އަޅަނީ އިންޑިއާގެ އެހީގައި
ތިލަމާލެ ބްރިޖުގެ 50 ޕަސެންޓް މަސައްކަތް ނިމިއްޖެ
ސަފީރުކަމަށް އަޒީމާ އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި
ސަފީރު ކަމަށް އަޒީމާ އައްޔަންކުރަން ކޮމިޓީން ރުހުންދީފި
އެކައުންޓް ހިފެހެއްޓުމުގެ ބާރު ދިނުމާމެދު ހިޔާލު ތަފާތު