ޓެކްސް އެޕީލް ޓްރައިބިއުނަލާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އިން ބޭއްވި ބައްދަލުވުން މިއަދު ސިއްރުކޮށްފި އެވެ.
01 ޖުލައި 2024
ޓެކްސް އެޕީލް ޓްރައިބިއުނަލާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އިން ބޭއްވި ބައްދަލުވުން މިއަދު ސިއްރުކޮށްފި އެވެ.
އެ ކޮމިޓީން ބަލަމުން އަންނަނީ ޓެކްސް އެޕީލް ޓްރައިބިއުނަލާ ގުޅޭ ގޮތުން މީހަކު ހުށަހަޅާފައިވާ ސިޓީއަކާ ގުޅުން ހުރި މައްސަލައެކެވެ. އެ މައްސަލާގައި މިއަދު އޮތީ އެ މައްސަލަ ހުށަހެޅި މީހާއާ ބައްދަލުކުރުމެވެ.
ނަމަވެސް، ކޮމިޓީ ފެށުމާ އެކު، ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ވަނީ ބައްދަލުވުން ސިއްރު ކޮށްގެން ކުރިއަށް ގެންދަން ހުށަހަޅުއްވައިފަ އެވެ. އެ ހުށަހެޅުން ކޮމިޓީން ފާސްކޮށް، ބައްދަލުވުން ސިއްރު ކުރި އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު އޮތް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުން ވެސް ވަނީ ސިއްރު ކޮށްފަ އެވެ. އެ ބައްދަލުވުމަކީ ހޯމް މިނިސްޓަރު އަލީ އިހުސާނާއި ފުލުހުންގެ އިސް ބޭފުޅުންނާ ބައްދަލު ކުރަން ބޭއްވި ބައްދަލުވުމެކެވެ.
މިދިޔަ ހަފުތާގެ ތެރޭގައި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއް ވެސް ސިއްރު ކޮށްގެން ކުރިއަށް ގެންދިޔަ އެވެ. އެއީ ރާއްޖޭގެ މާލީ ހާލަތާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގުގެ ފަރާތުން މައުލޫމާތު ހޯދަން ބާއްވަން އުޅުނު ބައްދަލުވުމެކެވެ. އެކަމަކު، އޭނާ އާލާސްކަންފުޅާ އުޅުއްވާތީ އެ ދުވަހުގެ ކޮމިޓީ އަށް ވަޑައިނުގަނެ ފޮނުއްވީ ކަމާ ގުޅޭ ލިޔުންތަކެވެ. އެ ކޮމިޓީ ބާއްވަން މިނިސްޓަރު އެދިވަޑައިގަތީ ސިއްރު ކޮށްގެން ކަމަށް ވާތީ އެ ގޮތަށް އެ ދުވަހު ފާސްކުރި އެވެ.
އެކަމަކު، އޭގެ އެއް ދުވަސް ފަހުން ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެން ފިނޭންސް މިނިސްޓަރު ހުރިހާ މައުލޫމާތެއް ދެއްވި އެވެ. މިނިސްޓަރު ޝަފީގު ވެސް ބޭނުން ވެގެން އެ ކޮމިޓީ ބޭއްވީ އާންމުކޮށް ހުޅުވާލައިގެންނެވެ.
ގޮނޑި ގެއްލޭ އިސްލާހު ސައްހަކަމަށް ކަނޑައަޅަން އެދެފި
ޔާމީން ކޯޓުތަކުގެ ވާހަކަ ދައްކާތީ އަޖައިބުވޭ: ފަލާހު
ޖުޑިޝަރީއަށް ނުފޫޒު ފޯރުވާކަމަށް ހުށަހެޅި މައްސަލަ ބޭރު
އަޅުގަނޑު އަދިވެސް މި ހުރީ ސަރުކާރާއެކު: އަޒާން
ބެންޗަށް ބަދަލު ގެންނަ ބިލް މަޖިލީހުން ފާސްކޮށްފި
ފިލްޒާ ލަފާ ދެއްވީ ފަނޑިޔާރުން މަދުކުރާ ބިލާ ދެކޮޅަށް
ބިލް ފާސްނުކުރަން ގޮވާލައި، 62 ވަކީލުންގެ ޕެޓިޝަނެއް
ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރާ ބިލް ބަލައިގެންފި
"ބެންޗާ ކުޅެނީ ބޭނުންވާ ކަންތައްތައް ނުވެގެން"
ފަނޑިޔާރުން ތިބީ ސިޔާސީ އޮއިވަރުގައި ޖެހިފައި: ނާޒިމް