ނަފުރަތާއި ފިތުނަ އުފެއްދުމުގެ މާޒީ އިޔާދަ ނުކުރުމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ގޮވާލައްވައިފި އެވެ.
06 އޯގަސްޓް 2024
ނަފުރަތާއި ފިތުނަ އުފެއްދުމުގެ މާޒީ އިޔާދަ ނުކުރުމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ގޮވާލައްވައިފި އެވެ.
މިރޭ ޕީއެންސީގެ ޖަގަހާގައި ބޭއްވި ޖަލްސާގައި ނައިބް ރައީސް ވިދާޅުވީ ގައުމުގައި މީގެ ކުރިން އިސްކޮށް ތިއްބެވި ސިޔާސީ ލީޑަރުންނަށް ތާއީދުކޮށް އުފެދިފައިވާ ފިކުރުތަކުގައި ގެންގުޅެމުން އައީ ރައްޔިތުން ބޭނުންވި ގޮތަށް ނޫންކަން މިފަހުން ބޭއްވި ކޮންމެ އިންތިހާބަކުން ސާފުވެފައިވާ ކަމަށެވެ.
އެއީ މީގެ ކުރިން އައި ސިޔާސީ ލީޑަރުންގެ ފަރާތުން ނުވަތަ މުޖުތަމައުއިން ފެންނަން އޮތް ކަމަކީ، ނަފްރަތާއި ރުޅިވެރިކަމާއި އަދާވާތްތެރިކަންކަން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި އެކަކު އަނެކަކަށް އަރައިރުން ވުމާއި ސިޔާސީގޮތުން ޒާތީވެ، އެބަޔަކު ބޭނުންވާ އެއްޗެއް ބުނެލުމުގެ ސިޔާސަތުކަން ނައިބު ރައީސް ފާހަގަ ކުރެއްވި އެވެ.
ނިމުނު މަޖިލީސް އިންތިހާބުގައި ރައްޔިތުންގެ މެދުގައި ރުޅުވެރިކަމާއި ނަފްރަތު އުފެއްދުމުގެ މާޒީ ތަކުރާރުވި ކަމަށާއި ނަމަވެސް ރައްޔިތުން އެކަމަށް ނޫނެކޭ ބުނި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ރައްޔިތުން އަނެއްކާ ވެސް ބުނީ ނޫނެކޭ. ތިމަންނާމެން ބޭނުމެއް ނޫނޭ މާޒީ އިއާދަކުރާކަށް. އެއީ މާޒީން އަޅުގަނޑުމެންނަށް ލިބުނީ ވަރަށް ހިތި ތަޖުރިބާއެއް. އޭގެ ސަބަބުން އަޅުގަނޑުމެންގެ ޖީލެއް ހަލާކުކޮށްލާފައި އަޅުގަނޑުމެންގެ ސިޔާސީ ލީޑަރުން އެ ތިބީ،" ނައިބް ރައީސް ވިދާޅުވި އެވެ.
ހިޔާ ސަރަހައްދުގައި ބޭއްވި ޖަލްސާއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް ބައިވެރިވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އޭގެ ހިތި ނަތީޖާ އަކަށްވީ މުޖުތަމައުއިން އިޖުތިމާއީ ބޮޑެތި މައްސަލަތައް ފެންމަތިވުން ކަމަށާއި އެހެންވެ ރައްޔިތުން މިއަދު ބޭނުންވަނީ އަމާން ސުލްހަވެރި ގައުމެއް ބިނާ ކުރުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ހިފަހައްޓާނެ މިންގަނޑުތަކެއް، އަސާސްތަކެއް ހުންނާނެ ކަމަށާއި އެ މަނިކުފާނަކީ ގާނޫނީ ވެރިކަން ދަމަހައްޓައި، ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވާނެ ވެރިއެއް ކަމުގެ ޔަގީންކަން ނައިބް ރައީސް ދެއްވި އެވެ.
ރައީސް މުއިއްޒަކީ ރައްޔިތުންނަށް ދަތިވާ ކަންކަމުގައި އަޑުއެހުމުގެ ގާބިލުކަން ހުންނެވި ބޭފުޅެއް ކަމަށާއި ކަންކަން ބާރު ސްޕީޑުގައި ތަރުތީބު ކުރައްވާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށް ވެސް ނައިބް ރައީސް ވިދާޅުވި އެވެ.
"ރައީސް މުއިއްޒު އެ މަނިކުފާނުގެ ޒައާމަތުގައި ދައްކާނެ. އޭރުން ރައްޔިތުން ނިކުމެ އެ މަނިކުފާނު ދެވަނަ ދައުރަކަށް، ފުރަތަމަ ފަހަރަށް ރާއްޖޭގެ ރައީސަކު ހޮވާ ކަމަށްވާނަމަ މިފަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ތިބޭފުޅުން ހޮއްވަވާނެ ކަމާމެދު ޝައްކެއް ނެތް،" ނައިބު ރައީސް ވިދާޅުވި އެވެ.
"ޔާމީނަށް ޖަމީލު އިހުލާސްތެރިނުވާނެ، ހެކި އެބަހުރި"
ޔާމީނަށް ރައީސް ގޯސްވި ސަބަބު އަބްދުއްރަހީމް ކިޔައިދީފި
"މުއިއްޒަށް ވެރިކަން ހޯދައިދިނުމަށް މާކުރިން ރޭވިން"
ޔާމީންގެ ފޮޓޯ އާއި ހުސްގޮނޑި ނުލައި ބޮޑު ކާމިޔާބީއެއް
ޕީއެންސީން މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދައިފި
ތަރައްގީގެންނަން މިހާރު ބޭނުމީ މަޖިލިސް މެޖޯރިޓީ އެކަނި
ޔާމީން މިނިވަންވާނެ ކަމަށް އުއްމީދުކުރަން: ރައީސް
"ސުޕަ މެޖޯރިޓީ އޮވެގެން އެއްވެސް ކަމެއް ނުވި"
ޔާމީނާއެކު ތިބީ ރަނގަޅު ކަމަށް ހެދިގެން އުޅޭ ބައެއް!
ހިތްހަމަނުޖެހުނަސް އެމްޑީޕީއަށް ތާއީދު ނުކުރަން އެދިއްޖެ