24 ސެޕްޓެމްބަރ 2017
ނޮވެލްޓީ ބުކްޝޮޕްގެ ބުކް ފެއާ، އަންނަ ބުރާސްފަތި ދުވަހު ފަށަން ތައްޔާރުވެއްޖެ އެވެ.
ނޮވެލްޓީ ބުކްޝޮޕްގެ ބުކް ފެއާ، އަންނަ ބުރާސްފަތި ދުވަހު ފަށަން ތައްޔާރުވެއްޖެ އެވެ.
ނޮވެލްޓީން ބުނީ ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ބުކް ފެއާގެ މި އަހަރުގެ ފެއާ ކުރިއަށް ގެންދާނީ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް އާޓް ގެލަރީގަ އެވެ. ފެއާގެ ނަސީބުވެރިއަކަށް ގުރުއަތުން ހޮވޭ މީހަކަށް 11،111.11 ޑޮލަރު ދޭނެ ކަމަށް ވެސް ބުންޏެވެ.
ފެއާގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ ނޮވެލްޓީ ބުކްޝޮޕްގެ މާކެޓިން މެނޭޖަރު އިރުފާން އިސްމާއިލް ވިދާޅުވީ، ގުރުއަތުގައި ބައިވެރިވުމަށް ކޫޕަން ދޫކުރާނީ ފެއާގައި ކުރާ ކޮންމެ 100ރ.ގެ ވިޔަފާރިއަކަށް ކޫޕަނެއްގެ މަގުން ކަމަށެވެ.
ފެއާގެ ތެރެއިން 10 ޕަސެންޓުން ފެށިގެން 70 ޕަސެންޓާ ހަމަ އަށް ޑިސްކައުންޓް ލިބޭނެ ކަމަށް ވެސް އިރުފާން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބުކްޝޮޕުން ކުރާ ކޮންމެ 100ރ. ގެ ވިޔަފާރިއަކަށް 'ބުކްޝޮޕް މަނީ' ދޫކޮށްފައި ހުންނާނެ. އެ ބުކްޝޮޕް މަނީތައް ބޭނުން ކޮށްގެން ފެއާގެ ތެރެއިން ވިޔަފާރި ކުރެވޭނެ. ކޮންމެ ބުކްޝޮޕް މަނީ އަކީ ފަސް ރުފިޔާގެ ގޮތުގައި އަޅުގަނޑުމެން މި ބަލަނީ،" އިރުފާން ވިދާޅުވި އެވެ.
ފެއާގައި ބޭނުން ކުރެވޭ "ގިފްޓް ވައުޗާ" ވެސް މިހާރު ނޮވެލްޓީ ބުކްޝޮޕުން އަންނަނީ ވިއްކަމުންނެވެ.
އިރުފާނު ވިދާޅުވީ މިއީ ހަދިޔާއެއްގެ ގޮތުގައި މީހަކަށް ދެވޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ގިފްޓް ވައުޗާ ތަކެއް ކަމަށެވެ. ގިފްޓް ވައުޗާ ހިފައިގެން ފެއާ އަށް ގޮސް އޭގެ އަގަށްވާ ވަރަށް ވިޔަފާރި ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ފުޅާ ދާއިރާއެއްގައި ފޮތާއި ސްކޫލް ސާމާނުގެ ވިއްކުމުގެ އިތުރުން ޕްރިންޓް ހިދުމަތް ދެމުން އަންނަ ނޮވެލްޓީން ބުނީ ބުކް ފެއާގައި ކުޑަކުދިން ކުލަ ޖައްސާ ފޮތުން ފެށިގެން ވާހަކަ ފޮތާއި މައުލޫމާތު ފޮތްތަކުގެ އިތުރުން މެނޭޖްމަންޓް ފޮތްތައް ވެސް ލިބެން ހުންނާނެ ކަމަށެވެ.
ނޮވެލްޓީން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ބުކް ފެއާ އަކީ ރާއްޖޭގައި މިފަދަ ގޮތަކަށް ބާއްވާ އެންމެ ބޮޑު ބުކް ފެއާ އަށް ވާއިރު، އެ ފެއާގެ ނަސީބުވެރިއަކަށް ހޮވޭ މީހަކަށް ކޮންމެ އަހަރަކު ވެސް ފައިސާގެ ބޮޑު އިނާމެއް ލިބެ އެވެ.
ނޮވެލްޓީ ބުކްފެއާ އަންނަ ބުރާސްފަތި ދުވަހު ފަށަނީ
ނޮވެލްޓީ ބުކްފެއާ ފަށައިފި
ނޮވެލްޓީ ބުކްފެއާގެ އިނާމަކަށް މިފަހަރު 200،000ރ
ނޮވެލްޓީން ބުކް ފެއާއެއް ލ. ގަމުގައި ބާއްވަނީ
ނޮވެލްޓީ ފޮތް މައުރަޒު ފަށައިފި
ނޮވެލްޓީ ބުކްފެއާގެ ދެ ލައްކަ ރުފިޔާގެ އިނާމު ދީފި
އޯވީއެސް: ވަރަށް ކޮލިޓީ، ނުވަދެ ވާކަށް ނެތް
ކޮކާ ފިޝް: ބޭނުން ވައްތަރެއްގެ މަހެއް ސީދާ ގެއަށް
ފިންލެންޑް ސްކޫލަށް އެކްރެޑިޓޭޝަން ލިބުން ފާހަގަކޮށްފި
ނުޖޫމް ޕްރީ ސްކޫލުގެ އެޑްމިޝަން އަދިވެސް ކުރިއަށް