މާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އާދަމް އަތުހަރު އޭނާގެ ލޯބިވެރިޔާ ރަހީނު ކޮށްގެން އުޅުނު އިރު، އެންމެންގެ ސަމާލުކަން ހުރީ އަންހެން މީހާގެ ކަރުގައި އަތުހަރު ޖައްސައިގެން އިން ވަޅިއަށެވެ. އަތުހަރުގެ އަމިއްލަ ކަރުގައި ވަޅިޖައްސައިގެން އުޅުނުކަން އެހާ ބޮޑަށް އޮތީ ފާހަގަ ނުވެ އެވެ.
02 ސެޕްޓެމްބަރ 2024
މާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އާދަމް އަތުހަރު އޭނާގެ ލޯބިވެރިޔާ ރަހީނު ކޮށްގެން އުޅުނު އިރު، އެންމެންގެ ސަމާލުކަން ހުރީ އަންހެން މީހާގެ ކަރުގައި އަތުހަރު ޖައްސައިގެން އިން ވަޅިއަށެވެ. އަތުހަރުގެ އަމިއްލަ ކަރުގައި ވަޅިޖައްސައިގެން އުޅުނުކަން އެހާ ބޮޑަށް އޮތީ ފާހަގަ ނުވެ އެވެ.
އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އަތުހަރު އޭނާގެ ލޯބިވެރިޔާއާ އެކު ހުރި ގެއިން ނުކުމެގެން ގޮސް ލޯބިވެރިޔާގެ ކަރުގައި ވަޅި ޖައްސައި ސައިކަލަށް އަރުވަން ދާއިރު ވެސް އޭނާގެ އަނެއް އަތުން އަމިއްލަ ކަރާ ދިމާލަށް ކުޑަ ވަޅިއެއް ކަހަލަ އެއްޗެއް ދިއްކުރެ އެވެ.
އެއްވެސް މީހަކު ކައިރިވެއްޖެ ނަމަ ލޯބިވެރިޔާ މަރާލާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދެމުން ގޮސް ސައިކަލްގައި އެ މީހުން މަޑުކުރާ ހިސާބުން އަތުހަރު އަނެއްކާވެސް އަމިއްލަ ކަރުގައި ވަޅިއެއް ޖައްސާތަން ވީޑިއޯއިން ފެނެ އެވެ.
އަންހެން މީހާ ސައިކަލް ދުއްވަން އިން އިރު، އަތުހަރު ފަހަތުގައި އިންނަނީ ކަނާއަތުން، އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެންނެވެ. ފުލުހުންގެ ހިދުމަތާ ދާދި ފަހުން ގުޅުނު އަންހެން މީހާ ސަލާމަތްކުރުމަށް ފުލުހުން އަތުހަރަށް ހަމަލާ ދިނުމުގެ ސިކުންތުކޮޅެއް ކުރިން އަތުހަރު އަނެއް އަތުން އަނެއްކާވެސް އަމިއްލަ ކަރުގައި ވަޅި ޖައްސައިގެން އިނދެ އެވެ.
ރަހީނުކުރި ހާދިސާ: އަންހެންމީހާ ކަރުގައި އަތުހަރު ވަޅި ޖައްސައި ރަހީނުކޮށްގެން ހުރިއިރު އެހެން ވަޅިއެއް އަމިއްލަ ކަރުގައި ޖައްސައިގެން ހުރި މަންޒަރު ވީޑިއޯ އިން ފެނޭ. އޭނާ ޖަލުގައި އަމިއްލައަށް މަރުވާން އުޅުމުން މިހާރު އަންނަނީ އައިސީޔޫގައި ފަރުވާދެމުން. pic.twitter.com/a7U7otugDC
— Mihaaru (@Mihaarunews) September 2, 2024
އަންހެން މީހާ ސަލާމަތްކުރުމަށް އެ ތަނަށް ދިޔަ ފުލުހަކު އަތުހަރުގެ ބޮލުގައި މުގުރުން ޖެހި ވަގުތު އަތް ވިއްސައިގެން ދާއިރު، އަތުހަރު އަތުގައި އޮތް ވަޅި ވެސް ފެނެ އެވެ. އަންހެން މީހާ ސަލާމަތްކުރަން އުޅުނު ފުލުހަކަސް ވެސް ވަޅިން ޒަހަމްތަކެއް ވެފައި ވާއިރު މިއީ އަތުހަރު އަމިއްލަ ކަރުގައި ޖެއްސި ވަޅިން ވެފައިވާ އަނިޔާ ކަމަށް ބެލެވެ އެވެ.
