06 އޮކްޓޯބަރ 2024
ފޮތް ކިޔުމަށް ލޯބިކޮށް އަދި ޝައުގުވެރިވާ އެންމެންނަށް މި އަންނަނީ ބޮޑު އީދެކެވެ. ރާއްޖޭގައި ފުޅާ ދާއިރާއެއްގައި، އެންމެ ގިނަ ފޮތް ވިއްކާ އަދި އެންމެ ދުވަސްވީ ނޮވެލްޓީ ބުކްޝޮޕްގެ ބުކްފެއާ މެދުކެނޑުމަކަށްފަހު އަނެއްކާވެސް ފަށަނީ އެވެ.
ފޮތް ކިޔުމަށް ލޯބިކޮށް އަދި ޝައުގުވެރިވާ އެންމެންނަށް މި އަންނަނީ ބޮޑު އީދެކެވެ. ރާއްޖޭގައި ފުޅާ ދާއިރާއެއްގައި، އެންމެ ގިނަ ފޮތް ވިއްކާ އަދި އެންމެ ދުވަސްވީ ނޮވެލްޓީ ބުކްޝޮޕްގެ ބުކްފެއާ މެދުކެނޑުމަކަށްފަހު އަނެއްކާވެސް ފަށަނީ އެވެ.
ކޮވިޑް-19 އާ ގުޅިގެން 2019 ވަނަ އަހަރު ނޮވެލްޓީ ބުކްފެއާ ހުއްޓާލި ފަހުން މި ފެއާ ބޭއްވުމަށް ޖާގަ ނުލިބި ފަސް އަހަރުވުމަށްފަހު މި ހަރަކާތް ފެށުމަށް ބޭނުންވާ އިންތިޒާމުތައް މިހާރު ވަނީ ހަމަޖެހިފަ އެވެ. އަންނަ ބުރާސްފަތި ދުވަހު ދަރުބާރުގޭގައި މި ފެއާ ފެށުމަށް ހަމަޖެހިފައި ވާއިރު, މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި މާކެޓަށް ނެރެފައިވާ މަގުބޫލު ގިނަ ފޮތްތައް މި ފެއާގައި ލިބެން ހުންނާނެ އެވެ. އެގޮތުން ޖުމްލަ 25,000 ތަފާތު ޓައިޓަލްތަކުގެ 185،000 އަށް ވުރެ ގިނަ ފޮތް މިއަހަރުގެ ބުކްފެއާގައި ލިބެން ހުންނާނެ އެވެ.
ނަމަވެސް ދަރުބާރުގޭގައި ހުރި ޖާގައިގެ ދަތިކަމުގެ ސަބަބުން ހުރިހާ ފޮތެއް އެއްފަހަރާ ޑިސްޕްލޭ ކުރެވެން ނެތުމުން, ފޮތްތައް ޑިސްޕްލޭ ކުރާނީ އެކި ދުވަސްމަތިންނެވެ. އެހެންވެ، މި ފެއާގައި ކޮންމެ ދުވަހަކު ވެސް ތަފާތު ފޮތްތަކެއް ކަސްޓަމަރުންނަށް ލިބެން ހުންނާނެ އެވެ.
ބުކްފެއާ އާ ގުޅޭ ސޯޝަލް މީޑިއާ ޕޯސްޓެއް.
ފުޅާ ދާއިރާއެއްގައި ފޮތް ވެސް ޗާޕު ކުރާ ނޮވެލްޓީއިން ބާއްވާ މި ފެއާގައި އެ ބުކްޝޮޕްގެ އަމިއްލަ 1،000 އަށް ވުރެ ގިނަ ދިވެހި ފޮތް ލިބެން ހުންނާނެ އެވެ. އޭގެ ތެރޭގައި ދިވެހި އަދަބީ އަދި ތާރީހީ ފޮތްތަކާއި ދީނީ މައުލޫމާތު ހިމެނޭ ފޮތްތަކާއި ކުޑަކުދިންގެ އެކްޓިވިޓީ އަދި ކުލަޖައްސާ ފޮތް ވެސް ހިމެނެ އެވެ. އަދި ރާއްޖޭގެ މަގުބޫލު އެކި ލިޔުންތެރިންގެ ގިނަ އަދަދެއްގެ ދިވެހި ވާހަކަ ފޮތްތައް ވެސް ލިބެން ހުންނާނެ އެވެ.
