Roadha Mihaaru
ސީއެޗްއެސްއީގައި ނަމާދު ކުރަން ޖާގަ ތަނަވަސް ތަނެއް

ސީއެޗްއެސްއީގައި ނަމާދުކުރަން ޖާގަ ތަނަވަސް ތަނެއް ހަދައިދީފި

07 ޖުލައި 2024

ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގައި ނަމާދު ކުރަން ހާއްސަ ތަނެއް ހުޅުވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގައި ނަމާދު ކުރަން ހާއްސަ ތަނެއް ހުޅުވައިފި އެވެ.

އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސީއެޗްއެސްއީގައި ހެދި ތަނަކީ ސްކޫލްތަކުގެ ދަރިވަރުންނަށް ނަމާދުކުރުމުގެ ޖާގަ ތަނަވަސްކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދިޔަ މަސައްކަތެއް ކަމަށެވެ.

ސީއެޗްއެސްއީގެ ނަމާދުކުރާ ކޮޓަރި.-- ފޮޓޯ: ސީއެޗްއެސްއީ

ސީއެޗްއެސްއީގެ ނަމާދުކުރާ ކޮޓަރި.-- ފޮޓޯ: ސީއެޗްއެސްއީ

އިސްލާމިކް މިނިސްޓްރީން ފަންޑުކޮށްގެން ހެދި އެ ތަނަކީ ޖާގަ ތަނަވަސް ތަނެއް ކަމަށާއި އެތަނުގައި ވުޟޫކުރުމުގެ އިންތިޒާމް ވެސް ހަމަޖެހިފައި ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސީއެޗްއެސްއީގައި ވުޟޫކުރާތަން.

ސީއެޗްއެސްއީގައި ވުޟޫކުރާތަން.

ސީއެޗްއެސްއީގެ ޕްރިންސިޕަލް ޒުހުދުލް ހައްގު (ޒުހުދު) ވިދާޅުވީ އަންހެން ކުދިންނާއި ފިރިހެން ކުދިންނަށް ވަކިން ނަމާދު ކުރެވޭ ގޮތަށް ހެދި އެ ތަނުގައި އެއްފަހަރާ 30 އަށް ވުރެ ގިނަ ދަރިވަރުންނަށް ނަމާދު ކުރެވޭނެ ކަމަށެވެ.

ސީއެޗްއެސްސީގެ 45 ވަނަ އަހަރީ ދުވަހާ ދިމާކޮށް މިދިޔަ ބުދަ ދުވަހު މި ތަން ހުޅުއްވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ.

ސީއެޗްއެސްއީގެ ނަމާދުކުރާ ކޮޓަރި.-- ފޮޓޯ: ސްކޫލު

ސީއެޗްއެސްއީގެ ނަމާދުކުރާ ކޮޓަރި.-- ފޮޓޯ: ސްކޫލު

ބައެއް ސްކޫލުތަކުގައި ނަމާދުކުރަން ހާއްސަ ކޮޓަރިއެއް ނޫނީ ތަނެއް މިހާރު ވެސް ހުންނަ އިރު އަނެއްބައި ސްކޫލްތަކުގެ ކްލާސްރޫމްގައި ނަމާދުކުރެ އެވެ.

މިހާރު 1،000 އަށް ވުރެ ގިނަ ކުދިން ކިޔަވާ ސީއެޗްއެސްސީގެ އާ އިމާރާތް، ހުޅުމާލޭގައި ހަދައި، ކިޔަވައިދޭން ފަށާފައި ވަނީ މިދިޔަ އަހަރުގެ މެދުތެރޭގަ އެވެ.