Roadha Mihaaru
ދަނބިދޫގައި މީހަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ

ދަނބިދޫގައި އަންހެނަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ

29 ޖޫން 2024

ލ. ދަނބިދޫގައި މީހަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ލ. ދަނބިދޫގައި މީހަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ ދަނބިދޫ އިރުމަތީ ފަރާތު މޫދުގައި މީހަކު އޮޔާ ދަނިކޮށް ފެނުނު ކަމުގެ ރިޕޯޓު ފުލުހުންނަށް ކޮށްފައިވަނީ މިއަދު ހަވީރު 04:55 ހާއިރު ކަމަށެވެ. އަދި ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް އޭނާ މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި މަރުވެފައިވަނީ އެރަށަށް ނިސްބަތްވާ އުމުރުން 65 އަހަރުގެ އަންހެނެކެވެ.

ހާދިސާ އާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ގެއްލިގެން ހޯދަމުން ދިޔަ ބިދޭސީ ފިރިހެނަކު މޫދުގައި މަރުވެފައި އޮއްވާ މިދިޔަ ހަފްތާގައި އައްޑޫއިން ވެސް ފެނިފައިވެ އެވެ.