އަންހެން މީހާ ސަލާމަތްކުރަން އަތުހަރުގެ ބޮލުގައި މުގުރުން ޖެހުމުން، އޭނާ ސައިކަލާ އެކު ވެއްޓެން ދަމުން އަންހެން މީހާގެ ކަރުގައި ވަޅި އަޅަން މަސައްކަތްކުރާ ކަހަލަ ގޮތަކަށް ވީޑިއޯއިން ފެނެ އެވެ. އޭނާ ވެއްޓުމުގެ ކުރިން ދެތިން ފަހަރު މުގުރުން ޖަހަ އެވެ.
އަންހެން މީހާ ސަލާމަތްކުރަން އަތުހަރަށް ފުލުހުން ދިން ހަމަލާގައި ލިބުނު އަނިޔާތަކަށް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައި ހުއްޓާ އިއްޔެ ވަނީ އަމިއްލަ މަރުވާން މަސައްކަތްކޮށްފަ އެވެ.
އަތުހަރު ޑޮކްޓަރަށް ދައްކައި ހަދާފައިވާ ޓެސްޓްތަކާއި ސީޓީ ސްކޭނުން ވެސް ނަތީޖާ ނޯމަލް ކަމަށާއި އަދި ނަފްސާނީ ޑޮކްޓަރާއި ނާރުގެ ހާއްސަ ޑޮކްޓަރަށް ދެއްކުމުން ވެސް މައްސަލައެއް ނެތް ކަމަށް ފުލުހުން ކުރިން ވަނީ ބުނެފަ އެވެ.
އަތުހަރު ދަންޖެހުނީ ކިހިނެއް ކަމެއް ފުލުހުން އަދި ނުބުނެ އެވެ. އެކަމަކު ދަންޖެހިފައި ހުއްޓާ ފެނުނީ ޖަލުގެ ކެމެރާތައް މޮނިޓަކުރަނިކޮށް، ރޭގެ އިރާކޮޅު 7:02 ގައި ކަމަށް، ފުލުހުން އާންމުކުރި ޓައިމްލައިންގައި ވެ އެވެ. އެކަމަކު، އޭނާ ސަލާމަތުން ހުއްޓާ އެންމެ ފަހުން ފެނުނީ ކިހާ އިރަކު ކަމެއް ނުބުނެ އެވެ.
ދަންޖެހުމުން ހާލު ބޮޑުވެ މިހާރު އޭނާއަށް ފަރުވާ ދެމުން ގެންދަނީ އައިޖީއެމްއެޗްގެ އައިސީޔޫގަ އެވެ. ހާލު ސީރިއަސްކަމުން އޮތީ ވެންޓިލޭޓަރު ގުޅައިފަ އެވެ.
އަތުހަރު އޭނާގެ ލޯބިވެރިޔާ ރަހީނުކުރީ، މާލޭގައި އެ މީހުން އެކުގައި ދިރިއުޅެމުންދިޔަ ގޭގެ ކުލީގެ މައްސަލައެއްގައި އުފެދުނު ދެބަސްވުމެއްގައި ވަޅިން ބިރު ދައްކައި ހަމަނުޖެހުން ހިންގަން ފެށުމުން އެތަނަށް ފުލުހުން ދިއުމުންނެވެ. އޭނާގެ ލޯބިވެރިޔާއަކީ ޕޮލިސް ރެކްރޫޓެކެވެ.
އަތުހަރު މަރުވެއްޖެ, ތަހުގީގަށް އޮޓޮޕްސީ ހަދަނީ
އަތުހަރު އަމިއްލައަށް މަރުވާން އުޅެގެން ފަރުވާ ދެނީ
އަތުހަރު ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ހޮސްޕިޓަލުން ދޫކޮށްލުމުން އަތުހަރު ފުލުހުންގެ ހައްޔަރަށް
އަތުހަރުގެ ހާލު ގޯސްވެގެން އަނެއްކާވެސް އެޑްމިޓުކޮށްފި
ޒުވާބު ހޫނުވެ ރަހީނުކުރީ ގޭގެ ކުލީގެ މައްސަލައެއްގައި
އަންހެނަކު ރަހީނުކުރީ އަދަބު ލުއިކޮށް ދޫކޮށްލި މީހެއް
ކުރީގެ ލޯބިވެރިޔާ ތުންފަތް ފަޅާލި މީހަކު ހައްޔަރުކޮށްފި
އަތުހަރުގެ ގޮޅީގެ ވީޑިއޯއިން ގިނަ ސުވާލުތަކެއް!
އަތުހަރު ގޮޅީގައި އުޅުނު ގޮތް ފެންނަ ވީޑިއޯ ދައްކައިފި