ވާހަކަ ފޮތާއި އާއްމު މައުލޫމާތާއި އިލްމީ އަދި ދީނީ ފޮތްތަކުން ފެށިގެން ދުވަހުގެ އެކި މަސައްކަތްތަކުގައި ބޭނުންކުރާނެ އެކި ސައިޒުގެ އަދި އެކި ވައްތަރުގެ ނޯޓު ފޮތާއި ޑައިރީ ފަދަ ފޮތްތައް ވެސް މި ފެއާގައި ލިބެން ހުންނާނެ އެވެ. އަދި ގަލަމާއި ފަންސުރާއި އެކި ބްރޭންޑުތަކުގެ ކުލަ ފޮއްޓާއި އާޓްސަޕްލައި އަދި ސްޓޭޝަނަރީސް އާއި ކްރާފްޓްސް މެޓީރިއަލްސް ވެސް ލިބެން ހުންނާނެ އެވެ.
މި ތަނުން ސްޓޭޝަނަރީ އާއި ކްރާފްޓް އައިޓަމްސް އާއި ބޯޑްގޭމްސް އަދި ޕަޒްލްސް ވެސް އާންމުކޮށް ވިއްކާ އަގުތަކަށްވުރެ 10 ޕަސެންޓާއި 50 ޕަސެންޓާއި ދެމެދުގެ ޑިސްކައުންޓު އަގުތަކެއްގައި ލިބެން ހުންނާނެ އެވެ. މި ފެއާގައި 100ރ. ގެ ވިޔަފާރިކުރާ ކޮންމެ ކަސްޓަމަރަކަށް ފެއާގެ ހާއްސަ ލަކީޑްރޯގައި ބައިވެރިވުމަށް ކޫޕަނެއް ލިބޭނެ އެވެ. މި ލަކީޑްރޯއިން ހޮވޭ ނަސީބުވެރިއަކަށް ދެ ލައްކަ ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެ އެވެ.
އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ބާއްވާ މި ފެއާ ކުރިއަށް ގެންދާނީ ހުކުރު ދުވަސް ފިޔަވައި، ކޮންމެ ދުވަހަކު 2 އިން ރޭގަނޑު 12 ޖަހަންދެނެވެ. އަދި ހުކުރު ދުވަހު މި ފެއާ އޮންނާނީ 2:30 އިން ރޭގަނޑު 12 އާ ހަމައަށެވެ.
ނޮވެލްޓީ ބުކްފެއާގައި ފޮތްތަކަށް ހާއްސަ ކޮށްފައިވާ ބައި ހުންނާނީ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގަ އެވެ. އަދި ސްޓޭޝަނަރީއާ އިތުރު ޕްރޮޑަކްޓުތައް ހުންނާނީ ބިއްލޫރި މާލަމުގަ އެވެ.
އެޑިޓަރުގެ ނޯޓް: މިއީ ނޮވެލްޓީ ބުކްޝޮޕްގެ އެޑްވަޓޯރިއަލް އާޓިކަލެކެވެ.
ނޮވެލްޓީ ބުކްފެއާ ފަށައިފި
ނޮވެލްޓީ ބުކްފެއާގެ އިނާމަކަށް މިފަހަރު 200،000ރ
ނޮވެލްޓީން ބުކް ފެއާއެއް ލ. ގަމުގައި ބާއްވަނީ
ނޮވެލްޓީ ފޮތް މައުރަޒު ފަށައިފި
ނޮވެލްޓީ ބުކް ފެއާ ބުރާސްފަތި ދުވަހު ފަށަނީ
ނޮވެލްޓީ: ކޮލިޓީ ތަކެތި، ފަސޭހަ ތަޖުރިބާއެއް
ނޮވެލްޓީ ބުކްފެއާގެ ދެ ލައްކަ ރުފިޔާގެ އިނާމު ދީފި
ކުޅުދުއްފުށީގައި އާއްމުންނަށް ލައިބްރަރީއެއް ހުޅުވައިފި
ނައިބު ރައީސް ފައިސަލްގެ ބަޔޮގްރަފީ ނެރެފި
އެމްއެންޔޫ ގްރާންޓުގެ ދަށުން ދެ ފޮތެއް ނެރެފި