Roadha Mihaaru
ވަރުން، ސަމަންތާގެ "ސިޓިޑަލް" ނޮވެމްބަރު ހަތެއްގައި

ވަރުން އާއި ސަމަންތާގެ "ސިޓިޑަލް" ނޮވެމްބަރު ހަތެއްގައި

02 އޯގަސްޓް 2024

އެމެޒަންގެ ވެބް ސީރީޒް "ސިޑަޓެލް ހަނީ ބަނީ"ގެ އިންޑިއާ ވާޝަން އަންނަ ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހު ސްޓްރީމް ކުރަން ފަށަން ނިންމައިފި އެވެ.

އެމެޒަންގެ ވެބް ސީރީޒް "ސިޑަޓެލް ހަނީ ބަނީ"ގެ އިންޑިއާ ވާޝަން އަންނަ ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހު ސްޓްރީމް ކުރަން ފަށަން ނިންމައިފި އެވެ.

އެމެރިކާގެ މަޝްހޫރު ޑައިރެކްޓަރުން ކަމަށްވާ ރުސްސޯ ބްރަދާސް އުފައްދާފައިވާ މި ހޮލީވުޑް ސީރީޒްގެ އިންޑިއާ ވާޝަންގައި ލީޑު ރޯލުތައް ކުޅެނީ ވަރުން ދާވަން އާއި ސަމަންތާ ރޫތު ޕްރަބޫ އެވެ. އެ ސީރީޒްގައި ވަރުން އާއި ސަމަންތާ ވެސް ކުޅެނީ ސްޕައިއެއްގެ ރޯލެވެ.

އެމެޒަން އިން ވަނީ ސީރީޒް ސްޓްރީމް ކުރަން ފަށާ ތާރީހު އިއުލާންކޮށް، ޕޯސްޓަރާއި ޓީޒާއެއް ވެސް ނެރެފަ އެވެ.

"ސިޑަޓެލް ހަނީ ބަނީ" ޑައިރެކްޓުކުރަނީ "ދަ ފެމެލީ މޭން" އާއި "ފަޒްރީ" ކަހަލަ އިންޑިއާގެ ވެބް ސީރީޒްތައް ގެނެސްދިން ރާޖް އެންޑް ޑީކޭ އެވެ.

"ސިޓަޑެލް" އަކީ މާވެލްގެ "އެވެންޖާސް" ފިލްމުތައް ޑައިރެކްޓުކުރި އެންތަނީ އާއި ޖޯސެފް ރުސްސޯ (ރުސްސޯ ބްރަދާސް)ގެ މޭސްތިރިކަމުގެ ދަށުން ގެނެސްދޭ އެއްޗެކެވެ.

މި ސީރީޒްގެ ހޮލީވުޑް ވާޝަންގައި ލީޑު ރޯލުތައް ކުޅެނީ ޕްރިޔަންކާ ޗޯޕްރާ އާއި ރިޗަޑް މެޑެން އެވެ. އެ ސީރީޒް ޕްރިމިއާކުރީ މިދިޔަ އަހަރެވެ. ނަމަވެސް، އެ ސީރީޒަށް މާ ބޮޑު ތަރުހީބެއް ނުލިބުނެވެ.

ދުނިޔޭގެ އެކި ބަސްތަކުން ހަދާ ގޮތަށް "ސިޓަޑެލް" އިއުލާންކުރީ 2020ގެ ކުރީކޮޅުގަ އެވެ.