އެއް ގައުމަކުން ބިދޭސީން އެންމެ ގިނައިން ގެނެވޭނެ އަދަދު ކަނޑައެޅުމުގެ ބާރު ސަރުކާރުގެ ކެބިނެޓަށް ލިބޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
24 ޖުލައި 2024
އެއް ގައުމަކުން ބިދޭސީން އެންމެ ގިނައިން ގެނެވޭނެ އަދަދު ކަނޑައެޅުމުގެ ބާރު ސަރުކާރުގެ ކެބިނެޓަށް ލިބޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ވަޒީފާއާ ބެހޭ ގާނޫނުގައި މިހާރު އޮންނަ ގޮތުން ރާއްޖޭގައި ވަޒީފާ އަދާ ކުރަން އެއް ގައުމަކުން އެންމެ ގިނައިން ބިދޭސީން ގެނެވޭނެ އަދަދަކީ 100،000 މީހުންނެވެ. އެއް ގައުމަކުން ތިބި އަދަދު، އެއަށް ވުރެ ގިނަވާ ނަމަ އެ އަދަދަށް ބިދޭސީން މަދު ކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.
ސަރުކާރުގެ ފަރާތުން ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގައި ބުނެފައި ވަނީ ރާއްޖެ އަށް ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތައް ބަޔާން ކުރާނީ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ހަދާ ގަވައިދެއްގަ އެވެ.
އެ އަދަދުތައް ކަނޑައަޅަން ވާނީ ބިދޭސީން ވަޒީފާ އަދާ ކުރުމުގެ ސަބަބުން ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ކުރާނެ އަސަރު ދެނެގަތުމަށްޓަކައި ހަދާ އެސެސްމަންޓަކަށް ފަހު ކެބިނެޓުގެ ލަފާގެ މަތިން ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.
އެ އެސެސްމަންޓުގައި ވަޒީފާގެ ބާޒާރުގައި ހުރި ގޮންޖެހުންތަކާއި މުހިންމު ދާއިރާތަކަށް ބިދޭސީން ބޭނުންވާ މިންވަރާއި ބިދޭސީން ވަޒީފާ އަދާކުރަމުންދާ މިންވަރާއި ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުންދާ މިންވަރު ދެނެގަންނަން ޖެހޭނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.
- މުހިންމު ސިނާއަތެއް ނުވަތަ ވިޔަފާރިއަކަށް އެކަށީގެންވާ އަދަދަކަށް ހުނަރު ލިބިފައިވާ މަސައްކަތްތެރިން ލިބޭ މިންވަރު.
- ވަކި ދާއިރާއެއްގެ ވަޒީފާއަކަށް ބިދޭސީން ނެގުމުން އެ ދާއިރާއެއްގެ އިލްމާއި ހުނަރު އިތުރުވުމުގެ ފުރުސަތު އޮތް މިންވަރު.
- ވަކި ދާއިރާއެއްގެ ވަޒީފާ އަށް އެއްވެސް ފަރާތެއް ނުލިބިއްޖެ ނަމަ ނުވަތަ މަދުވެއްޖެ ނަމަ ތަރައްގީ އަށް ކުރާނެ ނޭދެވޭ އަސަރު.
- ވަކި ދާއިރާއަކަށް ބިދޭސީ މަސައްކަތްތެރިން އިތުރުވެއްޖެ ނަމަ ދާހިލީ އަދި ގައުމީ ސަލާމަތަށް އަސަރު ކޮށްފާނެ މިންވަރު.
އެ ބިލުގައި ބުނެފައި ވަނީ ގަވައިދުގެ ދަށުން ކަނޑައަޅާ އަދަދަށް ވުރެ އިތުރަށް ބިދޭސީން އުޅޭ ނަމަ އެ އަދަދަށް ހިފެހެއްޓުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތަކާއި އެކަން ކޮށް ނިންމަން ޖެހޭ މުއްދަތު ވެސް ގަވައިދުގައި ބަޔާން ކުރަން ޖެހޭނެ ކަމަށެވެ.
ނަމަވެސް އެ މުއްދަތު ކަނޑައަޅަން ވާނީ އެކަށީގެންވާ ނޯޓިސް މުއްދަތެއް ދިނުމަށް ފަހުގައި ކަމަށާއި އެ މުއްދަތު 36 މަސް ދުވަހަށް ވުރެ އިތުރުވެގެން ނުވާނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.
ރާއްޖޭގައި ބަންގްލަދޭޝްގެ 100،000 އަށް ވުރެ ގިނަ ބިދޭސީން އުޅޭތީ ކުރީ ސަރުކާރުން ވަނީ އެ ގައުމުން ބިދޭސީން އިތުރަށް ގެނައުން މަޑުޖައްސާލައިފަ އެވެ. އޭގެ ބަދަލުގައި ބިދޭސީން ގެންނަން ހުއްދަ ދިނީ އިންޑިއާ އިންނެވެ.
ނަމަވެސް މި ސަރުކާރުން ވަނީ އެ ނިންމުން ބާތިލް ކޮށް އަލުން ހުޅުވާލައިފަ އެވެ.
ބިދޭސީންނަށް މުސާރަ ނުދޭނަމަ ދެން ޖޫރިމަނާ ކުރެވޭނެ
50،000ރ. ނަގަން ފާސްކުރީ ސަލީމްގެ ވޯޓާއެކު!
ގާސިމްގެ ރުޅިގަނޑު މިއަދު ވެސް ކޮންޓްރޯލެއް ނުވި!
ބިދޭސީންނަށް މިނިމަމްވޭޖް ދިނުމުގެ ސްޓޭންޑް ބަދަލުވެއްޖެ
ބިދޭސީންގެ ފީތައް ބޮޑުކުރާތީ ގާސިމްގެ ނުރުހުން!
ބިދޭސީންނަށް އިހުމާލުވުމުން ޖޫރިމަނާކުރާ ބިލް ކޮމިޓީއަށް
މުސާރަ ނުދޭނަމަ ޖޫރިމަނާކުރާ އަދަދު ސައުދުﷲ އަށް ބޮޑު
ބިދޭސީންނަށް މުސާރަ ނުދޭނަމަ ބައި ލައްކައިން ޖޫރިމަނާ
ބަންގްލަދޭޝް ލޭބަރުންގެ އަދަދު ހަތަރު މަސްތެރޭ ހަމަވާނެ
އިންޑަސްޓްރިއަލް ރިލޭޝަންސް ބިލުގެ މަސައްކަތް ހިނގައިގެންފި