Roadha Mihaaru
ކުއްޖެއްގެ ގަޔަށް ކޮފީ އަޅައި ފިއްސާލި މީހަކު ހޯދަނީ

ތުއްތު ކުއްޖެއްގެ ގަޔަށް ކޮފީ އަޅައި ފިއްސާލި މީހަކު ހޯދަން ދުނިޔޭގެ އެހީއަށް އެދެފި

09 ސެޕްޓެމްބަރ 2024

އޮސްޓްރޭލިއާގައި އުމުރުން އެންމެ ނުވަ މަހުގެ ކުއްޖެއްގެ ގަޔަށް ހޫނު ކޮފީ އަޅައި ފިއްސާލި މީހަކު ހޯދަން ދުނިޔޭގެ ހުރިހާ ގައުމެއްގެ އެހީއަށް އެ ގައުމުން މިއަދު އެދެފި އެވެ.

އޮސްޓްރޭލިއާގައި އުމުރުން އެންމެ ނުވަ މަހުގެ ކުއްޖެއްގެ ގަޔަށް ހޫނު ކޮފީ އަޅައި ފިއްސާލި މީހަކު ހޯދަން ދުނިޔޭގެ ހުރިހާ ގައުމެއްގެ އެހީއަށް އެ ގައުމުން މިއަދު އެދެފި އެވެ.

ކުއީންސްލޭންޑް ފުލުހުންގެ ޑިޓެކްޓިވް ޕޯލް ޑޯލްޓަން ވިދާޅުވީ މިއީ އޭނާގެ ދިހަ އަހަރުގެ ކެރިއަރުގައި ފެނުނު ކުށުގެ އެންމެ ފިނޑި އަމަލު ކަމަށެވެ. އެކަން ކުރީ އުމުރުން 33 އަހަރުގެ މީހަކު ކަމަށާއި އޭނާ ގައުމު ދޫކޮށް ގޮސްފައިވާ ކަމަށް ޑިޓެކްޓިވް ވިދާޅުވި އެވެ.

މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު ބްރިސްބޭން ޕާކެއްގައި އާއިލާއެއް ޕިކްނިކް ގޮސް އުޅެނިކޮށް ތުއްތު ކުއްޖާގެ މޫނާއި ހަށިގަނޑަށް، ހޫނު ކޮފީ އަޅައި ފިއްސާލި މީހަކީ އެކި ތަންތަނަށް ދަތުރުކުރަމުން އުޅޭ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މި އަނިޔާވެރި އަމަލުގެ ސަބަބުން ކުއްޖާ ވަރަށް ބޮޑަށް ފިހި އެތައް ސާޖަރީއެއް ވަނީ ހަދަން ޖެހިފަ އެވެ.

ފުލުހުން ބުނީ އެ ފިރިހެން މީހާ އެކަން ކުރި ސަބަބެއް އެއްގޮތަކަށް ވެސް ނޭނގޭ ކަމަށާއި އެކަން ކުރި މީހާ އަކީ އާއިލާއަށް ވެސް އެނގޭ މީހެއް ވެސް ނޫން ކަމަށެވެ.

މި އަމަލު ހިންގި މީހާއަށް ގަސްތުގައި މީހަކަށް ބޮޑު އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ ކުރެވޭނެ އެވެ. އެއީ އޮސްޓްރޭލިއާގައި އުމުރު ދުުވަހުގެ ޖަލު ހުކުމް އަންނަ ކުށެކެވެ.

ޑޯލްޓަން ވިދާޅުވީ އެ މީހާ ހުރި ތަނަކުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނެސްފައި ނޫނީ ފުލުހުންގެ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ.

"މި ބުނަނީ، ތިޔަ މީހަކު ހުރި ތަނަކުން ހޯދާނަން،" ޑޯލްޓަން އިންޒާރު ދެއްވި އެވެ.

އޭނާ ވިދާޅުވީ ކޮންމެ ތާކު ހުއްޓަސް ގާނޫނީ އިމުގެ ތެރެއިން އެ މީހަކު އޮސްޓްރޭލިއާއަށް ގެނެސް އިންސާފު ގާއިމުކުރާނެ ކަމަށެވެ. -- އޭއެފްޕީ