Roadha Mihaaru
ނ ފައިނަލަށް ވެލާ، ސެމީގައި ސިޔާމްވޯލްޑާއި ސޮނެވާޖާނީ

ނ. ޒޯނު ފައިނަލަށް ވެލާ، ސެމީގައި ސިޔާމް ވޯލްޑާއި ސޮނެވާ ޖާނީ

30 ސެޕްޓެމްބަރ 2024

މިދިޔަ އަހަރުގެ ނ. ޒޯނުގެ ޗެމްޕިއަންކަމުގެ އިތުރުން، ޓެކާސް މުބާރާތް ވެސް ކާމިޔާބުކުރި ވެލާ ޕްރައިވެޓް އައިލެންޑުން، މިއަހަރުގެ ޓެކާސް ރިސޯޓް ފުޓްސަލް ކަޕުގެ ނ. ޒޯންގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މިދިޔަ އަހަރުގެ ނ. ޒޯނުގެ ޗެމްޕިއަންކަމުގެ އިތުރުން، ޓެކާސް މުބާރާތް ވެސް ކާމިޔާބުކުރި ވެލާ ޕްރައިވެޓް އައިލެންޑުން، މިއަހަރުގެ ޓެކާސް ރިސޯޓް ފުޓްސަލް ކަޕުގެ ނ. ޒޯންގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ބުދަ ދުވަހު ކުޅޭ ފައިނަލުގެ ފަހު ޖާގަ ލިބޭނީ ލީގު ބުރުގެ ދެ ވަނަ އަދި ތިން ވަނަ ހޯދި ސޮނެވާ ޖާނީ އާއި ސިޔާމް ވޯލްޑް މިއަދު ބައްދަލުކުރާ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.

ފަސް ޓީމު ވާދަކުރި މި ޒޯނުގެ ލީގު ބުރުގެ އެއް ވަނަ ވެލާ ހޯދީ ތިން މެޗުން މޮޅުވެގެން އެއް މެޗު އެއްވަރު ކޮށްލައިގެން 10 ޕޮއިންޓް ހޯދައިގެންނެވެ.

ސޮނެވާ ޖާނީ އާއި ސިޔާމް ވޯލްޑް ވެސް ވަނީ ހަތަރު މެޗުން ހަތް ޕޮއިންޓް ހޯދައިފަ އެވެ. ނަމަވެސް ގޯލުގެ ތަފާތުން ދެ ވަނަ ހޯދީ ސޮނެވާ ޖާނީ އެވެ.

ދެން ވާދަކުރި ޝާވެލް ބްލާންކް ރަންދެލި އަށް ލީގު ބުރުގައި ހަތަރު ޕޮއިންޓް ލިބުނު އިރު، ސަން ސިޔާމް އިރުފުށްޓަށް ޕޮއިންޓެއް ނުލިބެ އެވެ.

ނ. ޒޯންގެ ޗެމްޕިއަންކަން ހޯދާ ޓީމު، ޗެމްޕިއަންޝިޕް މެޗުގައި ވާދަ ކުރަން ޖެހޭނީ، ޅ. ޒޯންގެ ޗެމްޕިއަންކަން ހޯދި ލެ މެރީޑިއެންއާ ދެކޮޅަށެވެ. މި މެޗުން މޮޅުވާ ޓީމު، ކުއާޓާ ފައިނަލްގައި ނުކުންނާނީ ޖޯލި މޯލްޑިވްސްއާ ދެކޮޅަށެވެ.