އޮސްޓްރޭލިއާގައި 1977 ވަނަ އަހަރު ޒުވާން ދެ އަންހެނަކު މަރާލި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު އިޓަލީގެ ރޯމް އިން ހައްޔަރުކޮށްފި އެވެ.
އޮސްޓްރޭލިއާގައި 1977 ވަނަ އަހަރު ޒުވާން ދެ އަންހެނަކު މަރާލި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު އިޓަލީގެ ރޯމް އިން ހައްޔަރުކޮށްފި އެވެ.
އޮސްޓްރޭލިއާ ފުލުހުން އިއްޔެ ބުނި ގޮތުގައި އުމުރުން 27 އަހަރުގެ މީހަކާއި 28 އަހަރުގެ މީހަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގްރީކް ދަރިކޮޅުގެ އޮސްޓްރޭލިއާ މީހެކެވެ. އޭނާ އޮސްޓްރޭލިއާއަށް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ.
ދަ އޭޖް ނޫހުގައި ބުނެފައިވާ ގޮތުގައި، މި މަރާ އެ މީހާއާ ގުޅުވާލެވުނީ އާއިލާގެ މީހެއްގެ ޑީއެންއޭ ޓެސްޓަކަށް ފަހުގަ އެވެ. އެކަމަކު ވިކްޓޯރިއާ ސްޓޭޓް ޕޮލިހުން މިކަމާ ބެހޭ ގޮތުން ވާހަކައެއް ނުދެއްކި އެވެ.
އެ ނޫހުގައިވާ ގޮތުން އެ މީހާ ދިރިއުޅެމުން ދިޔައީ ގްރީސްގަ އެވެ. އެއީ ގާނޫނީ ގޮތުން އޭނާއަށް ލިބޭ ހިމާޔަތްތައް އެ ގައުމުގައި ބޮޑުކަމުންނެވެ. އެކަމަކު އޭނާ އިޓަލީގެ އެއާޕޯޓަކަށް ފޭބުމާ އެކު ހައްޔަރުކުރީ އެވެ.
"ހޯމިސައިޑް ސްކޮޑްގެ ޑިޓެކްޓިވުން ވަނީ އެކަމުގެ ޒިންމާ އުފުލަން ޖެހޭ މީހުން ދެނެގަތުމަށް 47 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ކެނޑިނޭޅި މަސައްކަތްކޮށްފައި،" ވިކްޓޯރިއާގެ ޕޮލިސް ޗީފް ކޮމިޝަނަރު ޝެން ޕެޓަން ވިދާޅުވި އެވެ.
"އީޒީ ސްޓްރީޓްގެ މަރުތަކުގެ ނަމުގައި މީހުންނަށް އެނގޭ މި ހާދިސާ އޮތީ، ވިކްޓޯރިއާ ފުލުހުން އަބަދުވެސް އިސްކަންދޭ ކަމެއްގެ ގޮތުގައި،" އޭނާ ވިދާޅުވި އެވެ.
މެލްބަންގެ އީޒީ ސްޓްރީޓްގައި ހުންނަ ގެޔަކުން އެ ދެ އަންހެނުންގެ ހަށިގަނޑު ވަޅީގެ އެތައް ޒަހަމަކާ އެކު ފެނުނީ ޖެނުއަރީ 13، 1977 ގަ އެވެ. އެތަނުން 27 އަހަރުގެ މީހާގެ އޭރުގެ 16 މަހުގެ ފިރިހެން ދަރިފުޅު އެ ކުއްޖާގެ އެނދުގައި ސަލާމަތުން އޮއްވައި ފެނުނެވެ.
ޕެޓަން ވިދާޅުވި ގޮތުގައި އަންހެނަކު އެ މީހުންގެ އަމިއްލަ ގޭގައި ތިއްބާ އަނިޔާވެރިކަމާ އެކު މަރާލި މި ހާދިސާ އަކީ އެންމެންނަށް ސިހުން ގެނުވި ބިރުވެރި ޖަރީމާއެކެވެ.
މީގެ ކުރިން އޮސްޓްރޭލިއާ ފުލުހުން ވަނީ މި ޖަރީމާ ހިންގި މީހަކު ހޯދައި އަތުލައިގަތުމަށް މައުލޫމާތު ދޭ މީހަކަށް އެއް މިލިއަން ޑޮލަރު ހުށަހަޅައިފަ އެވެ.
ތިން ދަރިން މަރާލި ކަމަށް އޮސްޓްރޭލިއާ މީހަކު ބުނެފި
ވަޓްސްއެޕް ގްރޫޕަކުން ބޭރުކޮށްލުމުން އެޑްމިން މަރާލައިފި
2.4 މިލިއަން ކުދިން ސަލާމަތްކޮށްދިން މީހާ މަރުވެއްޖެ
ތަހުގީގަށް ވަގުތުނަގަނީ އާދައިގެ މަރަކަށް ނުވާތީ: ސީޕީ
ލަންކާގެ ގޭންގް ލީޑަރަކު ކޯޓުތެރޭގައި މަރާލައިފި
ޗޮކްލެޓެއް ނެގުމުން ކުއްޖަކަށް އަނިޔާކޮށް މަރާލައިފި
ނަޒާހާއަށް ސުޕްރީމް ކޯޓުން ވެސް ނާކާމިޔާބު
ލަމްހާ ގޭބަންދަށް ބަދަލުކުރީ ގޯސްކޮށް: ހައި ކޯޓް
ސްވިޑެންގެ ސްކޫލެއްގައި ބަޑިޖަހައި އެތައްބަޔަކު މަރައިފި
ނަޒާހާގެ މައްސަލާގެ ހުކުމް މިމަހު އިއްވަނީ