29 އޯގަސްޓް 2019
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބުކް ފެއާ، ނޮވެލްޓީ ބުކްފެއާ މިއަދު ފަށައިފި އެވެ.
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބުކް ފެއާ، ނޮވެލްޓީ ބުކްފެއާ މިއަދު ފަށައިފި އެވެ.
މިއަދު ހަވީރު މި ފެއާ ހުޅުވައިދިނީ ކުޑަކުދިންގެ ހިޔާ، ފިޔަވަތީގެ ކުދިންނާއި ޖަމާލުއްދީން ސްކޫލްގެ، އިވުމުގެ ދަތިކަން ހުންނަ ކުދިންނަށް ހާއްސަ ކްލާސް (ސީއެޗްއައިސީ)ގެ ދަރިވަރުންނެވެ.
މި ފެއާ ބާއްވާތާ 13 އަހަރު ވެފައިވާއިރު މި އަހަރުގެ ފެއާ އަށް ޒިޔާރަތްކުރާ މީހުންނަށް ވެސް ގިނަ އިނާމުތަކެއް ހުށަހަޅާފައިވެ އެވެ. އެގޮތުން ގުރުއަތުން ހޮވޭ ފަރާތަކަށް، ބޮޑު އިނާމުގެ ގޮތުގައި 200،000ރ ކަނޑައަޅާފައިވެ އެވެ.
ނޮވެލްޓިން ވަނީ ފެއާ ހުޅުވުމުގެ ރަސްމިއްޔާތުގައި 10،000ރ ގެ ފޮތް ފިޔަވަތީގެ ކުދިންނަށް ހަދިޔާކޮށްފަ އެވެ.
ނޮވެލްޓީ ބުކްފެއާ ހުޅުވައިދިނީ ފިޔަވަތީގެ ކުދިންނާއި ޖަމާލުއްދީންގެ ދަރިވަރުން-- ފޮޓޯ: ނޮވެލްޓީ
ދަރުބާރުގޭ ރަންނަބަނޑޭރި މާލަމާއި ބިއްލޫރި މާލަމުގައި ކުރިއަށްގެންދާ މި ފެއާގައި އަގުހެޔޮކޮށް ފޮތާއި ސްޓެޝަނަރީ ވެސް ލިބެން ހުންނާނެ އެވެ. މި ތަކެތިން 70 ޕަސެންޓާ ހަމަ އަށް ޑިސްކައުންޓް ލިބޭނެ އެވެ.
މި ފެއާގައި ކުރާ ކޮންމެ 100ރ. ގެ ވިޔަފާރިއަކަށް ފަސް ރުފިޔާގެ "ނޮވެލްޓީ ބުކްޝޮޕް މަނީ" ލިބެ އެވެ. ނޮވެލްޓީ ބުކްޝޮޕާއި ޕޭޕާ ވާލްޑުން، އެ "ފައިސާ" ބޭނުންކޮށްގެން ވިޔަފާރިކުރެވޭނެ އެވެ. ކުރިން ލިބިފައިވާ "ނޮވެލްޓީ ބުކްޝޮޕް މަނީ" ބޭނުންކޮށްގެން ފެއާގައި ވެސް ތަކެތި ގަނެވޭނެ ކަމަށް، އެ ބުކްޝޮޕުން ބުންޏެވެ.
މި ފެއާ ކުރިއަށްދާނީ އަންނަ މަހުގެ 10 ގެ ނިޔަލަށެވެ.
ހޯމަ-ބުރާސްފަތި: މެންދުރު 2:00 އިން ރޭގަނޑު 12:00 އަށް. ހުކުރު: މެންދުރު 2:30 އިން ރޭގަނޑު 12:00 އަށް. ހޮނިހިރު: ހެންދުނު 10:30 އިން ރޭގަނޑު 12:00 އަށް.
ނޮވެލްޓީ ބުކްފެއާ އަންނަ ބުރާސްފަތި ދުވަހު ފަށަނީ
ނޮވެލްޓީ ބުކްފެއާގެ އިނާމަކަށް މިފަހަރު 200،000ރ
ނޮވެލްޓީން ބުކް ފެއާއެއް ލ. ގަމުގައި ބާއްވަނީ
ނޮވެލްޓީ ފޮތް މައުރަޒު ފަށައިފި
ނޮވެލްޓީ ބުކް ފެއާ ބުރާސްފަތި ދުވަހު ފަށަނީ
ނޮވެލްޓީ: ކޮލިޓީ ތަކެތި، ފަސޭހަ ތަޖުރިބާއެއް
ނޮވެލްޓީ ބުކްފެއާގެ ދެ ލައްކަ ރުފިޔާގެ އިނާމު ދީފި
ކުޅުދުއްފުށީގައި އާއްމުންނަށް ލައިބްރަރީއެއް ހުޅުވައިފި
ނައިބު ރައީސް ފައިސަލްގެ ބަޔޮގްރަފީ ނެރެފި
އެމްއެންޔޫ ގްރާންޓުގެ ދަށުން ދެ ފޮތެއް ނެރެފި