Roadha Mihaaru
މިފްކޯއަށް އިންޓަނޭޝަނަލް ސީއީއޯއެއް ހޯދަނީ

މިފްކޯއަށް އިންޓަނޭޝަނަލް ސީއީއޯއެއް ހޯދަން އިއުލާންކޮށްފި

26 ޖޫން 2024

މިފްކޯގެ ހުސްވެފައިވާ ސީއީއޯ / އެމްޑީ (އިންޓަނޭޝަނަލް) ގެ މަގާމަށް މީހަކު ހޯދަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) މިއަދު އިއުލާންކޮށްފި އެވެ.

މިފްކޯގެ ހުސްވެފައިވާ ސީއީއޯ / އެމްޑީ (އިންޓަނޭޝަނަލް) ގެ މަގާމަށް މީހަކު ހޯދަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) މިއަދު އިއުލާންކޮށްފި އެވެ.

އެހެންވެ މި މަގާމަށް ހޮވާނީ ބޭރު މީހެއް ނުވަތަ ބޭރުގެ ކުންފުނިތަކުގައި އެ ފެންވަރުގެ މަގާމެއް އެކަށީގެންވާ މުއްދަތެއްގައި އަދާކޮށްފައިވާ މީހެކެވެ.

މިފްކޯގެ ސީއީއޯގެ މަގާމު ހުސްވީ މި ސަރުކާރުން އެ މަގާމަށް އައްޔަންކުރި އަހުމަދު ސަމާހު ރަޝީދު ވަކިކުރަން ޕީސީބީން ނިންމުންނެވެ. ސަމާހް ވަކިކުރީ ޕީސީބީއަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ސަސްޕެންޑު ވެސް ކުރުމަށް ފަހު އެވެ.

ޕީސީބީން ކުރި އިއުލާނުގައި ބުނީ މަސްވެރިކަމުގެ ދާއިރާގެ ހުނަރުވެރި އަދި މަސައްކަތަށް ފަރުވާތެރި މީހަކު މިފްކޯގެ ސީއީއޯ / އެމްޑީގެ މަގާމަށް ބޭނުންވާ ކަމަށާއި އެހެންވެ އެ ފުރުސަތަށް ހުޅުވާލާ ކަމަށެވެ.

މަގާމަށް މީހަކު ހޮވާނީ ގާބިލްކަމާއި ތަޖުރިބާއަށް ބެލުމަށް ފަހު ކަމަށް ޕީސީބީން ބުންޏެވެ. އެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސީއީއޯ / އެމްޑީ އިން ހޯދަން އާންމުކޮށް ޕީސީބީން އިއުލާނެއް ނުކުރެ އެވެ. އެ މަގާމުތަކަށް އައްޔަންކުރަނީ ސަރުކާރުން އެ ތަނަށް ނަން ފޮނުވާ ބޭފުޅުންނެވެ.

މިފްކޯ އަށް ސީއީއޯއެއް ހޯދަން އިއުލާން ކުރިއިރު އެ ކުންފުނީގެ މާލީ ހާލަތާ މެދު ކަންބޮޑުވުންތަކެއް އެބަ އޮތެވެ. އަދި މަސްވެރިންނަށް ފައިސާ ނުދޭ މައްސަލާގައި ކުންފުންޏާ ދެކޮޅަށް މުޒާހަރާތައް ވެސް ދަނީ ކުރަމުންނެވެ.